ތިންވަނަ ޕްރެޒިޑެންޓްސް ކަޕްގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ކުލަބަކަށް އެމް.އެލް.އޭ އަދި މުބާރާތުގެ އެންމެ މޮޅު ފެތުންތެރިންނަށް އާން އާއި ސައުސަން

mla team. (photo by: niya)

3 ވަނަ ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕް 2022 ގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަން (އެމް.އެލް.އޭ) ހޯދައިފިއެވެ. އަންހެން އަދި ފިރިހެން ކެޓަގަރީގެ ދެވަނަ ހޯދައިފައިވަނީ ބްލޫފިން ސްޕޯރޓްސްއެވެ. އަންހެނުން ކެޓަގަރީގެ 3 ވަނަ ހޯދައިފައިވަނީ މޫދުމާލިމީ އެވެ. އަދި ފިރިހެނުންގެ ކެޓަގަރީގެ 3 ވަނަ ހޯދައިފައިވަނީ ކުލަބު ބޮޑުރިޔާއެވެ.

ފެތުންތެރިންގެ ތެރެއިން އެއްވަނަ ފިރިހެން ފެތުންތެރިއާގެ މަޤާމް އެމް.އެލް.އޭގެ މުޙައްމަދު އާން ޙުސައިން ހޯދައިފައިވާއިރު، ދެވަނަ ހޯދައިފައިވަނީ ހަމަ އެކުލަބުން މުޙައްމަދު ރިޙާން ޝިހާމެވެ. ތިންވަނަ ހޯދައިފައިވަނީ ބްލޫފިން ސްޕޯރޓްސްގެ ޢަލީ އިމްޢާން އެވެ.

އަންހެން ފެތުންތެރިންގެ ތެރެއިން އެއްވަނަ ހޯދައިފައިވަނީ ބްލޫފިން ސްޕޯރޓްސްގެ އައިޝަތު ސައުސަން އެވެ. އެމް.އެލް.އޭގެ އައިޝަތު އުލްޔާ ޝާއިޤް ދެވަނަ ހޯދައިފައިވާއިރު، ތިންވަނަ ހޯދައިފައިވަނީ ހަމަ އެކުލަބު ތަމްޞީލްކުރި މެރާލް އައިން ލަތީފެވެ.


our sponsors and partners

ތިންވަނަ ޕްރެޒިޑެންޓްސް ކަޕްގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ކުލަބަކަށް އެމް.އެލް.އޭ އަދި މުބާރާތުގެ އެންމެ މޮޅު ފެތުންތެރިންނަށް އާން އާއި ސައުސަން