ދިގުފެތުމުގެ 2023 ވަނަ އަހަރުގެ ޤައުމީ ޖޫނިއަރ ޗެމްޕިއަންކަން ޔާސީން އަދި ޢަޔާނާ އަށް

national open water swimming junior champions 2023

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ޤައުމީ، ދިގުފެތުމުގެ 14 ވަނަ މުބާރާތުގެ ޤައުމީ ޖޫނިއަރ ޗެމްޕިއަންކަން ޔާސީން މުޙައްމަދު ޔޫސުފް އަދި ޢަޔާނާ ޢަރީފް ހޯދައިފިއެވެ.

މި މުބާރާތުގެ ފިރިހެން ކުދިންގެ ކެޓަގަރީގެ ޤައުމީ ޖޫނިއަރ ޗެމްޕިއަންކަން ޔާސީން ހޯދައިފައިވާ އިރު، ދެވަނަ ހޯދައިފައި ވަނީ ލޫޠު މުޙައްމަދު ޙުސައިން އެވެ. ތިން ވަނަ ހޯދައިފައިވަނީ ޝައިމް ޙުސައިން އިބްރާހީމެވެ.

އަންހެން ކުދިންގެ ކެޓަގަރީގެ ޤައުމީ ޖޫނިއަރ ޗެމްޕިއަންކަން ޢަޔާނާ ހޯދިއިރު، ދެވަނަ ހޯދައިފައިވަނީ ޢާއިޝާ އައިޒާ ޙުސައިން އެވެ. ތިންވަނަ ހޯދައިފައިވަނީ ލައިބާ ޙަސަންމަނިކު އެވެ.

ކުޑަގިރި ޕިކްނިކް އައިލަންޑްގެ ފަޅުތެރޭގައި ބޭއްވި މިމުބާރާތުގައި، ތިން ކިލޯމީޓަރ ދިގު ރާސްތާއެއް މި ކެޓަގަރީގައި ވާދަކުރި ފެތުންތެރިން ވަނީ ފުރިހަމަކޮށްފައެވެ.

Open Water Swimming National Junior Champion Yaaseen Mohamed Yoosuf

Open Water Swimming National Junior Champion Ayaana Areef

ދިގުފެތުމުގެ 2023 ވަނަ އަހަރުގެ ޤައުމީ ޖޫނިއަރ ޗެމްޕިއަންކަން ޔާސީން އަދި ޢަޔާނާ އަށް