ފަސްދޮޅަސް ތިންވަނަ ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2023 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

2023 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން އިންތިޒާމް ކޮށްގެން ގްރީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 63 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2023 ގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ފޮނުވާ ޕާރޓިސިޕަންޓް ސެލެކްޝަންއަށް 1 އަންހެން އަދި 1 ފިރިހެން ބޭފުޅެއްގެ ނަން ހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ ޕާޓިސިޕަންޓް ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 06 މެއި 2023 ވާ ހޮނިހިރު ދުވަހުގެ 20:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 63 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ އޮލިމްޕިކް އެމްބެސެޑަރސް
  • އޮގަނައިޒަރ: އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ
    ބޭއްވޭ ތަން: ގްރީސް (އޮލިމްޕިއާ، އެތަންސް، ޑެލްފީ)
    ބޭއްވޭޭ ތާރީޚް: 2023 ވަނަ އަހަރުގެ ޖޫން މަހުގެ 10 ން 22 ށް
  • ސިޓީ ހުށަހަޅަންޖެހޭ ތާރީޚް: 06 މެއި 2023 ވާ ހޮނިހިރު ދުވަހުގެ 20:00 ގެ ކުރިން، އީމެއިލް މެދުވެރިކޮށް
  • ވިސާ: މިސެޝަނަށް ދިޔުމަށްޓަކައި ޝެންގަން ވިސާ ހެއްދުމަށް އިންޑިއާއަށް ނުވަތަ ސްރީލަންކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ސްކޭން (30 ޑިސެމްބަރ 2023 އަށް މުއްދަތު ހަމަނުވާ)

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 20 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުގެ މީހެއްކަމުގައިވުން. (2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2023 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 30 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަން ނުވަތަ އިންޓަރނޭޝަނަލް ސެޝަން ފޮރ ޔަންގ އޮލިމްޕިކް އެންބެސެޑަރސްގެ ސެޝަނެއްގައި މީގެކުރިން ބައިވެރިވެފައިވާ މީހެއްކަމުގައިނުވުން.
  • ދިވެހިރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ހޮވުމުގައި އަންނަނިވި މީހުންނަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ މީހުން.

މި ސެސަޝަނުގެ ބައިވެރިންނަށް ބޭނުންވާ އިތުރު މަޢުލޫމާތު (މުޙިއްމު):


our sponsors and partners

ފަސްދޮޅަސް ތިންވަނަ ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2023 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު