ސަތޭކަ އަދި ދުއިސައްތަމީޓަރ ބަޓަރފްލައި އަދި، ހަތަރުސަތޭކަ މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މިރާލް އައުކޮށްފި

meral

ތައިލަންޑްގައި ބޭއްވުނު އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް 2023 ގައި އަންހެނުންގެ (ލޯންގކޯސް) 100 މީޓަރ ބަޓަރފްލައި، 200 މީޓަރ ބަޓަރފްލައި އަދި 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަޠީފް ވަނީ އައުކޮށްފައެވެ. މީގެތެރެއިން 100 މީޓަރ ބަޓަރފްލައި އިވެންޓް 01.17.89 އިން މިރާލް ނިންމާފައިވާއިރު، 200 މީޓަރ ބަޓަރފްލައި އިވެންޓް ފުރިހަމަ ކޮށްފައިވަނީ 03.06.78 އިންނެވެ. 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ވަގުތަކީ 06.17.47 އެވެ.

100 މީޓަރ ބަޓަރފްލައި އިވެންޓްގެ ކުރީގެ ޤައުމީ ރެކޯރޑަކީ 2022 ވަނަ އަހަރު ބެންގކޮކް ޕަޓްނާ ސްކޫލް ފީޑިންގ ފްރެންޒީގައި ހަނާން ޙުސައިން ޙަލީމް ފަތާފައިވާ 01.18.51 ގެ ޓައިމިންގ އެވެ. 200 މީޓަރ ބަޓަރފްލައި އިވެންޓް އަންމާއު އަޙްމަދު ސަލީމް 2018 ވަނަ އަހަރު ބޭއްވުނު 18 ވަނަ އޭޝިއަން ގޭމްސްގައި 03.34.42 ފުރިހަމަކޮށްފައިވާއިރު، 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓް، އީން އައްބާސް ޝަރީފް ވަނީ 17 ވަނަ ސިންގަޕޯރ ނެޝަނަލް ސްވިމިންގ ޗެމްޕިއަންޝިޕްސް 2022 ގައި 06.46.66 އިން ފުރިހަމަކޮށްފައެވެ.


our sponsors and partners

ސަތޭކަ އަދި ދުއިސައްތަމީޓަރ ބަޓަރފްލައި އަދި، ހަތަރުސަތޭކަ މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މިރާލް އައުކޮށްފި