ދުއިސައްތަ މީޓަރު ބްރެސްޓްސްޓްރޯކު ރޭހުން ލޫޠު ލޯ މެޑަލް ހޯދައިފި

ޝްރީލަންކާގެ ކެންޑީގައި މިހާރު ކުރިޔަށްދާ އެ ޤައުމުގެ ނެޝަނަލް އަދި ނެޝަނަލް ޖޫނިއަރ ޝޯޓްކޯސް މުބާރާތުގެ ދެވަނަ ދުވަހު، ރާއްޖޭގެ ކުރިއަރަމުން އަންނަ ފެތުންތެރިޔާ ލޫޠު މުޙައްމަދު ހުސައިން ދުއިސައްތަ މީޓަރު ބްރެސްޓް ސްޓްރޯކް ރޭހުން ލޯ މެޑަލް ހޯދައިފިއެވެ.

ޝްރީލަންކާގެ ކެންޑީ ހިލްވުޑް ކޮލެޖް ސްވިމިންގ ޕޫލުގައި އިއްޔެ ކުރިޔަށް ދިޔަ 200 މީޓަރު ބްރެސްޓްސްޓްރޯކް ރޭހުން ލޫޠު މެޑަލް ހޯދީ ރޭހުގައި ވާދަކުރި 9 ފެތުންތެރިންނާ ވާދަކޮށް ހީޓްޖައި ފައިނަލްގައި 02:50.43 ން ރޭސް ނިންމައިގެންނެވެ.

މިމަހު 26 ން 30 އަށް ކުރިޔަށްދާ މިމުބާރާރުގައި ރާއްޖޭގެ ފެތުންތެރިން ވާދަކުރަނީ ޖޫނިއަރ ނެޝަނަލް ފިރިހެން އަދި ނެޝަނަލް އަންހެން ފިރިހެން ބައިގައެވެ. މި 4 ބައިގައި އެކު ޖުމުލަ ދިވެހި 25 ފެތުންތެރިން މިމުބާރާތުގައި ވާދަކުރެއެވެ.

މިމުބާރާތުގައި ލޫޠު މުޙައްމަދު ޙުސައިން ހޯދި މިމެޑައްޔަކީ ރާއްޖޭން ބޭރުގައި ފެތުމުގެ މުބާރާތްތަކުން ލޫޠު ވާދަކޮށް ހޯދި ފުރަތަމަ މެޑައްޔެވެ.

މިމުބާރާތުގައި ރާއްޖެ ހިމެނޭހެން ލަންކާގެ އެކި ކުލަބުތަކާ ކޮލެޖްތަކުން ޖުމުލަ 49 ޓީމު ބައިވެރިވެއެވެ.


our sponsors and partners

ދުއިސައްތަ މީޓަރު ބްރެސްޓްސްޓްރޯކު ރޭހުން ލޫޠު ލޯ މެޑަލް ހޯދައިފި