ޝްރީލަންކާގެ ކެންޑީގައި މިހާރު ކުރިޔަށްދާ އެ ޤައުމުގެ ނެޝަނަލް އަދި ނެޝަނަލް ޖޫނިއަރ ޝޯޓްކޯސް މުބާރާތުގައި އިއްޔެ ރާއްޖޭގެ ފިރިހެން ޖޫނިއަރ ޓީމު ސަތޭކަ މީޓަރު ފްރީސްޓައިލް ރިލޭ ރޭހުން ރިހި މެޑަލް އަދި ސީނިއަރ ފިރިހެން ޓީމު 50 މީޓަރު ފްރީސްޓައިލް ރިލޭ ރޭހުން ލޯ މެޑަލް ހޯދައިފިއެވެ.
ޝްރީލަންކާގެ ކެންޑީ ހިލްވުޑް ކޮލެޖް ސްވިމިންގ ޕޫލުގައި މިއަދު ކުރިޔަށްދާ މިމުބާރާތުގެ އިއްޔެގެ އިވެންޓް ތަކުގައި ދިވެހި ފެތުންތެރިންގެތެރެއިން ޖޫއަރ ފިރިހެން ޓީމު ސަތޭކަ މީޓަރު ފްރީސްޓައިލް ރިލޭ އިން ރިހި މެޑަލް ހޯދީ ލަންކާގެ ކޮލެޖްތަކާ އެކިއެކި ކުލަބުތައް ހިމެނޭގޮތުން 10 ޓީމަކާ ވާދަކޮށް ހީޓްޖަހައި ފައިނަލްގައި ވާދަކޮށް 04:14.71 ން ރޭސް ނިންމައިގެންނެވެ. އަދި ސީނިއަރ ފިހެން ޓީމު ލޯ މެޑަލް ހޯދީ ލަންކާގެ އެންމެ ވަރުގަދަ މޮޅެތި ފެތުންތެރިން ހިމެނޭހެން އެކިއެކި ކުލަބުތަކާ ކޮލެޖްތަކުން 15 ޓީމަކާ ވާދަކޮށް ހީޓްޖަހައި ފައިނަލްގައި ވާދަކޮށް 01:14.41 ން ރޭސް ނިންމައިގެންނެވެ. މިއީ ރޭހުން 2 ވަނަ ހޯދި ޓީމަށްވުރެ 00:00.52 މިލިސިކުންތުގެ ތަފާތު ވަގުތެކެވެ.
ޖޫނިއަރ ފިރިހެން 100 މީޓަރު ފްރީސްޓައިލް ރިލޭ ރޭހުން ރިހި މެޑަލް ހޯދި ޓީމުގައި ހިމެނެނީ ޔާސީން މުޙައްމަދު ޔޫސުފް އާއި، ޝައިމް ޙުސައިން އިބްރާހީމް އާއި ލޫޠު މުޙައްމަދު ޙުސައިންގެ އިތުރުން އިސްމާޢީލް އަޖުމަލް މޫސާ އެވެ. އަދި ސީނިއަރ ފިރިހެން 50 މީޓަރު ފްރީސްޓައިލް ރިލޭ އިން ލޯ މެޑެލް ހޯދި ޓީމުގައި ހިމެނެނީ މުޙައްމަދު އާން ޙުސައިން އާއި ޢަލީ އިއްމާން އާއި މުޙައްމަދު ރިހާން ޝިހާމުގެ އިތުރުން ޙުސައިން ހާއިޝް މުޙައްމަދު އެވެ.
މިމަހު 26 ން 30 އަށް ކުރިޔަށްދާ މިމުބާރާރުގައި ރާއްޖޭގެ ފެތުންތެރިން ވާދަކުރަނީ ޖޫނިއަރ ނެޝަނަލް ފިރިހެން އަދި ނެޝަނަލް އަންހެން ފިރިހެން ބައިގައެވެ. މި 4 ބައިގައި އެކު ޖުމުލަ ދިވެހި 25 ފެތުންތެރިން މިމުބާރާތުގައި ވާދަކުރެއެވެ.
މިމުބާރާތުގައި ރާއްޖެ ހިމެނޭހެން ލަންކާގެ އެކި ކުލަބުތަކާ ކޮލެޖްތަކުން ޖުމުލަ 49 ޓީމު ބައިވެރިވެއެވެ.
our sponsors and partners