ހަތަރުސަތޭކަ މީޓަރު މެޑްލީ ރޭހުން ރިހާން ޝިހާމް ލޯ މެޑަލް ހޯދައިފި

ޝްރީލަންކާގެ ކެންޑީގައި މިހާރު ކުރިޔަށްދާ އެ ޤައުމުގެ ނެޝަނަލް އަދި ނެޝަނަލް ޖޫނިއަރ ޝޯޓްކޯސް މުބާރާތުގެ ދެވަނަ ދުވަހު، ރާއްޖޭގެ ކުރިއަރަމުން އަންނަ ފެތުންތެރިޔާ ލޫޠު މުޙައްމަދު ހުސައިން ދުއިސައްތަ މީޓަރު ބްރެސްޓް ސްޓްރޯކް ރޭހުން ލޯ މެޑަލް ހޯދައިފިއެވެ.

ޝްރީލަންކާގެ ކެންޑީ ހިލްވުޑް ކޮލެޖް ސްވިމިންގ ޕޫލުގައި އިއްޔެ ކުރިޔަށް ދިޔަ 400 މީޓަރު މެޑްލީ ރޭހުން މުހައްމަދު ރިހާން ޝިހާމް ލޯ މެޑަލް ހޯދީ ރޭހުގައި ވާދަކުރި 8 ފެތުންތެރިންނާ ވާދަކޮށް 05:03.53 ން ރޭސް ނިންމައިގެންނެވެ. މިއީ ރޭހުގެ 2 ވަނަ ހޯދި ލަންކާގެ ފެތުންތެރިޔާ އަށްވުރެ 00:00.23 ސްޕްލިޓް ސެކަންޑް ތަފާތު ވަގުތެކެވެ.

މިމަހު 26 ން 30 އަށް ކުރިޔަށްދާ މިމުބާރާރުގައި ރާއްޖޭގެ ފެތުންތެރިން ވާދަކުރަނީ ޖޫނިއަރ ނެޝަނަލް ފިރިހެން އަދި ނެޝަނަލް އަންހެން ފިރިހެން ބައިގައެވެ. މި 4 ބައިގައި އެކު ޖުމުލަ ދިވެހި 25 ފެތުންތެރިން މިމުބާރާތުގައި ވާދަކުރެއެވެ.

މިމުބާރާތުގައި މުޙައްމަދު ރިހާން ޝިހާމް ހޯދި މިމެޑައްޔަކީ ރާއްޖޭން ބޭރުގައި ފެތުމުގެ މުބާރާތްތަކުން ރިހާން ވާދަކޮށް ހޯދި ފުރަތަމަ މެޑައްޔެވެ.

މިމުބާރާތުގައި ރާއްޖެ ހިމެނޭހެން ލަންކާގެ އެކި ކުލަބުތަކާ ކޮލެޖްތަކުން ޖުމުލަ 49 ޓީމު ބައިވެރިވެއެވެ.


our sponsors and partners

ހަތަރުސަތޭކަ މީޓަރު މެޑްލީ ރޭހުން ރިހާން ޝިހާމް ލޯ މެޑަލް ހޯދައިފި