ioa facilities greece
2020 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން އިންތިޒާމް ކޮށްގެން ގްރީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 60 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2020 ގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ފޮނުވާ 1 އަންހެން އަދި 1 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.
މިސެޝަނުގައި ބައިވެރިވާ 1 އަންހެން އަދި 1 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.
ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 23 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.
ސެޝަނުގެ މަޢުލޫމާތު:
- ސެޝަނުގެ ނަން: 60 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް
- އޮގަނައިޒަރ: އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ
ބޭއްވޭ ތަން: ގްރީސް (އޮލިމްޕިއާ، އެތަންސް، ޑެލްފީ)
ބޭއްވޭޭ ތާރީޚް: 2020 ވަނަ އަހަރުގެ މެއި 23 ން ޖޫން 03 އަށް - ސިޓީ ހުށަހަޅަންޖެހޭ ތާރީޚް: 23 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 13:00
- ވިސާ: މިސެޝަނަށް ދިޔުމަށްޓަކައި ވިސާ ހެއްދުމަށް ސްރީލަންކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.
މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
- މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
- އެމީހެއްގެ ވަނަވަރު.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ޕާސްޕޯރޓް ކޮޕީ (30 ޖެނުއަރީ 2021 ގެ ނިޔަލަށް މުއްދަތުހަމަނުވާ)
މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
- 20 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުގެ މީހެއްކަމުގައިވުން. (2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2020 ވަނައަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 35 އަހަރު ފުރިފައިނުވާ ފަރާތްތައް)
- މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
- އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
- އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަނެއްގައި މީގެކުރިން ގައި ބައިވެރިވެފައިވާ މީހެއްކަމުގައިނުވުން.
- ދިވެހި ރައްޔިތެއް ކަމުގައިވުން.
މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ހޮވުމުގައި އަންނަނިވި މީހުންނަށް އިސްކަންދެވޭނެއެވެ.
- ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
- މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
- ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
- ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
- ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ މީހުން.
މި ސެސަޝަނުގެ ބައިވެރިންނަށް ބޭނުންވާ އިތުރު މަޢުލޫމާތު (މުޙިއްމު):
- އޮލިމްޕިކް ވެލިއުސް އާއި ބެހޭ މަޢުލޫމާތު: އޮލިމްޕިކް ވެލިއުސް ޓޫލްކިޓް
- އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ ގެ މިސެޝަނާއި ބެހޭ މަޢުލޫމާތު: ޔަންގ ޕާރޓިސިޕަންޓްސް ސެޝަން
our sponsors and partners