association logo
2021 ވަނަ އަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްތަކަށް ފެތުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްސްގެ 2021 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ސެޝަން، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 އަދި 27 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި ސެޝަންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2021 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 23 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އޮންލައިން ފޯރމް ހުށަހެޅުއްވުން އެދެމެވެ. ފޯރމްހުށަހެޅުއްވުމުގެ ކުރީން، ޤަވައިދުވިދާޅުވުމަށް ހަނދުމަފުޅުކޮށްއަރުވަމެވެ.
ޤަވައިދާއި އޮންލައިން ފޯރމް: ޓްރަޔަލް އިވެންޓް ލިންކު
ބައިވެރިވުމުގެ ސުންގަޑި: 23 ފެބްރުވަރީ 2021, 12:00
ޓްރަޔަލް ބޭއްވުމަށް ހަމަޖެހިފައިވާ ވެނޫ: ހުޅުމާލޭ ސްވިމިންގ ޕޫލް
ޓައިމިންގ ކޮންސިޑަރ ކުރުމަށް ހުށަހެޅޭނެ މުބާރާތްތަކާއި ޓްރަޔަލްތައް:
-
- 2020 ވަނަ އަހަރު އެސޯސިއޭޝަނުން ކުރިއަށްގެންގޮސްފައިވާ ޓްރަޔަލްތަކުގެ ނަތީޖާ.
މިސެޝަނުގައި ބައިވެރިވުން: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 2021 ވަނަ އަހަރަށް މިހާރު އެކުލަވާލާފައިވާ ނެޝަނަލް ސީނިއަރ ސްކޮޑްގެ ފެތުންތެރިން ފިޔަވާ، ކޮންމެ ފެތުންތެރިއަކަށްވެސް (މިހާރުގެ ނެޝަނަލް ޖޫނިއަރ ސްކޮޑްގެ ފެތުންތެރިންވެސް ހިމެނޭގޮތަށް) މިސެޝަނުގައި ބައިވެރިވެވޭނެއެވެ.
our sponsors and partners