News & Announcements

ވަޒީފާގެ ފުރުޞަތު: ޤައުމީ އެސިސްޓަންޓް ސްވިމިންގ ކޯޗު

ޤައުމީ އެސިސްޓަންޓް ކޯޗްގެ ގޮތުގައި މަސައްކަތްކުރާނެ ކޯޗެއް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކަމަށްއެދި މިއެސޯސިއޭޝަނަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.


ޤައުމީ އެސިސްޓެންޓް ކޯޗް

  • ބޭނުންވާ ޢަދަދު: 1
  • ފެންވަރު ނުވަތަ ޝަރުޠު:
  1. ■3 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ފެތުމުގެ ކޯޗިންގ ކޯހެއް ނުވަތަ ޕްރޮގްރާމެއް ރާއްޖެއިން ބޭރުން ފުރިހަމަކޮށްފައިވުން. ނުވަތަ ބައިނަލްއަޤުވާމީ ކޯޗިންގ އެސޯސިއޭޝަނަކުން ލެވެލް 2 ގެ ސެޓްފިކެޓް ޙާޞިލްކޮށްފައިވުން.
  2. ■ ނެޝަނަލް ސްވިމިންގ ކޯޗިންގ ލެވެލް 1 ފުރިހަމަކޮށްފައިވުން. ނުވަތަ ފީނާ އެޑްވާންސް ކޯޗިންގ ކްލިނިކް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވުން.
  3. ■ އިނގިރޭސިބަހުން އަދި ދިވެހިބަހުން ފަސޭހަކަމާއެކު ލިޔެކިޔައި މުޢާމަލާތު ކުރުން.
  4. ■ ޢުމުރުން 18 އަހަރު ފުރިހަމަ ވެފައިވުން.
  5. ■ ފާއިތުވި 5 އަހަރު ވާދަވެރި ފެތުންތެރިން ތަމްރީނު ކުރުމުގައި ޙަރަކާތްތެރިވެފައިވުން.
  6. ■ ޤައުމީ އެސިސްޓެންޓް ކޯޗުގެ ވަޒީފާގެ މުއްދަތުގައި އެއްވެސް އެހެން ކުލަބެއްގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނެ މީހަކަށް ނުވުން.
  7. ■ ޤައުމީ ހެޑްކޯޗުގެ ލަފައާއި މަޝްވަރާގެމަތިން ނެޝަނަލް ސީނިއަރ އަދި ޖޫނިއަރ ސްކޮޑުގެ ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ މީހަކަށްވުން.
  8. ■ ހަފްތާގެ 6 ދުވަހު، ކޮންމެ ރެއަކާއިދުވާލު 2 ސެޝަނަށް ފަރިތަކުރުންތައް ރާވައިގެން ކުރިޔަށްގެންދެވޭނެ މީހަކު ކަމުގައިވުން.
  9. ■ އެސޯސިއޭޝަނުން އެދިއްޖެ ޙާލަތެއްގައި ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކަށް ފެތުންތެރިން ތަމްރީނުކޮށް އެފަދަ މުބާރާތްތަކަށް ފެތުންތެރިން ގޮވައިގެން ދެވޭ ފެންވަރުގެ މީހަކަށްވުން.
  • މުސާރައާއި އުޖޫރަ: 7000.00 އާއި 10000.00 އާއި ދެމެދު (މުސާރައިގެ މިންވަރު ކަނޑައަޅާނީ މިދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޢުލީމީ ފެންވަރާއި ކޯޗުންގެ މަސައްކަތުގެ ތަޖުރިބާ އާއި ހުށަހަޅާ ޕްލޭނަށް ބަލާފައެވެ.)
  • މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާގެ 6 ދުވަހު، ހެނދުނާއި ހަވީރު ނުވަތަ ހެނދުނާއި ރޭގަނޑު (ޖުމުލަ: 6 އާއި 8 ގަޑިއިރާއި ދެމެދު)
  • ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް: ވަޒީފާއަށް އެދޭ ސިޓީ، އައިޑީ ކާޑު ކޮޕީ، ވަނަވަރު އަދި ސީވީ، ތަޢުލީމީ ފާސް އަދި މިދާއިރާއިން ހޯދާފައިވާ ތަމްރީނު އެނގޭނެ ލިޔެކިޔުން.
  • ސުންގަނޑި: 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00

our sponsors and partners

ވަޒީފާގެ ފުރުޞަތު: ޤައުމީ އެސިސްޓަންޓް ސްވިމިންގ ކޯޗު