ސްވިމިންގ އެސޯސިއޭޝަނުން ހިންގާ ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ކޯޗުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކަމަށްއެދި މިއެސޯސިއޭޝަނަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
- މަޤާމް: ކޯޗް (ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ފަރިތަކުރުންތަކަށް) – ވަގުތީ، ޕާރޓްޓައިމް
- މުސާރަ: މަސައްކަތުގެ ތަޖުރިބާ އަށް ބެލުމަށްފަހު ސެޝަނަކަށް ކޮންމެ މީލާދީ މަހަކު 4000.00
- މަސައްކަތްކުރަންޖެހޭތަން: މާލެ
- ކޮންޓްރެކްޓްގެ މުއްދަތު: 6 މަސްދުވަސް
- މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާއަކު 5 ދުވަސް ދުވާލަކު 1.5 ގަޑިއިރު (ހެނދުނު 06:00 – 07:30 ނުވަތަ/އަދި ހަވީރު 16:30 – 18:00)
ފެންވަރު ނުވަތަ ޝަރުތު:
- ފެތުމުގެ ކޯޗިންގ ކޯހެއް ނުވަތަ ކްލިނިކެއް ފުރިހަމަ ކޮށްފައިވުން.
- އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި އަދި ވާހަކަ ދައްކަން އެގުން.
- އަމިއްލައަށް ޝެޑިއުލް ހަދައިގެން ޓްރެއިނިންގ ސެޝަންތައް ގެންދަން އެނގުން.
- ސްވިމިންގ ކޯޗިންގ ދާއިރާގައި ޙަރަކާތްތެރިވުމުގެ ޝައުޤުވެރިކަން ހުރުން.
- އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
- ވަގުތައް ހުރުމަތްތެރިކޮށް ހިތާ މީހަކު ކަމުގައިވުން.
- ފީނާގެ ޤަވައިދުތައް ފެތުންތެރިންނަށް އުގަންނައި ދިނުމުގެ ޤާބިލިއްޔަތުކަން ހުރުން.
ކުރަންޖެހޭ މަސައްކަތް:
- ކުދިންނަށް ފެތުމުގެ 4 ސްޓްރޯކް ދަސްކޮށްދީ، އެކުދިންނަށް ފެތުމުގެ ކެރިއަރގެ ރަނގަޅު ބިންގަލެއް ގާއިމްކޮށްދިނުން.
- އެސޯސިއޭޝަނުން އަންގާގޮތެއްގެމަތިން ފަރިތަކުރުންތައް ކުރިއަށްގެންދިޔުން.
ސިޓީއާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:
- ކޯޗިންގގެ ދާއިރާއިން ހޯދާފައިވައިވާ ސެޓްފިކެޓްތަކުގެ ކޮޕީ (ޓްރެއިނިންގ އަދި ޢަމަލީ ތަޖުރިބާ އަންގައިދޭ)
- ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތައް
- އައިޑެންޓިޓީކާޑުގެ ކޮޕީ
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ފުރިހަމަ ވަނަވަރު
ނޯޓް: ޕްރޮފޯރމަންސްއަށް ބަލައި، އެގްރިމެންޓް އާކުރުމުގެ ފުރުސަތު ދެވޭނެއެވެ.
our sponsors and partners