News & Announcements

ވަޒީފާގެ ފުރުޞަތު: ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ސްވިމިންގ ކޯޗު

ސްވިމިންގ އެސޯސިއޭޝަނުން ހިންގާ ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ކޯޗުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކަމަށްއެދި މިއެސޯސިއޭޝަނަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

  • މަޤާމް: ކޯޗް (ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ފަރިތަކުރުންތަކަށް) – ވަގުތީ، ޕާރޓްޓައިމް
  • މުސާރަ: މަސައްކަތުގެ ތަޖުރިބާ އަށް ބެލުމަށްފަހު ސެޝަނަކަށް ކޮންމެ މީލާދީ މަހަކު 4000.00
  • މަސައްކަތްކުރަންޖެހޭތަން: މާލެ
  • ކޮންޓްރެކްޓްގެ މުއްދަތު: 6 މަސްދުވަސް
  • މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާއަކު 5 ދުވަސް ދުވާލަކު 1.5 ގަޑިއިރު (ހެނދުނު 06:00 – 07:30 ނުވަތަ/އަދި ހަވީރު 16:30 – 18:00)

ފެންވަރު ނުވަތަ ޝަރުތު:

  • ފެތުމުގެ ކޯޗިންގ ކޯހެއް ނުވަތަ ކްލިނިކެއް ފުރިހަމަ ކޮށްފައިވުން.
  • އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި އަދި ވާހަކަ ދައްކަން އެގުން.
  • އަމިއްލައަށް ޝެޑިއުލް ހަދައިގެން ޓްރެއިނިންގ ސެޝަންތައް ގެންދަން އެނގުން.
  • ސްވިމިންގ ކޯޗިންގ ދާއިރާގައި ޙަރަކާތްތެރިވުމުގެ ޝައުޤުވެރިކަން ހުރުން.
  • އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
  • ވަގުތައް ހުރުމަތްތެރިކޮށް ހިތާ މީހަކު ކަމުގައިވުން.
  • ފީނާގެ ޤަވައިދުތައް ފެތުންތެރިންނަށް އުގަންނައި ދިނުމުގެ ޤާބިލިއްޔަތުކަން ހުރުން.

ކުރަންޖެހޭ މަސައްކަތް:

  • ކުދިންނަށް ފެތުމުގެ 4 ސްޓްރޯކް ދަސްކޮށްދީ، އެކުދިންނަށް ފެތުމުގެ ކެރިއަރގެ ރަނގަޅު ބިންގަލެއް ގާއިމްކޮށްދިނުން.
  • އެސޯސިއޭޝަނުން އަންގާގޮތެއްގެމަތިން ފަރިތަކުރުންތައް ކުރިއަށްގެންދިޔުން.

ސިޓީއާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ކޯޗިންގގެ ދާއިރާއިން ހޯދާފައިވައިވާ ސެޓްފިކެޓްތަކުގެ ކޮޕީ (ޓްރެއިނިންގ އަދި ޢަމަލީ ތަޖުރިބާ އަންގައިދޭ)
  • ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތައް
  • އައިޑެންޓިޓީކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ފުރިހަމަ ވަނަވަރު

ނޯޓް: ޕްރޮފޯރމަންސްއަށް ބަލައި، އެގްރިމެންޓް އާކުރުމުގެ ފުރުސަތު ދެވޭނެއެވެ.


our sponsors and partners

ވަޒީފާގެ ފުރުޞަތު: ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ސްވިމިންގ ކޯޗު