05 ވަނަ ކޮމަންވެލްތު ޔޫތު ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލްކުރާ ފެތުންތެރިން އިޢުލާނުކޮށްފި
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 05 ން 11 ގެ ނިޔަލަށް ސަމޯއާ ގައި ބޭއްވުމަށް ހަމަޖެހިފައިވާ 05 ވަނަ ކޮމަންވެލްތު ޔޫތު ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ކަނޑައެޅި ފެތުންތެރިންގެ ނަންތައް އިޢުލާންކޮށްފިއެވެ.
މި ގޭމްސްގައި ބައިވެރިވާ ފެތުންތެރިން:
- އިބްރާޙިމް ނިޝްވާން
- މުޙައްމަދު މުޢުތަސިމް އަދްނާން
- މާރިޔާ މުޙައްމަދު ރިޝްވާން
މި ފެތުންތުންތެރިންނާއި އެކު ކޯޗެއްގެ ގޮތުގައި ވަޑައިގަންނަވާނީ، ނެޝަނަލް ސްވިމިންގ ޓީމްގެ އެސިސްޓަންޓް ކޯޗް، އިބްރާޙިމް މޫސާއެވެ. މިއީ ދިވެހިރާއްޖެ ތަމްޞީލްކުރުމަށް މާރިޔާ މުޙައްމަދު ރިޝްވާނަށް ލިބުނު ފުރަތަމަ ފުރުޞަތެވެ.
Sponsors of National Swimming Squads: