1500 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އިސްމާޢިލް މުޢުތަސިމް އާކޮށްފި
1991 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި 05 ވަނަ ސާފް ގޭމްސްގައި ހަދާފައިވާ 1500 މީޓަރ ފްރީ ސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އިސްމާޢިލް މުޢުތަސިމް އަދުނާން އާކޮށްފިއެވެ. އިސްމާޢިލް މިރިކޯރޑް އާކޮށްފައިވަނީ ރީޔޫނިއަންގައި މިހާރު ކުރިއަށްދާ 9 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި 1500 މީޓަރ ފްރީސްޓައިލް އިވެންޓް 19:36.83 އިން ފުރިހަމަކޮށްގެންނެވެ.
1991 ވަނަ އަހަރު 05 ވަނަ ސާފްގޭމްސްގައި ރާއްޖޭގެ ފެތުންތެރިޔާ މުޙައްމަދު ރަޝީދު 1500 މީޓަރ ފްރީސްޓައިލް އިވެންޓް ނިންމާފައިވަނީ 22:16.10 އިންނެވެ.
މިއީ މިމުބާރާތުގައި އިސްމާޢިލް އާކުރި ދެވަނަ ޤައުމީ ރިކޯރޑެވެ. މިމުބާރާތުގައި އިސްމާޢިލް ދެން އާކޮށްފައިވަނީ 400 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރިކޯރޑެވެ.
National Swimming Squads Sponsored by: