News & Announcements

ފްރީސްޓައިލް 400 މީޓަރ އިވެންޓްގެ ޤައުމީ ރެކޯރޑް ސަޖަން އާކޮށްފި

ބެންގކޮކް (ތައިލެންޑް) ގައި މިހާރު ކުރިއަށްދާ 8 ވަނަ އޭޝިއަން އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސްގައި 400 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އައިމިނަތު ސަޖަން އާކޮށްފިއެވެ. ސަޖަން މި ރެކޯރޑް އާކޮށްފައިވަނީ 400 މީޓަރ ފްރީސްޓައިލް އިވެންޓް 05:19.49 އިން ފުރިހަމަކޮށްގެންނެވެ.

400 މީޓަރ ފްރީސްޓައިލްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް ސަޖަންއެވެ. އެއީ 2014 ވަނަ އަހަރު ބޭއްވުނު 17 ވަނަ އޭޝިއަން ގޭމްސްގައި 05:22.30 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި ޤައުމީ ފުރަތަމަ ރެކޯރޑެވެ.


National Swimming Squads Sponsored by:

Sponsor - Arena Banner

ފްރީސްޓައިލް 400 މީޓަރ އިވެންޓްގެ ޤައުމީ ރެކޯރޑް ސަޖަން އާކޮށްފި