އެޑްވާންސް ސެޓްފިކެޓް އިން ސްޕޯރޓްސް މެނޭޖްމަންޓް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސްގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ އެޑްވާންސް ސެޓްފިކެޓް އިން ސްޕޯރޓްސް މެނޭޖްމަންޓް ކޯސް 2016 ވަނަ އަހަރުގެ މާރޗް މަހުގެތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހަށް ނަންހުށަހެޅުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސްގެ ފަރާތުންވަނީ މި އެސޯސިއޭޝަނަށް ފުރުޞަތު ދީފައެވެ.

ވީމާ، މިކޯހުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން، 28 ފެބްރުއަރީ 2016 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

 

 • ބައިވެރިވުމަށް އެދޭ ފޯރމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:
  • ކޯހުގައި ބައިވެރިވުމަށް އެދި ފުރިހަމަކޮށްފައިވާ ފޯރމް
  • އައިޑެންޓިޓީ ކާރޑްގެ ކޮޕީ
  • ވަނަވަރު

 

 • ސުންގަޑި: 28 ފެބްރުއަރީ 2016 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން
 • ފޯރމް ހުށަހަޅުއްވަންޖެހޭތަން: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިދާރާ

 

 • ކޯހުގެ މަޢުލޫމާތު:
  • ކޯހުގެ ނަން: އެޑްވާންސް ސެޓްފިކެޓް އިން ސްޕޯރޓްސް މެނޭޖްމަންޓް
  • މުއްދަތު: 1 އަހަރު (2 ސެމިސްޓަރ)
  • ކޯހުގެ ފީ: ހިލޭ
  • ކޯސް ފެށޭނެ ތާރީޚް: 2016 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި
  • ކޯސް ބޭއްވޭތަން: މާލެ

 

 • ކޯހަށް ވަނުމުގެ ޝަރުތުތައް:
  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ،
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ސެޓްފިކެޓް ލެވެލް 3ގެ ފާހެއް އޮތުން ނުވަތަ،
  • އުމުރުން 18 އަހަރު ފުރިފައިވުމާއިއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް 7) ފުރިހަމަކޮށްފައިވުމާއި ކުޅިވަރާއި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މިކޯހާއިބެހޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އިން (ފޯނު ނަންބަރު: 3326985، އީމެއިލް: info@mnis.gov.mv) ލިބިވަޑައިގަންނަވާނެއެވެ.

our sponsors and partners

އެޑްވާންސް ސެޓްފިކެޓް އިން ސްޕޯރޓްސް މެނޭޖްމަންޓް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު