މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ އައްޑޫ ސިޓީ، ސްކޫލް ކުދިންގެ ފެތުމުގެ 2 ވަނަ މުބާރާތް 2016 ވަނަ އަހަރުގެ މެއި މަހުގެ 11 އިން 14 އަށް، އައްޑޫ ސިޓީ، ހިތަދޫ ސްވިމިންގ ޓްރެކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލެވިގެން އައްޑޫ ސިޓީގައި ބޭއްވޭ މުބާރާތެކެވެ.
މީގެ އިތުރުން، މި މެއި މަހުގެ 09 ން 10ގެ ނިޔަލަށް 10 އަހަރާއި، 8 އަހަރާއި އަދި 6 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ފެތުންތެރިންނަށް ޙާއްސަކޮށްގެން ބާއްވާ ކިޑްސް ސްވިމިންގ ފެސްޓިވަލްވެސް ބޭއްވުމަށް ވަނީހަމަޖެހިފައެވެ.
މި މުބާރާތުގައި އަންނަނިވި އުމުރުފުރާތަކާއި، ކެޓަގަރީތަކުގެ އަންހެން އަދި ފިރިހެން ކެޓަގަރީތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
- 12 އަހަރުން ދަށް
- 14 އަހަރުން ދަށް
- 16 އަހަރުން ދަށް
- 19 އަހަރުން ދަށް
- ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީ
މިމުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް:
Event | SEN | Under 12 | Under 14 | Under 16 | Under 19 |
25m Freestyle | ✓ | ||||
25m Backstroke | ✓ | ✓ | |||
25m Breaststroke | ✓ | ✓ | |||
25m Butterfly | ✓ | ✓ | |||
50m Freestyle | ✓ | ✓ | ✓ | ✓ | ✓ |
50m Backstroke | ✓ | ✓ | ✓ | ✓ | |
50m Breaststroke | ✓ | ✓ | ✓ | ✓ | |
50m Butterfly | ✓ | ✓ | ✓ | ✓ | |
100m Freestyle | ✓ | ✓ | ✓ | ✓ | |
100m Backstroke | ✓ | ✓ | ✓ | ||
100m Breaststroke | ✓ | ✓ | ✓ | ||
100m Butterfly | ✓ | ✓ | ✓ | ||
100m Individual Medley | ✓ | ✓ | |||
200m Individual Medley | ✓ | ✓ | |||
4x25m. Freestyle Relay | ✓ | ||||
4x25m. Medley Relay | ✓ | ||||
4x25m. Freestyle Mix Relay | ✓ | ✓ | |||
4x50m. Freestyle Relay | ✓ | ✓ | ✓ | ||
4x50m. Medley Relay | ✓ | ✓ | ✓ | ||
4x100m. Freestyle Relay | ✓ | ✓ | |||
މުބާރާތުގެ ނަން: އައްޑޫ ސިޓީ، ސްކޫލްކުދިންގެ ފެތުމުގެ 2 ވަނަ މުބާރާތް
Addu City 2nd Inter School Swimming Competition 2016
މުބާރާތް ބާއްވާ ތަން: އައްޑޫ ސިޓީ ހިތަދޫ ސްވިމިންގ ޓްރެކް
މުބާރާތް ބާއްވާ ތާރީޚް: 2016 މެއި 11 ން 14 އަށް
މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 08 މެއި 2016ގެ 14:00
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި އިތުރު މަޢުލޫމާތު: ލިންކް
މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިއެސޯސިއޭޝަނާއި ގުޅުއްވުން އެދެމެވެ.
ފޯނު: 3323429
ފެކްސް: 3314206
އީމެއިލް: info@swimming.org.mv
our sponsors and partners