އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2023 – 2024 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

hajja coach

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީގެ ދަށުން ޔޫ.އެސް.އޭ ގެ ޔުނިވަރސިޓީ އޮފް ޑެލެވެއަރ އިން ހިންގާ ‘އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 14 ވަނަ އެޑިޝަން’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ ހުޅުވާލާފައެވެ. ވީމާ މިކޯހަށް ޝައުގުވެރިވާ މީހުން، ތިރީގައި ދީފައިވާ ސުންގަޑީގެކުރިން މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުއްވުން އެދެމެވެ.

ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:

  • ޕްރޮގްރާމްގެ ނަން: އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް
  • މަޢުލޫމާތު: ޔުނިވަރސިޓީގެ ވެބްސައިޓް.
  • ބްރޯޝަރ: ޑައުންލޯޑް ލިންކް
  • ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ތާރީޚް: 3 އެޕްރީލް 2023
  • ޝަރުތު:
    1. ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނަށް ކޯޗުކޮށްދެމުންދާ ކޯޗެއްކަމުގައިވުން.
    2. ކޯޗިންގެ ދާއިރާގައި މެދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
    3. އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.

މިކޯހަށް ހޮވޭ ކޯޗުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުންނެވެ.

ހުށަހަޅަންޖެހޭ ސުންގަޑި: 14 ފެބްރުވަރީ 2023 ގެ 12:00 ގެ ކުރިން މިއެސޯސިއޭޝަނަށް އީމެއިލް info@swimming.org.mv މެދުވެރިކޮށް.

އީމެއިލް އާއިއެކު އެޓޭޗް ކުރައްވަންޖެހޭ ތަކެތި:

  • އެ ކޯޗެއްގެ ސީވީ
  • ކޯޗިންގ ޕޯރޓްފޯލިއޯ (ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތައް އިނގޭނެ ގޮތަށް)
  • ޕްރޮޖެކްޓް ޕްރޮޕޯސަލް (ބްރޯޝަރ ގައިވާގޮތަށް ތައްޔާރުކުރެވިފައިވާ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކުލަ ސްކޭން ކޮޕީ
  • މުއްދަތު ހަމަނުވާ ޕާސްޕޯރޓްގެ ކުލަ ސްކޭން ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކުލަ ސްކޭން ކޮޕީ
  • ފެތުމުގެ ދާއިރާއިން އަދި ކޯޗިންގ ގެ ދާއިރާއިން ހޯދައިފައިވާ ސެޓްފިކެޓްތައް އަދި ކާމިޔާބީ އަންގައިދޭ ލިޔުންތަކުގެ ކުލަ ސްކޭން ކޮޕީ

our sponsors and partners

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2023 – 2024 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު