ދުއިސައްތަ މީޓަރ ބެކްސްޓްރޯކްގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި

imaan

ޗައިނާގެ ހަންގޖޯ ގައި ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި ފިރިހެނުންގެ ލޯންގކޯސް ދުއިސަައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން ޢަލީ އާކޮށްފިއެވެ. އިމްޢާން މި ރެކޯރޑް އާކޮށްފައިވަނީ 02.22.88 އިން ރޭސްނިންމައިގެންނެވެ.

މި ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް އިމްޢާން އެވެ. އެއީ މިއަހަރު ބޭއްވުނު ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 02.26.43 އިން މިއިވެންޓު ފުރިހަމަކޮށްގެންނެވެ.

19 ވަނަ އޭޝިއަން ގޭމްސްގައި ދިވެހި ފެތުންތެރިން ވަނީ ޖުމްލަ 14 ޤައުމީ ރެކޯރޑެއް އާކޮށްފައެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ބެކްސްޓްރޯކްގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި