ދުއިސައްތަ މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިފްޟާލް އާކޮށްފި

Ifzaal

ލޯންގކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިފްޟާލް އިބްރާހީމް މަޙްފޫޠް އާކޮށްފިއެވެ.

ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި އިފްޟާލް މި އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 02:45.81 އިން ރޭސް ނިންމައިގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ ހަމަ މި މުބާރާތުގައި އިއްޔެ ލޫޠު މުޙައްމަދު ޙުސައިންއެވެ. އެއީ 02:49.19 އިން ރޭސް ނިންމައިގެންނެވެ.

މިއީ މިމުބާރާތުގައި ދިވެހި ފެތުންތެރިން އާކުރި 9 ވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިފްޟާލް އާކޮށްފި