އަށް ސަތޭކަ މީޓަރ ފްރީސްޓައިލް ރޭހުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި

rihan

ފިރިހެނުންގެ ލޯންގްކޯސް 800 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިހާން ޝިހާމް އާކޮށްފިއެވެ. ތައިލަންޑްގައި މިހާރު ކުރިއަށްދާ އެރީނާ ތައިލަންޑް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ރިހާން މި ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 09:26.67 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

800 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވުނު 18 ވަނަ އޭޝިއަން ގޭމްސްގައި މުބާލް ޢައްޒާމް އިބްރާޙީމް އެވެ. އެފަހަރު މުބާލްގެ ވަގުތަކީ 10:12.07 އެވެ.

މިއީ މިމުބާރާތުގައި ރިހާން އާކުރި 2 ވަނަ ޤައުމީ ރެކޯޑެވެ.


our sponsors and partners

އަށް ސަތޭކަ މީޓަރ ފްރީސްޓައިލް ރޭހުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި