ދުއިސައްތަ މީޓަރ ފްރީސްޓައިލް ރޭހުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި

rihan

ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިހާން ޝިހާމް އާކޮށްފިއެވެ. ތައިލަންޑްގައި މިހާރު ކުރިއަށްދާ އެރީނާ ތައިލަންޑް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ރިހާން މި ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 02:04.75 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

200 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް ރިހާންއެވެ. އެއީ މިއަހަރުގެ ފެބްރުވަރީ މަހު ބޭއްވުނު 11 ވަނަ އޭޝިއަން އޭޖްގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 02.05.91 އިން ރޭސް ނިންމައިގެންނެވެ.

މިއީ މިމުބާރާތުގައި ރިހާން އާކުރި 3 ވަނަ ޤައުމީ ރެކޯޑެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ފްރީސްޓައިލް ރޭހުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި