ފަންސާސް މީޓަރ ބަޓަރފްލައި ރޭހުގެ ޤައުމީ ރެކޯރޑް ހަނާން އާކޮށްފި

hanan

އަންހެނުންގެ ލޯންގްކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ހަނާން ޙުސައިން ޙަލީމް އާކޮށްފިއެވެ. މެލޭޝިއާގައި މިހާރު ކުރިއަށްދާ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ހަނާން މި ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 00:31.68 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް ހަނާން އެވެ. އެއީ މިއަހަރު ފެބްރުވަރީ މަހު ތައިލަންޑްގައި ބޭއްވުނު ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްސް އިން އޭޝިއާ ސްވިމިންގ އިންވިޓޭޝަނަލް ކޮމްޕެޓިޝަންގައި 00:32.00 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ފަންސާސް މީޓަރ ބަޓަރފްލައި ރޭހުގެ ޤައުމީ ރެކޯރޑް ހަނާން އާކޮށްފި