hamna
އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ހަމްނާ އަޙްމަދު އާކޮށްފިއެވެ. މެލޭޝިއާގައި މިހާރު ކުރިއަށްދާ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ހަމްނާ މި ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 01:17.69 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް ހަމްނާ އެވެ. އެއީ 2023 ވަނަ އަހަރު ބޭއްވުނު 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި 01:18.17 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި މުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ މިހާތަނަށް 4 ޤައުމީ ރެކޯޑެއް އާކޮށްފައެވެ.
our sponsors and partners