ދުއިސައްތަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި

mubal

ފިރިހެނުންގެ (ލޯންގ ކޯސް) 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފިއެވެ. ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި މުބާލް މި ރެކޯރޑް އައުކޮށްފައިވަނީ 02.36.74 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ މި މުބާރާތުގައި މުބާލް އައުކުރި 2 ވަނަ ޤައުމީ ރެކޯރޑެވެ.

މި އިވެންޓް އެންމެ ފުރަތަމަ ފަތާފައިވަނީ 2019 ވަނަ އަހަރު ބޭއްވި 10 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި އަޙްމަދު އައްޒާން ޒާހިދެވެ. އެ މުބާރާތުގައި 200 މީޓަރ ބަޓަރފްލައި އިވެންޓް އައްޒާން ފުރިހަމަކޮށްފައިވަނީ 03.03.11 އިންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި