News & Announcements

ބްރެސްޓްސްޓްރޯކް 50 މީޓަރ އިވެންޓްގެ ޤައުމީ ރެކޯރޑް ސާޖިނާ އާކޮށްފި

National Squads are Sponsored by:

Sponsor - Arena Banner


އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އަންހެނުންގެ 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސާޖިނާ އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް ސާޖިނާ އާކޮށްފައިވަނީ 00:39.68 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސާޖިނާއެވެ. އެއީ 2015 ވަނަ އަހަރު ތައިލެންޑްގެ ބެންކޮކް ގައި ބޭއްވި 8 ވަނަ އޭޝިއަން އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސްގައި 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓް 00:39.81 އިން ފުރިހަމަކޮށްގެންނެވެ.

މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 5 ވަނަ ޤައުމީ ރެކޯރޑެވެ.

Show All Results of 12th South Asian Games 2016
ބްރެސްޓްސްޓްރޯކް 50 މީޓަރ އިވެންޓްގެ ޤައުމީ ރެކޯރޑް ސާޖިނާ އާކޮށްފި