aishath sajina with bronze medal, 50m breaststroke, 1st south asian aquatic championships
މިހާރު ސްރީލަންކާގެ ކޮލޮންބޯގައި ކުރިއަށްދާ ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސްގެ ފުރަތަމަދުވަހު ދިވެހިރާއްޖެއިން ހަ ރަންވަންލޯ މެޑަލްހޯދައި، 2 ޤައުމީ ރެކޯރޑު އާކޮށްފިއެވެ.
ދިވެހިރާއްޖެ ރަންވަންލޯ މެޑަލް ހޯދި އިވެންޓްތަކާއި، ފެތުންތެރިންގެ ނަންތައް:
50 މީޓަރ ބްރެސްޓްސްޓްރޯކް، 18 އަހަރުން މަތި އަންހެން، ރަންވަންލޯ މެޑަލް.
- އައިޝަތު ސާޖިނާ
4 ގުނަ 100 މީޓަރ މިޑްލޭ ރިލޭ، 15 އަހަރުން ދަށް އަންހެން، ރަންވަންލޯ މެޑަލް.
- ހަމްނާ އަޙްމަދު
- އައިޝަތު ހުލްވާ ޚުލައިލް
- އީމާ މުޙައްމަދު ފަޙުމީ
- އައިޝަތު އުލްޔާ ޝާއިޤް
4 ގުނަ 100 މީޓަރ މިޑްލޭ ރިލޭ، 18 އަހަރުން ދަށް އަންހެން، ރަންވަންލޯ މެޑަލް.
- އައިމިނަތު ޒާނާ ޝިރާޒް
- ޢައިޝަތު ތުޙުފާ ނާޒިމް
- އަންމާޢު އަޙްމަދު ސަލީމް
- ފާތިމަތު ޒުހާ ޒިޔާދު
4 ގުނަ 100 މީޓަރ މިޑްލޭ ރިލޭ، 18 އަހަރުން މަތި އަންހެން، ރަންވަންލޯ މެޑަލް.
- އައިމިނަތު އަޒްކާ ޢާދިލް
- އައިޝަތު ސާޖިނާ
- އައިޝަތު ސައުސަން
- އައިމިނަތު ޝަޖަން
4 ގުނަ 100 މީޓަރ މިޑްލޭ ރިލޭ، 15 އަހަރުންދަށް މިކްސްޑް، ރަންވަންލޯ މެޑަލް.
- ޢަލީ އިންމާން
- އައިޝަތު ހުލްވާ ޚުލައިލް
- ޙަސަން ޒައިން
- ހަމްނާ އަޙްމަދު
4 ގުނަ 100 މީޓަރ މިޑްލޭ ރިލޭ، 18 އަހަރުން މަތި، މިކްސްޑް، ރަންވަންލޯ މެޑަލް.
- ޙަސަން އަޝްރަފް
- އައިޝަތު ސާޖިނާ
- މުޙައްމަދު ނަޒްރާން ނަޒީރު
- އައިމިނަތު ޝަޖަން
އައިޝަތު ސާޖިނާ ވަނީ 50 މީޓަރ ބްރެސްޓްސްޓްރޯކް އިން ޤައުމީ ރެކޯރޑް އާކޮށްފައެވެ. ސާޖިނާ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ، 00:37.98 ން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސާޖިނާއެވެ. އެއީ، މިއަހަރު މެލޭޝިއާގައި ބޭއްވުނު 59 ވަނަ މައިލޯ، ޕެރަމް މެލޭޝިއަން އޯޕަން ސްވިމިންގ ގައި ވާދަކޮށް 00:38.17 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
ދިވެހި ފެތުންތެރިން ވަނީ އިތުރު އެއް ރެކޯރޑް އާކޮށްފައެވެ. އެއީ، 4 ގުނަ 100 މިޑްލޭ ރިލޭ، މިކްސްޑް ރޭސް 05:26.02 އިން ފުރިހަމަކޮށްގެންނެވެ. އި އިވެންޓް މީގެ ކުރިން އެންމެ ބާރަށް ފަތާފައިވަނީ 05:52.95 އިންނެވެ. ރިކޯރޑް އާކުރި ރިލޭ ޓީމްގައި ހިމެނޭ ފެތުންތެރިންނަކީ:
- ޙަސަން އަޝްރަފް
- އައިޝަތު ސާޖިނާ
- މުޙައްމަދު ނަޒްރާން ނަޒީރު
- އައިމިނަތު ޝަޖަން
our sponsors and partners