ދޯހާ (ޤަތަރު) ގައި ކުރިއަށްދާ 12 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕް (25 މީޓަރ)ގެ 4 ވަނަ ދުވަހުގެ އިވެންޓްތަކުގައި ބައިވެރިވި ރާއްޖޭގެ ފެތުންތެރިންގެ ތެރެއިން ނިޝްވާން އިބްރާޙިމްއާއި މުޙައްމަދު މުއްތަސިމް އަދްނާން ރާއްޖޭގެ ޤައުމީ 2 ރެކޯރޑެއް އާކޮށްފިއެވެ. މިއަދުގެ އިވެންޓްތަކުގައި ދެން ފެތީ އައިމިނަތު ޝަޖަންއެވެ. އަންހެނުންގެ 50މީޓަރ ފްރީސްޓައިލް އިވެންޓް ޝަޖަން ނިންމާފައިވަނީ 00:30.56 އިންނެވެ.
މިއަދު އާކުރި ޤައުމީ 2 ރިކޯރޑާއި އެކު މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި ރާއްޖޭގެ ޤައުމީ ރެކޯރޑްތަކުގެ ޢަދަދު ވަނީ 7 އަށް އަރާފައެވެ.
މުބާރާތުގެ މަޢުލޫމާތު: 12th FINA World Swimming Championship – 25m
National Records Renewed:
- 100m Individual Medley – Male
- Renewed by: Mohamed Muthasim Adnan (01:10.77)
- Previously Held by: Hassan Inayath (01:10.90) – 2010
- 100m Freestyle – Male
- Renewed by: Nishwan Ibrahim (00:56.81)
- Previously Held by: Hassan Inayath (01:00.23) – 2010