ފަންސާސް މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އާކޮށްފި

aan

ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އާކޮށްފިއެވެ.

ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި އާން މި ރެކޯރޑް އާކޮށްފައިވަނީ 00.29.51 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީވެސް އާން އެވެ. އެއީ 2022 ވަނަ އަހަރު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައެވެ. އެފަހަރުގެ ވަގުތަކީ 00.29.57 އެވެ.

ޖުމްލަ 28 ދިވެހި ފެތުންތެރިން މި މުބާރާތުގައި ވާދަކުރެއެވެ. މިއީ ދިވެހި ފެތުންތެރިން މި މުބާރާތުގައި އާކުރި ފުރަތަމަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ފަންސާސް މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އާކޮށްފި