relay team
ފިރިހެނުންގެ ލޯންގކޯސް 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ. ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި ދިވެހި ފެތުންތެރިން މި ރެކޯރޑް އާކޮށްފައިވަނީ 03:49.94 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯރޑް އާކުރި ޓީމުގައި ހިމެނެނީ، މުޙައްމަދު އާން ޙުސައިން، ޢަލީ އިމްޢާން، މުބާލް ޢައްޒާމް އިބްރާހިމް އަދި މުޙައްމަދު ޔަމަން ޔާސީން އެވެ.
މިރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ 03.57.16 އިން ރޭސް ފުރިހަމަކޮށްގެން މިދިޔަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސްގައެވެ. އެފަހަރުގެ ޓީމުގައިފެތީ ޢަލީ އިމްޢާން އާއި މުބާލް ޢައްޒާމް އިބްރާހިމް ގެ އިތުރުން މުޙައްމަދު ރިހާން ޝިހާމް އަދި އަޙްމަދު ނީޤް ނިޔާޒެވެ.
މިއީ ދިވެހި ފެތުންތެރިން މި މުބާރާތުގައި އާކުރި ދެވަނަ ޤައުމީ ރެކޯރޑެވެ.
our sponsors and partners