ސަތޭކަ މީޓަރު ބަޓަރފްލައިގެ ޤައުމީ ރެކޯރޑް ރިޙާން އާކޮށްފި

rihan

ލޯންގކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިޙާން ޝިހާމް އާކޮށްފިއެވެ.

ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި ރިޙާން މި ރެކޯރޑް އާކޮށްފައިވަނީ 01:01.60 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީވެސް ރިހާން އެވެ. އެއީ މިދިޔަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސްގައި 100 މީޓަރ ބަޓަރފްލައި އިވެންޓު 01.02.41 އިން ނިންމައިގެންނެވެ.

ޖުމްލަ 28 ދިވެހި ފެތުންތެރިން މި މުބާރާތުގައި ވާދަކުރެއެވެ. މިއީ ދިވެހި ފެތުންތެރިން މި މުބާރާތުގައި އާކުރި ތިންވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ސަތޭކަ މީޓަރު ބަޓަރފްލައިގެ ޤައުމީ ރެކޯރޑް ރިޙާން އާކޮށްފި