ސަތޭކަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އާކޮށްފި

aan

ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އާކޮށްފިއެވެ. ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި އާން މި ރެކޯރޑް އާކޮށްފައިވަނީ 4 ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގައި 100 މީޓަރ ފްރީސްޓައިލްގެ ފުރަތަމަ ލެންތު 00:55.11 އިން ފުރިހަމަކޮށްގެންނެވެ.

މިރެކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް އާން އެވެ. އެއީ، 2022 ވަނަ އަހަރު ބޭއްވުނު ކޮމަންވެލްތު ގޭމްސްގައި 00:55.49 އިން ފުރިހަމަކޮށްގެންނެވެ.

މިއީ އާން މި މުބާރާތުގައި އާކުރި 2 ވަނަ ޤައުމީ ރެކޯރޑެވެ. އަދި ދިވެހި ފެތުންތެރިން މި މުބާރާތުގައި އާކުރި ފަސްވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ސަތޭކަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އާކޮށްފި