ހަތަރެއްގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި

relay team

ލޯންގކޯސް 4 ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ. ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި ދިވެހި ފެތުންތެރިން މި ރެކޯރޑް އާކޮށްފައިވަނީ 04.12.35 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯރޑް އާކުރި ޓީމުގައި ހިމެނެނީ، މުޙައްމަދު އާން ޙުސައިން، ޢަލީ އިމްޢާން، ޢާއިޝަތު ޢުލްޔާ ޝާއިޤް، އަދި ޢާއިޝަތު ޢައިނީ އަބްދުލް ހަމީދު އެވެ.

މިރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ 04.14.17 އިން ރޭސް ފުރިހަމަކޮށްގެން މިމަހު މެދުތެރޭގައި ބޭއްވި 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައެވެ. އެފަހަރުގެ ޓީމުގައިފެތީ ޢާއިޝަތު ޢުލްޔާ ޝާއިޤް އާއި މުބާލް ޢައްޒާމް އިބްރާހިމް ގެ އިތުރުން މުޙައްމަދު ރިހާން ޝިހާމް އަދި ޙަމްނާ އަޙްމަދެވެ.

މިއީ ދިވެހި ފެތުންތެރިން މި މުބާރާތުގައި އާކުރި ހަވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ހަތަރެއްގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި