ދުއިސައްތަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ރިޙާން އާކޮށްފި

rihan

ލޯންގކޯސް 200 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިޙާން ޝިހާމް އާކޮށްފިއެވެ.

ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި ރިޙާން މި ރެކޯރޑް އާކޮށްފައިވަނީ 02:05.91 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީވެސް ރިޙާން އެވެ. އެއީ މިމަހު މެދުތެރޭ ދޯހާ ގައި ބޭއްވުނު 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 02.06.32 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިއީ މިމުބާރާތުގައި ރިޙާން އާކުރި 2 ވަނަ ޤައުމީ ރެކޯރޑެވެ. އަދި، ދިވެހި ފެތުންތެރިން މި މުބާރާތުގައި އާކުރި 7 ވަނަ ޤައުމީ ރެކޯރޑެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ރިޙާން އާކޮށްފި