News & Media

ވޭތުވެދިޔަ 2016 ވަނަ އަހަރުގެ މޮޅު ފެތުންތެރިންގެ މަޤާމަށް އަޝްރަފް އަދި ޝަޖަން

award winners 2017

2016 ވަނަ އަހަރުގެ އެންމެ މޮޅު ފެތުންތެރިންގެ މަޤާމް ޙަސަން އަޝްރަފް އަދި އާމިނަތު ޝަޖަން ހޯދައިފިއެވެ. ޖަމާލުއްދީން ސްކޫލްގައި ބޭއްވި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2017 ވަނަ އަހަރުގެ އެވޯރޑް ނައިޓްގައި ފެތުންތެރިންނަށް މިޝަރަފް އެރުވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އިރުތިޝާމް އިބުރާޙީމެވެ.

މި ރަސްމިއްޔާތުގައި ޤައުމީ ރެކޯރޑް އާކުރި ފެތުންތެރިންނަށާއި، ދިވެހިރާއްޖެއަށް ސަރަޙައްދީ މުބާރާތްތަކުގައި ރާއްޖެއަށް ރީތިނަން ހޯދައިދީ، މެޑަލް ހޯދައިދިންފެތުންތެރިންނަށާއި، އެފެތުންތެރިންގެ ކޯޗުންގެ އަގު ވަނީ ވަޒަންކޮށްފައެވެ.


our sponsors and partners

ވޭތުވެދިޔަ 2016 ވަނަ އަހަރުގެ މޮޅު ފެތުންތެރިންގެ މަޤާމަށް އަޝްރަފް އަދި ޝަޖަން
read more

ޖެހިޖެހިގެން ތިންވަނަފަހަރަށް ނިއުލެގޫންސް ސްވިމިންގ ކްލަބުން ޗެމްޕިއަންކަން

new lagoons swimming club

މަކީޓާ، ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ޖެހިޖެހިގެން 3 ވަނަ ފަހަރަށް ނިއުލެގޫންސް ސްވިމިންގ ކްލަބުން ހޯދައިފިއެވެ. 2015، 2016 އަދި 2017 ވަނަ އަހަރު ޤައުމީ ފެތުމުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ނިއުލެގޫންސް ވަނީ ފުރަތަމަ ފަހަރަށް މި ތަށި މިލްކު ކުރި ކްލަބްގެ މަޤާމް ހޯދައިފައެވެ.

މި މުބާރާތުގެ ޚާއްސަ ވަނަތައް:

ޓީމް ކެޓަކަރީ:

Name Gender Place
New Lagoon Swimming Club Female Champion Team
New Lagoon Swimming Club Male Champion Team
Maldives Lifeguard Association Female Runner-up Team
Victory Sports Club Male Runner-up Team
Victory Sports Club Female Second Runner-up Team
Maldives Lifeguard Association Male Second Runner-up Team

އޯޕަން ކެޓަގަރީ:

Name Gender Age Group Rank
Hawwa Rasheeda Female Masters First Place
Aminath Shajan Female Over 14 First Place
Aishath Aini Abdul Hameed Female Under 12 First Place
Hamna Ahmed Female Under 14 First Place
Ahmed Firass Afeef Male Masters First Place
Mubal Azzam Ibrahim Male Over 14 First Place
Ahmed Alaan Ali Male Under 12 First Place
Hussain Haaish Hassan Male Under 14 First Place
Khadeeja Easa Fulhu Female Masters Second Place
Aishath Sajina Female Over 14 Second Place
Aishath Saha Nasheed Female Under 12 Second Place
Aminath Rafaha Ramiz Female Under 14 Second Place
Ali Shareef Male Masters Second Place
Hassan Ashraf Male Over 14 Second Place
Ahmed Haaim Hassan Male Under 12 Second Place
Hassan Zain Male Under 14 Second Place
Azleena Rasheed Female Masters Third Place
Aishath Sausan Female Over 14 Third Place
Iyaan Ahmed Female Under 12 Third Place
Fathimath Rafha Ramiz Female Under 14 Third Place
Mohamed Zahid Male Masters Third Place
Ali Imaan Male Over 14 Third Place
Yoosuf Nuhaik Naseem Male Under 12 Third Place
Mohamed Aan Hussain Male Under 14 Third Place

our sponsors and partners

ޖެހިޖެހިގެން ތިންވަނަފަހަރަށް ނިއުލެގޫންސް ސްވިމިންގ ކްލަބުން ޗެމްޕިއަންކަން
read more

އެކާވީސް ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން (މެލޭޝިއާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

noa session malaysia 2015 (photo by: maldives olympic committee)

2017 ވަނަ އަހަރު މެލޭޝިއާގެ ނެޝަނަލް އޮލިމްޕިކް އެކަޑަމީ އިން އިންތިޒާމް ކޮށްގެން ކުއަލަ ލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 21 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2017 ގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ފޮނުވާ 1 އަންހެން އަދި 1 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 1 އަންހެން އަދި 1 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 26 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 14:00ގެ ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 21 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2017 (މެލޭޝިއާ)
    ބޭއްވޭ ތަން: ކުއަލަ ލަމްޕޫރު (މެލޭޝިއާ)
    ބޭއްވޭޭ ތާރީޚް: 2017 ޑިސެމްބަރ 11 ން 15 އަށް

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (30 އޮގަސްޓް 2018 ގެ ނިޔަލަށް މުއްދަތުހަމަނުވާ).

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 25 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުގެ ބޭފުޅެއްކަމުގައިވުން. (2017 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހަށް 25 އަހަރު ފުރި 35 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި ބޭފުޅެއްކަމުގައިވުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަންގައި ބައިވެރިވެފައިވާ ފަރާތެއްކަމުގައިނުވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހުން.

our sponsors and partners

އެކާވީސް ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން (މެލޭޝިއާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

ޤައުމީ ސީނިއަރ އަދި ޖޫނިއަރ ސްކޮޑްގެ ޓްރަޔަލް 2017

2018 ވަނަ އަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްތަކަށް ފެތުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްސް މި ނޮވެމްބަރ މަހުގެ 28 އަދި 29 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި ޓްރަޔަލްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2017 ނޮވެމްބަރ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

ޤަވައިދު: ލިންކް

ބައިވެރިވާން އެދޭ ފޯރމް:

ބައިވެރިވުމުގެ ސުންގަޑި: 26 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 14:00

ޓްރަޔަލް ބޭއްވުމަށް ހަމަޖެހިފައިވާ ވެނޫ: ބޭންކް އޮފް މޯލްޑިވްސް މާލޭ ސްވިމިންގ ޓްރެކް

our sponsors and partners

ޤައުމީ ސީނިއަރ އަދި ޖޫނިއަރ ސްކޮޑްގެ ޓްރަޔަލް 2017
read more

ހއ.ދިއްދޫގައި ބޭއްވޭ ފީނާ އޯޕަންވޯޓަރ ސްވިމިންގ ކޯޗަސް ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ، ފީނާ އިން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީނާ އޯޕަން ވޯޓަރ ސްވިމިންގ ބޭސިކް ކޯޗިންގ ކްލިނިކް 2017 އޮކްޓޯބަރ 26 ން 31 އަށް ހއ.ދިއްދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފީނާގެ މި ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، މި ކްލިނިކްގައި ބައިވެރިވާން އެދޭފަރާތްތަކުން 25 އޮކްޓޯބަރ 2017 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އޮންލައިން ފޯރމް ފުރިހަމަ ކުރުމަށްފަހު ސަބްމިޓްކުރެއްވުން އެދެމެވެ.

  • ކްލިނިކްގެ ނަން: ފީނާ އޯޕަން ވޯޓަރ ބޭސިކް ކޯޗިންގ ކްލިނިކް
  • ކްލިނިކް ބޭއްވޭ ތާރީޚް: 26 ން 31 އޮކްޓޯބަރ 2017 އަށް، ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 12:00 އަށް އަދި ހަވީރު 16:00 ން 18:00 އަށް.
  • ސެމިނަރ ބޭއްވޭ ތަން: ހއ.ދިއްދޫ
  • ބައިވެރިވުމުގެ ފީ: ހިލޭ
  • އެކޮމޮޑޭޝަން އަދި ޓްރާންސްޕޮރޓޭޝަން ހަމަޖައްސަން ވާނީ އެބައިވެރިޔަކު އަމިއްލަޔަށެވެ.

ސެމިނަރގައި ބައިވެރިވުމުގެ ޝަރުތު:

  • 16 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  • އިނގިރޭސިބަހުން ރަނގަޅަށް ލިޔަން، ކިޔަން އަދި ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
  • ރަނގަޅަށް ފަތަން އިނގޭ މީހެއްކަމުގައިވުން.

ބައިވެރިވުމަށް އެދި ހުށަހަޅާ ފޯރމް: https://goo.gl/forms/NgRmWqonYIZ8LPvB3

our sponsors and partners

ހއ.ދިއްދޫގައި ބޭއްވޭ ފީނާ އޯޕަންވޯޓަރ ސްވިމިންގ ކޯޗަސް ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު
read more

މަކީޓާ، ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތް ނޮވެމްބަރ 19 ން 25 އަށް

މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ މަކީޓާ، ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތް 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 19 ން 25 ށް ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ކްލަބްތަކުން ވާދަކުރާ ޓީމް ކެޓަގަރީ އާއި، އޯޕަން ކެޓަގަރީގައި ވާދަކުރާ އުމުރުފުރާ ކެޓަގަރީތަކުގެ އިތުރުން މާސްޓަރސް އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުޅުވާލައިގެން ބޭއްވޭ ކެޓަގަރީތައް ހިމެނޭނެއެވެ.

މި މުބާރާތުގައި ބޭއްވޭ ކެޓަގަރީތައް (ކޮންމެ ކެޓަގަރީއެއްގައިވެސް އަންހެން އަދި ފިރިހެން އިވެންޓްތައް ކުރިއަށްދާނެއެވެ.)

  • 12 އަހަރުން ދަށް
  • 14 އަހަރުން ދަށް
  • 14 އަހަރުން މަތި
  • މާސްޓަރސް ކެޓަގަރީ
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ

މިމުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް:

ޓީމް ކެޓަގަރީ

Event 50M 100M 200M 400M
Freestyle
Backstroke
Breaststroke
Butterfly
Individual Medley
Freestyle Relay 4 x 50m 4 x 100m
Medley Relay 4 x 50m 4 x 100m

އޯޕަން ކެޓަގަރީ

 

Event Under 12 Under 14 Over 14 Masters SEN
50m Freestyle
50m Backstroke
50m Breaststroke
50m  Butterfly
100m Freestyle
100m Backstroke
100m Breaststroke
100m  Butterfly
200m Freestyle
200m Individual Medley
400m Freestyle
Total Event 11 11 11 5 3

މަކީޓާ، ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތް 2017
Makita 42nd National Swimming Competition 2017

މުބާރާތް ބާއްވާ ތަން: ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކް

މުބާރާތް ބާއްވާ ތާރީޚް: 19 ން 25 ނޮވެމްބަރ 2017

މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 5 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން

މުބާރާތުގެ ޤަވައިދު: ލިންކް

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި އިތުރު މަޢުލޫމާތު: ލިންކް

މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިއެސޯސިއޭޝަނާއި ގުޅުއްވުން އެދެމެވެ.

ފޯނު: 3323429

ފެކްސް: 3314206

އީމެއިލް: info@swimming.org.mv

our sponsors and partners

މަކީޓާ، ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތް ނޮވެމްބަރ 19 ން 25 އަށް
read more

ޤައުމީ 6 ރެކޯރޑެއް އައުކޮށްފި

athletes aimg2017

މިހާރު ތުރުކަމިނިސްތާނުގައި ހިނގަމުންދާ 5 ވަނަ އޭޝިއަން އިންޑޯރ އެންޑް މާޝަލް އާރޓްސް ގޭމްސްގައި ދިވެހި ފެތުންތެރިން ޤައުމީ 6 ރެކޯރޑެއް އައުކޮށްފިއެވެ.

ފިރިހެންނުންގެ 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފައިވަނީ 02:35.51 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2008 ވަނައަހަރު މެންޗެސްޓަރގައި ބޭއްވުނު 9 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 02:46.64 އިން ރޭސް ފުރިހަމަކޮށްގެން މުޙައްމަދު ރާއިދު ޢަލީ އެވެ.

ފިރިހެންނުންގެ 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފައިވަނީ 01:10.13 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2014 ވަނައަހަރު ދޯހާގައި ބޭއްވުނު 12 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 01:10.77 އިން ރޭސް ފުރިހަމަކޮށްގެން މުޙައްމަދު މުޢުތަސިމް އަދުނާނެވެ.

އަންހެނުންގެ 100 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސާޖިނާ އައުކޮށްފައިވަނީ 01:27.53 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2005 ވަނައަހަރު ތައިލަންޑް ބޭއްވުނު 1 ވަނަ އޭޝިއަން އިންޑޯރ ގޭމްސްގައި 01:36.47 އިން ރޭސް ފުރިހަމަކޮށްގެން މަރިޔަމް ނަފްޙާ ޢަލީ އެވެ.

އަންހެނުންގެ 50 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސާޖިނާ އައުކޮށްފައިވަނީ 00:40.25 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2005 ވަނައަހަރު ތައިލަންޑް ބޭއްވުނު 1 ވަނަ އޭޝިއަން އިންޑޯރ ގޭމްސްގައި 00:42.21 އިން ރޭސް ފުރިހަމަކޮށްގެން މަރިޔަމް ނަފްޙާ ޢަލީ އެވެ.

އަންހެނުންގެ 50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސައުސަން އައުކޮށްފައިވަނީ 00:34.02 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީވެސް ސައުސަން އެވެ. އެއީ 2016 ވަނައަހަރު ކެނެޑާގައި ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00:34.29 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ފިރިހެނުންގެ 50 މީޓަރ ބެކް ސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އަލީ އިމްމާން އައުކޮށްފައިވަނީ 00:31.28 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2010 ވަނައަހަރު ޑުބާއީގައި ބޭއްވުނު 10 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00:34.04 އިން ރޭސް ފުރިހަމަކޮށްގެން ޙަސަން އިނާޔަތެވެ.

ގިނަ ޤައުމީ ރެކޯރޑްތަކެއް ތަފާތުބޮޑު ނަތީޖާއަކުން އައުކޮށް، ދިވެހި ފެތުންތެރިންވަނީ ވަރަށްބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. މިމުބާރާތުގައި ދިވެހިރާއްޖެ ތަމްޞީލްކުރަނީ މުބާލް އަޢްޒާމް އިބްރާޙީމް، ޢަލީ އިންމާން، ޙަސަން އަޝްރަފް، އައިޝަތު ސައުސަން، އައިޝަތު ސާޖިނާ އަދި އައިމިނަތު ޝަޖަން އެވެ. މީގެ އިތުރުން ސްވިމިންގ ޓީމާއި ޙަވާލުވެގެން ގޮސްފައިވަނީ ޤައުމީ ހެޑްކޯޗު އިބްރާޙީމް މޫސާ އައި މެނޭޖަރެއްގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ޙަސަން ސިރާރު އެވެ.

our sponsors and partners

ޤައުމީ 6 ރެކޯރޑެއް އައުކޮށްފި
read more

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ބާއްވާ ކުޅިވަރުގެ ހިންގުންތެރިން ބިނާކުރުމުގެ އަސާސީ ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

sports administrator’s course 2016, photo by: maldives olympic committee

އޮލިމްޕިކް ސޮލިޑާރިޓީއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން 2017 ސެޕްޓެމްބަރ 27 ން 30 އަށްމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ‘ކުޅިވަރުގެ ހިންގުންތެރިން ބިނާކުރުމުގެ އަސާސީ ކޯސް’ ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މިއެސޯސިއޭޝަނަށް ވަނީ ލިބިފައެވެ. ވީމާ، މިކޯހުގައި ބައވެރިވުމަށް އެދޭފަރާތްތަކުން ތިރީގައިވާ އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު 7 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ސަބްމިޓްކުރެއްވުމަށް ދަންނަވަމެވެ.

ކޯހުގެ މަޤްސަދު: ކުޅިވަރު ހިންގުމުގެ ދާއިރާގައި ޚަރަކާތްތެރިވާ ބޭފުޅުންނަށް އެރޮނގުން އިތުރު ކުރިއެރުންތަކެއް ޙާސިލްކޮށްދިނުމާއި، ކުޅިވަރު ޢިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، ފަސޭހަކަމާއިއެކު މެނޭޖުކުރުމަށް ދަސްކޮށްދިނުމާއި، ކުޅިވަރު ހިންގުންތެރިން ކިބައިގައި ފަންނުވެރިކަށް ހަރުދަނާކޮށް، އިދާރީ ހުނަރު އަށަގެންނެވުމާއި އެކު، ކުޅިވަރު ޚަރަކާތްތަކަށް ފަންޑު ހޯދުމާއި ހިންގުމުގައި ރޭވުންތެރިކަމުގެ ހުނަރު އިތުރުކުރުމެވެ.

ކޯހުގެ ނަން: ކުޅިވަރުގެ ހިންގުންތެރިން ބިނާކުރުމުގެ އަސާސީ ކޯސް

ކޯހުގެ ތާރީޚް: 27 ން 30 ސެޕްޓެމްބަރ 2017

ކޯހުގެ ފީ: ހިލޭ

ކޯހުގައި ކިޔަވައިދޭ ބައިތައް:

  • އޮލިމްޕިކް މޫވްމަންޓް
  • މުޖްތަމަޢުއަކަށް ކުޅިވަރުގެ މުޙިއްމުކަން
  • ކުޅިވަރުގެ އަޚްލާޤް
  • ކުޅިވަރުގެ ސުލޫކީ މިންގަނޑުތައް
  • ކުޅިވަރުގެ ޢިދާރީ ހިންގުމުގެ ޢުސޫލީ މިންގަނޑު
  • ޖަލްސާ އަދި ބައްދަލުވުން
  • ބަޖެޓާއި ފައިސާ ބެލެހެއްޓުން
  • އާމްދަނީ ހޯދޭނެ ގޮތް
  • މުޢާމަލާތްތައް ހިންގާނެ ގޮތް

ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް ލިންކް: Application Form

ކޯހާއިބެހޭ އިތުރު މަޢުލޫމާތު: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، 3346640

our sponsors and partners

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ބާއްވާ ކުޅިވަރުގެ ހިންގުންތެރިން ބިނާކުރުމުގެ އަސާސީ ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު
read more

އައްޑޫ ސިޓީ، ސްކޫލް ކުދިންގެ ފެތުމުގެ 3 ވަނަ މުބާރާތް އަދި 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ސެޕްޓެމްބަރ 8 ވަނަ ދުވަހު

މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ އައްޑޫ ސިޓީ، ސްކޫލްކުދިންގެ 4 ވަނަ ފެތުމުގެ މުބާރާތް 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ން 15 އަށް އަދި އައްޑޫ ސިޓީ 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ސެޕްޓެމްބަރ 8 އަދި 9 ގައި، ހިތަދޫ ސްވިމިންގ ޓްރެކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލެވިގެން އައްޑޫ ސިޓީގައި ބޭއްވޭ މުބާރާތެކެވެ.

މި މުބާރާތުގައި އަންނަނިވި އުމުރުފުރާތަކާއި، ކެޓަގަރީތަކުގެ އަންހެން އަދި ފިރިހެން ކެޓަގަރީތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  • 6 އަހަރުންދަށް (ކިޑްސް ސްވިމިންގ ފެސްޓިވަލް)
  • 8 އަހަރުންދަށް (ކިޑްސް ސްވިމިންގ ފެސްޓިވަލް)
  • 10 އަހަރުންދަށް (ކިޑްސް ސްވިމިންގ ފެސްޓިވަލް)
  • 12 އަހަރުން ދަށް
  • 14 އަހަރުން ދަށް
  • 16 އަހަރުން ދަށް
  • 19 އަހަރުން ދަށް
  • ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީ

އައްޑޫ ސިޓީ، ސްކޫލްކުދިންގެ 3 ވަނަ ފެތުމުގެ މުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް:

Event SEN Under 12 Under 14 Under 16 Under 19
25m Freestyle
25m Backstroke
25m Breaststroke
25m Butterfly
50m Freestyle
50m Backstroke
50m Breaststroke
50m  Butterfly
100m Freestyle
100m Backstroke
100m Breaststroke
100m  Butterfly
100m Individual Medley
200m Individual Medley
4x25m. Freestyle Relay
4x25m. Medley Relay
4x25m. Freestyle Mix Relay
4x50m. Freestyle Relay
4x50m. Medley Relay
4x100m. Freestyle Relay

 

އައްޑޫ ސިޓީ 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލްގެ އިވެންޓްތައް:

Event Under 6 Under 8 Under 10
25m Flutter Kick
50m  Flutter Kick
25m Freestyle
25m Backstroke
25m Breaststroke
25m Fly
4x25m. Freestyle Relay
4x25m. Freestyle Mix Relay
Total Event (with Relay) 5 6 6

 

މުބާރާތުގެ ނަން: އައްޑޫ ސިޓީ ސްކޫލްކުދިންގެ 3 ވަނަފެތުމުގެ މުބާރާތް
Addu City 3rd Inter School Swimming Competition

މުބާރާތް ބާއްވާ ތަން: ހިތަދޫ ސްވިމިންގ ޓްރެކް

މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 30 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 14:00 އަށް.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި އިތުރު މަޢުލޫމާތު: ލިންކް

މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިއެސޯސިއޭޝަނާއި ގުޅުއްވުން އެދެމެވެ.

ފޯނު: 3323429

ފެކްސް: 3314206

އީމެއިލް: info@swimming.org.mv

our sponsors and partners

އައްޑޫ ސިޓީ، ސްކޫލް ކުދިންގެ ފެތުމުގެ 3 ވަނަ މުބާރާތް އަދި 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ސެޕްޓެމްބަރ 8 ވަނަ ދުވަހު
read more

ފަންސަވީސް ސިކުންތުގެ ކުރިއެރުމަކާއިއެކު ހަތަރުސަތޭކަ މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި

ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 17 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި، 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް މުބާލް ޢައްޒާމް އިބްރާޙީމް އައުކޮށްފިއެވެ. މިއިވެންޓްގެ ޤައުމީރެކޯޑް މުބާލް އައުކޮށްފައިވަނީ 05:48.11 އިން ރޭސްފުރިހަމަކޮށްގެންނެވެ. މިއީ 25.46 ސިކުންތުގެ ކުރިއެރުމެކެވެ.

400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓް ދިވެހި ފެތުންތެރިއެއް އެންމެ އަވަހަށް ނިންމާފައިވަނީ 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި 9 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައެވެ. އެއީ 06:13.57 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިމަހު 14 ވަނަ ދުވަހު ބުޑަޕެސްޓްގައި ފެށި 17 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސް ގައި ރާއްޖެ ތަމްސީލުރަނީ މުބާލް ޢައްޒާމް އިބުރާޙީމް އާއި، އިސްމާޢީލް މުޢުތަސިމް އަދުނާން އާއި އައިމިނަތު ޝަޖަން އަދި އައިޝަތު ސާޖިނާ އެވެ. ކޯޗުގެ ގޮތުގައި އިބްރާޙީމް މޫސާ އަދި ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި ފިޓް ފޮރ ލައިފް ގެ ފަރާތުން މުޙައްމަދު ފަޔާޒު ޢަލީ ރިޒާ (ފިއްޓެ) ވަނީ ބައިވެރިވެފައެވެ. އަދި ޓީމުގެ މެނޭޖަރެއްގެ ގޮތުގައި އެސޯސިއޭޝަނުގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު ވަނީ ބައިވެރިވެފައެވެ.


our sponsors and partners

ފަންސަވީސް ސިކުންތުގެ ކުރިއެރުމަކާއިއެކު ހަތަރުސަތޭކަ މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި
read more

ސާޅީސް ހަތަރު ސިކުންތުގެ ކުރިއެރުމަކާއި އެކު ހަތަރެއް ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި

ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 17 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި، 4 ގުނަ 100 މީޓަރު ފްރީ ސްޓައިލް މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑް 44.52 ސިކުންތުގެ ކުރިއެރުމަކާއި އެކު އައުކޮށްފިއެވެ. މިއިވެންޓްގެ ޤައުމީރެކޯޑް އައުކޮށްފައިވަނީ 04:31.24 އިން ރޭސްފުރިހަމަކޮށްގެންނެވެ. ރިކޯރޑް އާކުރި މި ރިލޭގައި ފަތާފައިވަނީ މުބާލް ޢައްޒާމް އިބުރާޙީމް އާއި، އިސްމާޢީލް މުޢުތަސިމް އަދުނާން އާއި އައިމިނަތު ޝަޖަން އަދި އައިޝަތު ސާޖިނާ އެވެ.

މިއިވެންޓްގެ ޤައުމީ ރެކޯރޑަކީ 2016 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސް ގައި ދިވެހި ޓީމް ފަތާފައިވާ 05:15.76 ގެ ވަގުތެވެ.


our sponsors and partners

ސާޅީސް ހަތަރު ސިކުންތުގެ ކުރިއެރުމަކާއި އެކު ހަތަރެއް ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި
read more

ނުވަދިހަ ނުވަ ޓީމާއިއެކު މަކީޓާ، އިންޓަރ ސްކޫލް ފެތުމުގެ 15 ވަނަ މުބާރާތް އަދި 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ފަށައިފި

މަކީޓާ، އިންޓަރ ސްކޫލް ފެތުމުގެ 15 ވަނަ މުބާރާތް އަދި 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކްގައި މިއަދު ފަށައިފިއެވެ. އޮގަސްޓް 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ދެމުބާރާތުގެ ތެރެއިން މަކީޓާ، އިންޓަރ ސްކޫލް ފެތުމުގެ 15 ވަނަ މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ އެސް.ޓީ.އޯގެ ފަރާތުން ދިވެހިރާއްޖޭގައި މާރކެޓްކޮށް ޑިސްޓްރިބިއުޓްކުރާ މަކީޓާ ޕަވަރ ޓޫލްސް ގެ ފަރާތުންނެވެ. މި ދެމުބާރާތުގެ ޑްރިންކްްސް ޕާރޓަނަރ އެއްގޮތުގައި ހަމަޖައްސާފައިވަނީ 100 ޕްލަސް އައިސޮނޮޓިކް ޑްރިންކްސް އެވެ.

މަކީޓާ، އިންޓަރ ސްކޫލް ފެތުމުގެ 15 ވަނަ މުބާރާތުގައި ވާދަކުރާ 15 ސްކޫލުން އަދި 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލްގައި ވާދަކުރާ 13 ސްކޫލުން ޖުމްލަ 424 ފެތުންތެރިނާއިއެކު އެކި އުމުރުފުރާގެ އަންހެން އަދި ފިރިހެން 99 ޓީމް ވަނީ ބައިވެރިކޮށްފައެވެ. މި މުބާރާތުގައި 234 އިވެންޓް ކުރިއަށްދާނެއެވެ.

މި މުބާރާތުގެ ނަތީޖާ އަދި ކުރިއަށް ހުރި އިވެންޓްތަކުގެ މަޢުލޫމާތު: މުބާރާތުގެ ވެބް ޕޭޖް


our sponsors and partners

ނުވަދިހަ ނުވަ ޓީމާއިއެކު މަކީޓާ، އިންޓަރ ސްކޫލް ފެތުމުގެ 15 ވަނަ މުބާރާތް އަދި 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ފަށައިފި
read more

ހަތަރެއް ގުނަ 100 މީޓަރ މިޑްލޭ މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި

ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 17 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި، 4 ގުނަ 100 މީޓަރު މެޑްލޭ މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑް އައުކޮށްފިއެވެ. މިއިވެންޓްގެ ޤައުމީރެކޯޑް އައުކޮށްފައިވަނީ 05:07.35 އިން ރޭސްފުރިހަމަކޮށްގެންނެވެ. ރިކޯރޑް އާކުރި މި ރިލޭގައި ފަތާފައިވަނީ މުބާލް ޢައްޒާމް އިބުރާޙީމް އާއި، އިސްމާޢީލް މުޢުތަސިމް އަދުނާން އާއި އައިމިނަތު ޝަޖަން އަދި އައިޝަތު ސާޖިނާ އެވެ.

މިއިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސް ގައެވެ. މިދިޔަ އަހަރު ބޭއްވުނު މި މުބާރާތުގައި 4 ގުނަ 100 މީޓަރު މެޑްލޭ މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފައިވަނީ 05:26.02 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ހަތަރެއް ގުނަ 100 މީޓަރ މިޑްލޭ މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި
read more

ހަތަރުސަތޭކަ މީޓަރ ފްރީ ސްޓައިލްގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި

ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 17 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި،  400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް މުބާލް ޢައްޒާމް އިބްރާޙީމް އައުކޮށްފިއެވެ. މިއިވެންޓްގެ ޤައުމީރެކޯޑް މުބާލް އައުކޮށްފައިވަނީ 04:51.57 އިން ރޭސްފުރިހަމަކޮށްގެންނެވެ.

400 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ އިސްމާޢީލް މުޢުތަސިމް އަދުނާނެވެ. އެއީ 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި 9 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި 05:00.65 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިމަހު 14 ވަނަ ދުވަހު ބުޑަޕެސްޓްގައި ފެށި 17 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސް ގައި ރާއްޖެ ތަމްސީލުރަނީ މުބާލް ޢައްޒާމް އިބުރާޙީމް އާއި، އިސްމާޢީލް މުޢުތަސިމް އަދުނާން އާއި އައިމިނަތު ޝަޖަން އަދި އައިޝަތު ސާޖިނާ އެވެ.


our sponsors and partners

ހަތަރުސަތޭކަ މީޓަރ ފްރީ ސްޓައިލްގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި
read more

ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާ ޓީމް ބުޑަޕެސްޓަށް

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ، ފީނާ އިން ހަންގޭރީގެ ބުޑަޕެސްޓްގައި ބާއްވާ 17 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ދިވެހިރާއްޖެ ތަމްޞީލްކުރާ ފެތުންތެރިން ބުޑަޕެސްޓަށް ދިޔުމަށްޓަކައި ފުރައިފިއެވެ. ސްރީލަންކާގައި ކޭމްޕް ކުރުމަށްފަހު ދިވެހި ޓީމް ފުރާފައިވަނީ ސްރީލަންކާއިންނެވެ.

މިމުބާރާތުގައި ދިވެހިރާއްޖެ ތަމްޞީލްކުރާނީ އިސްމާޢީލް މުޢުތަސިމް އަދުނާނު އާއި، މުބާލް ޢައްޒާމް އިބުރާޙީމް އާއި، އައިޝަތު ސާޖިނާ އަދި އާމިނަތު ޝަޖަންއެވެ. ޓީމް މެނޭޖަރެއްގެ ގޮތުގައި އެސޯސިއޭޝަންގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު ދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ޓީމްގެ ކޯޗެއްގެ ގޮތުން އިބްރާޙީމް މޫސާ އަދި ޓީމްގެ ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި ފިޓް4ލައިފް ގެ ފަރާތުން މުޙައްމަދު ފަޔާޒު ޢަލީ ރިޒާ (ފިއްޓެ) ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިޓީމް ގެ އިވެންޓްތައް:

  • އިސްމާޢީލް މުޢުތަސިމް އަދުނާން: 50 މީޓަރ އަދި 100 މީޓަރ ފްރީސްޓައިލް
  • މުބާލް ޢައްޒާމް އިބުރާޙީމް: 400 މީޓަރ ފްރީސްޓައިލް އަދި 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ
  • އައިޝަތު ސާޖިނާ: 50 މީޓަރ 100 މީޓަރ ބްރެސްޓްސްޓްރޯކް
  • އާމިނަތު ޝަޖަން: 50 މީޓަރ އަދި 100 މީޓަރ ފްރީސްޓައިލް
  • ޓީމް އިވެންޓް: 4 ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭ އަދި 4 ގުނަ 100 މީޓަރ މިކްސްޑް މެޑްލޭ ރިލޭ

ދިވެހި ޓީމް އެނބުރި އައުމަށް ހަމަޖެހިފައިވަނީ ޖުލައި 31 ވަނަ ދުވަހުއެވެ.


our sponsors and partners

ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާ ޓީމް ބުޑަޕެސްޓަށް
read more

ފީނާ އޯޕަން ވޯޓަރ ސްވިމިންގ ސްކޫލް ފޮރ އޮފިޝަލްސް ވޯރކްޝޮޕް ނިންމާލުން

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ، ފީނާ އިން ރާއްޖޭގައި ބޭއްވި ފީނާ އޯޕަން ވޯޓަރ ސްވިމިންގ ސްކޫލް ފޮރ އޮފިޝަލްސް 2017 ވޯރކްޝޮޕް ނިމި، މި ވޯރކްޝޮޕް ފުރިހަމަކުރި ފަރާތްތައް އިޢުލާނުކޮށްފިއެވެ. ޗަމްޕާ ސެންޓްރަލް ހޮޓެލްގެ ސެމިނަރ ރޫމްގައި ހިންގި މި ވޯރކްޝޮޕް 11 ފަރާތަކުން ވަނީ ފުރިހަމަކޮށްފައެވެ.

މި ވޯރކްޝޮޕް ހިންގައިދީފައިވަނީ ފީނާ ގެ ޓެކްނިކަލް އޯޕަންވޯޓަރ ސްވިމިންގ ކޮމެޓީގެ މެމްބަރ، ބިލް ފޯރޑްއެވެ.

ފީނާ އޯޕަން ވޯޓަރ ސްކޫލް ފޮރ އޮފިޝަލްސް 2017 ފުރިހަމަކުރި ބައިވެރިން.

  • މުޙައްމަދު ވިޝާމް
  • އަޙްމަދު ސޮބާޙް
  • މުޙައްމަދު ޔައިޝް ޙުސައިން
  • އިބްރާޙީމް މޫސާ
  • ފާރިޝް އިބްރާޙީމް
  • ލަލިތު ގަމަގެ (ސްރީލަންކާ)
  • އަޙްމަދު ރާޢިދު
  • މުޙައްމަދު ޝާރިފް

މިވޯރކްޝޮޕަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އޯޕަން ވޯޓަރ ސްވިމިންގ މުބާރާތްތައް އޮފިޝިއޭޓްކުރުމަށް އޮފިޝަލުން ތަމްރީންކުރުމުގެ ބޭނުމުގައި ފީނާ އިން ދިވެހިރާއްޖޭގައި ބޭއްވި ވޯރކްޝޮޕެކެވެ. މިއީ ފީނާގެ ފަރާތުން މިފަދަ ވޯރކްޝޮޕެއް ދިވެހިރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.


our sponsors and partners

ފީނާ އޯޕަން ވޯޓަރ ސްވިމިންގ ސްކޫލް ފޮރ އޮފިޝަލްސް ވޯރކްޝޮޕް ނިންމާލުން
read more

މަކީޓާ، ސްކޫލް ކުދިންގެ ފެތުމުގެ 15 ވަނަ މުބާރާތް ޖުލައި 28 ގައި

main sponsor

މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ މަކީޓާ، ސްކޫލް ކުދިންގެ ފެތުމުގެ 15 ވަނަ މުބާރާތް 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ން 3 އޮގަސްޓަށް އަދި 2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް 4 ން 5 އޮގަސްޓް 2017 އަށް، މާލޭ ސްވިމިންގ ޓްރެކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އިން ރާއްޖޭގައި މާރކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންގެންދާ މަކީޓާ ޕަވަރ ޓޫލްސް އިން ސްޕޮންސަރ ކޮށްފައިވާ، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލެވިގެން ބޭއްވޭ މުބާރާތެކެވެ.

މި މުބާރާތުގައި އަންނަނިވި އުމުރުފުރާތަކާއި، ކެޓަގަރީތަކުގެ އަންހެން އަދި ފިރިހެން ކެޓަގަރީތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  • 6 އަހަރުންދަށް (ކިޑްސް ސްވިމިންގ ފެސްޓިވަލް)
  • 8 އަހަރުންދަށް (ކިޑްސް ސްވިމިންގ ފެސްޓިވަލް)
  • 10 އަހަރުންދަށް (ކިޑްސް ސްވިމިންގ ފެސްޓިވަލް)
  • 12 އަހަރުން ދަށް
  • 14 އަހަރުން ދަށް
  • 16 އަހަރުން ދަށް
  • 19 އަހަރުން ދަށް
  • ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީ

މަކީޓާ، ސްކޫލް ކުދިންގެ ފެތުމުގެ 15 ވަނަ މުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް:

Event SEN Under 12 Under 14 Under 16 Under 19
25m Freestyle
25m Backstroke
25m Breaststroke
25m Butterfly
50m Freestyle
50m Backstroke
50m Breaststroke
50m  Butterfly
100m Freestyle
100m Backstroke
100m Breaststroke
100m  Butterfly
100m Individual Medley
200m Individual Medley
4x25m. Freestyle Relay
4x25m. Medley Relay
4x25m. Freestyle Mix Relay
4x50m. Freestyle Relay
4x50m. Medley Relay
4x100m. Freestyle Relay

 

2 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލްގެ އިވެންޓްތައް:

Event Under 6 Under 8 Under 10
25m Flutter Kick
50m  Flutter Kick
25m Freestyle
25m Backstroke
25m Breaststroke
25m Fly
4x25m. Freestyle Relay
4x25m. Freestyle Mix Relay
Total Event (with Relay) 5 6 6

 

މުބާރާތުގެ ނަން: މަކީޓާ، ސްކޫލް ކުދިންގެ ފެތުމުގެ 15 ވަނަ މުބާރާތް
Makita 15th Inter School Swimming Competition

މުބާރާތް ބާއްވާ ތަން: މާލޭ ސްވިމިންގ ޓްރެކް

މުބާރާތް ބާއްވާ ތާރީޚް: 2017 ޖުލައި 27 ން 5 އޮގަސްޓް އަށް

މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 23 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ 14:00

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި އިތުރު މަޢުލޫމާތު: ލިންކް

މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިއެސޯސިއޭޝަނާއި ގުޅުއްވުން އެދެމެވެ.

ފޯނު: 3323429

ފެކްސް: 3314206

އީމެއިލް: info@swimming.org.mv

our sponsors and partners

މަކީޓާ، ސްކޫލް ކުދިންގެ ފެތުމުގެ 15 ވަނަ މުބާރާތް ޖުލައި 28 ގައި
read more

ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާ ޓީމް ސްރީލަންކާގައި ކޭމްޕް ކޮށްފި

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ، ފީނާ އިން ހަންގޭރީގެ ބުޑަޕެސްޓްގައި ބާއްވާ 17 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ދިވެހިރާއްޖެ ތަމްޞީލްކުރާ ފެތުންތެރިން ސްރީލަންކާގައި ކޭމްޕް ކޮށްފިއެވެ. ސްރީލަންކާގެ ކްލަބެއް ކަމަށްވާ ރެއިންބޯ އެކުއަޓިކްސް އާއި ގުޅިގެން، އެ ކްލަބްގެ ހެޑްކޯޗު، ޖޫލިއަން ބޯލިންގގެ ބެލުމުގެ ދަށުން ކުރިއަށްގެންދެވޭ މި ކޭމްޕް ހިންގުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިވެހިރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ޓީމްގައި ހިމެނޭ ފެތުންތެރިންނަކީ އިސްމާޢީލް މުޢުތަސިމް އަދުނާނު އާއި، މުބާލް ޢައްޒާމް އިބުރާޙީމް އާއި، އައިޝަތު ސާޖިނާ އަދި އާމިނަތު ޝަޖަންއެވެ. ޓީމް މެނޭޖަރެއްގެ ގޮތުގައި އެސޯސިއޭޝަންގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު ދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ޓީމްގެ ކޯޗެއްގެ ގޮތުން އިބްރާޙީމް މޫސާ އަދި ޓީމްގެ ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި ފިޓް4ލައިފް ގެ ފަރާތުން މުޙައްމަދު ފަޔާޒު ޢަލީ ރިޒާ (ފިއްޓެ) ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ޓީމް ހަންގޭރީއަށް ފުރުމަށް ހަމަޖެހިފައިވަނީ ޖުލައި 19 ވަނަ ދުވަހު ސްރީލަންކާއިންނެވެ. އެނބުރި އައުމަށް ހަމަޖެހިފައިވަނީ ޖުލައި 31 ވަނަ ދުވަހުއެވެ.


our sponsors and partners

ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާ ޓީމް ސްރީލަންކާގައި ކޭމްޕް ކޮށްފި
read more

ފީނާ އޯޕަން ވޯޓަރ ސްވިމިންގ އޮފިޝަލް ސްކޫލްގައި ބައިވެރިވުމުގެ ފުރުޞަތު

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ، ފީނާ އިން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީނާ އޯޕަން ވޯޓަރ ސްވިމިންގ އޮފިޝަލް ޓްރެއިނިންގ ސްކޫލް 2017 ޖުލައި 2 އަދި 3 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިސެމިނަރ އަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އޯޕަން ވޯޓަރ ސްވިމިންގ މުބާރާތްތައް އޮފިޝިއޭޓްކުރުމަށް އޮފިޝަލުން ތަމްރީންކުރުމުގެ ބޭނުމުގައި ބޭއްވޭ ސެމިނަރ އެކެވެ.

ވީމާ، މި ސެމިނަރގައި ބައިވެރިވާން އެދޭފަރާތްތަކުން 13 ޖޫން 2017 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

  • ސެމިނަރގެ ނަން: ފީނާ އޯޕަން ވޯޓަރ ސްވިމިންގ އޮފިޝަލް ޓްރެއިނިންގ ސްކޫލް
  • ސެމިނަރ ބޭއްވޭ ތާރީޚް: 2 ން 3 ޖުލައި 2017، ކޮންމެ ދުވަހަކު ހެނދުނު 09:00 ން 17:00 އަށް
  • ސެމިނަރ ބޭއްވޭ ތަން: މާލެ
  • ސެމިނަރގައި ބައިވެރިވުމުގެ ޝަރުތު:
    • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
    • އިނގިރޭސިބަހުން ރަނގަޅަށް ލިޔަން، ކިޔަން އަދި ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
    • މިސެމިނަރގައި ބައިވެރިިވެ، އޯޕަން ވޯޓަރ ސްވިމިންގ މުބާރާތްތަކުގައި އޮފިޝަލެއްގެ ގޮތުގައި ޚަރަކާތްތެރިވެވޭނެ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއްކަމުގައިވުން.
  • ބައިވެރިވާން އެދޭ ފޯރމް: (ޑައުންލޯޑް ލިންކް)
  • ފޯރމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:
    • ނެޝަނަލް އައިޑެންޓިޓީ ކާރޑްގެ ކުލަ ކޮޕީއެއް.
    • ހުދު ބެކްގްރައުންޑެއްގައި ނަގާފައިވާ ޕާސްޕޯރޓް ސައިޒްގެ ފޮޓޯގަނޑެއް.

ބައިވެރިން ނެގުމުގައި ސްވިމިންގ އެސޯސިއޭޝަނަށް އޮފިޝަލުންގެ ގޮތުގައި ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.


our sponsors and partners

ފީނާ އޯޕަން ވޯޓަރ ސްވިމިންގ އޮފިޝަލް ސްކޫލްގައި ބައިވެރިވުމުގެ ފުރުޞަތު
read more

މަކީޓާ 15 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2017 މެއި 3 ން 6 އަށް

makita 15th swimming association championship 2017

މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ މަކީޓާ 15 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2017 ވަނަ އަހަރުގެ މެއި މަހުގެ 3 ން 6 އަށް ބީ.އެމް.އެލް ސްވިމިންގ ޓްރެކް، މާލެ، ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

main sponsor: makita

މި މުބާރާތުގައި އަންނަނިވި އުމުރުފުރާތަކާއި، ކެޓަގަރީތަކުގެ އަންހެން އަދި ފިރިހެން ކެޓަގަރީތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  • 10 އަހަރުން ދަށް
  • 12 އަހަރުން ދަށް
  • 14 އަހަރުން ދަށް
  • 16 އަހަރުން ދަށް
  • 16 އަހަރުން މަތި

މިމުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް:

Over 16 Under 16 Under 14 Under 12 Under 10 Events
        25m Freestyle
      25m Backstroke
      25m Breaststroke
      25m Butterfly
50m Freestyle
50m Backstroke
50m Breaststroke
50m Butterfly
  100m Freestyle
    100m Backstroke
    100m Breaststroke
    100m Butterfly
      100m Individual Medley
    200m Individual Medley
9 9 9 9 9 Total Event

މުބާރާތުގެ ނަން: މަކީޓާ 15 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2017
Makita 15th Swimming Association Championship 2017

މުބާރާތް ބާއްވާ ތަން: ބީ.އެމް.އެލް ސްވިމިންގ ޓްރެކް، މާލެ

މުބާރާތް ބާއްވާ ތާރީޚް: 2017 މެއި 3 ން 6 އަށް

މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 30 އެޕްރީލް 2017 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން

މުބާރާތުގެ ޤަވައިދު: ޑައުންލޯޑު ލިންކް

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް:


our sponsors and partners

މަކީޓާ 15 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2017 މެއި 3 ން 6 އަށް
read more

ސްވިމިންގ އެސޯސިއޭޝަނުގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ 25 އެޕްރީލް 2017 ގައި

މިއެސޯސިއޭޝަންގެ 2017 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 25 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ހ.ޝައިންޓްރީ، ނަންބަރ 5 ސެމިނަރ ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

2016 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާގެ ޔައުމިއްޔާއަށާއި، މިއެސޯސިއޭޝަނުގެ އަސާސީ ޤަވައިދަށް އެއްވެސް އިޞްލާޙެއް ހުށަހަޅަން ބޭނުންފުޅުނަމަ، 2017 ވަނަ އަހަރުގެ އެޕްރީލް މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރީން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

އެޖެންޑާ:

  1. ހާޒިރީ އަދި ރޯލްކޯލް
  2. ކީރިތި ޤުރުއާން ކިޔެވުން
  3. މަރުޙަބާ ދެންނެވުމާއި 2016 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް ހުށަހެޅުމާއި ފާސްކުރުން
  4. 2017 ވަނަ އަހަރު ހިންގާނެ ޚަރަކާތްތައް ހުށަހެޅުން
  5. 2017 ވަނަ އަހަރަށް ލަފާކުރެވިފައިވާ ބަޖެޓް ހުށަހަޅައި ފާސްކުރުން
  6. އެސޯސިއޭޝަނުގެ އަސާސީ ޤަވާޢިދަށް އިސްލާޙު ހުށަހެޅުމާއި ފާސްކުރުން
  7. މެންބަރުންގެ އިތުރު ޚިޔާލު.

ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވެމެވެ.


ސްވިމިންގ އެސޯސިއޭޝަންގެ އަސާސީ ޤަވަޢިދު: Asaasee Gavaidhu

ސްވިމިންގ އެސޯސިއޭޝަނުން 2017 ވަނަ އަހަރަށް އެކުލަވާލާފައިވާ ކަލަންޑަރު: Final Calendar 2017

2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ: Yaumiyya 2016

our sponsors and partners

ސްވިމިންގ އެސޯސިއޭޝަނުގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ 25 އެޕްރީލް 2017 ގައި
read more

ސްވިމިންގ އެސޯސިއޭޝަނުގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޚް ފަސްކުރުން

މިއެސޯސިއޭޝަންގެ 2017 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ ބާއްވާ ތާރީޚް ވަނީ ފަސްކޮސްފައެވެ. އަހަރީ އާންމު ޖަލްސާ ބޭއްވާނެ ތާރީޚް ފަހުން އިޢުލާނު ކުރެވޭނެ އެވެ.

ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެމްބަރުންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވަމެވެ.

our sponsors and partners

ސްވިމިންގ އެސޯސިއޭޝަނުގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޚް ފަސްކުރުން
read more

ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕް ފެތުމުގެ 2 ވަނަ މުބާރާތް ބާއްވާ ތާރީޚް ފަސްކުރުން

މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓް ކަޕް ފެތުމުގެ މުބާރާތުގެ ތާރީޚް 2017 އެޕްރީލް 4 ން 9 އަށް ވަނީ ބަދަލުކޮށްފައެވެ. ވީމާ މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި މި މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅާފައިވާ 6 ކްލަބްގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

މުބާރާތުގެ ނަން: ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓް ކަޕް ފެތުމުގެ މުބާރާތް 2
2nd Swimming Association President Cup

މުބާރާތް ބާއްވާ ތަން: މާލޭ ސްވިމިންގ ޓްރެކް

މުބާރާތް ބާއްވާ ތާރީޚް: 2017 އެޕްރީލް 4 ން 9 އަށް

މުބާރާތުގެ ޤަވައިދުޑައުންލޯޑް ކުރެއްވުމަށް

our sponsors and partners

ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕް ފެތުމުގެ 2 ވަނަ މުބާރާތް ބާއްވާ ތާރީޚް ފަސްކުރުން
read more

އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ރާއްޖެ ތަމްޞީލްކުރާ ފެތުންތެރިން ހޮވައިފި

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ފެތުންތެރިން ހޮވައިފިއެވެ. 2017 މެއި 12 ން 22 ށް އަޒަރުބައިޖާންގެ ބަކޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ފެތުންތެރިން ހޮވާފައިވަނީ މިކަމަށްޓަކައި ބޭއްވުނު ޓްރަޔަލްގެ ނަތީޖާއަށް ބެލުމަށްފަހުއެވެ.

މިމުބާރާތުގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ހޮވުނު ފެތުންތެރިން:

  • ނިޝްވާން އިބްރާޙީމް
  • ޙަސަން އަޝްރަފް
  • އައިމިނަތު ޝަޖަން

މިމުބާރާތުގެ ކޯޗެއްގެ ގޮތުގައި ޓީމާއި ޙަވާލުވެގެން ޤައުމީ ހެޑްކޯޗު އިބްރާޙީމް މޫސާ ދިޔުމަށް ހަމަޖެހިފައިވާއިރު، ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި މިއެސޯސިއޭޝަންގެ އޮފިޝަލް ޕްރީ އެންޑް ޕޯސްޓް ރީހެބް ޕާރޓްނަރ, ފިޓް4ލައިފްގެ ފަރާތުން މުޙައްމަދު ފަޔާޒު ޢަލީ ރިޒާ (ފިއްޓެ) ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ފެތުންތެރިން ހޮވުމަށް ބޭއްވި ޓްރަޔަލްގެ ޓައިމިންގތައް:

Name Length Stroke Time
Female
Aishath Sausan 100m Backstroke 01:24.27
Hamna Ahmed 100m Backstroke 01:32.95
Fathimath Zuha Ziyadh 100m Backstroke 01:40.69
Aishath Sausan 50m Backstroke 00:38.30
Hamna Ahmed 50m Backstroke 00:39.50
Aishath Zeeba Hamid 50m Backstroke 00:40.11
Aishath Hulva Khulail 50m Backstroke 00:40.96
Aminath Rafha Ramiz 50m Backstroke 00:43.56
Fathimath Zuha Ziyadh 50m Backstroke 00:43.90
Eema Mohamed Fahmee 50m Backstroke 00:44.74
Aminath Erum Saleem 50m Backstroke 00:44.80
Aishath Alaniya Aslam 50m Backstroke 00:46.21
Aishath Sajina 100m Breaststroke 01:30.70
Aishath Hulva Khulail 100m Breaststroke 01:31.85
Aminath Erum Saleem 100m Breaststroke 01:45.24
Aishath Zeeba Hamid 100m Breaststroke 01:45.36
Aishath Sajina 200m Breaststroke 03:45.87
Aishath Sajina 50m Breaststroke 00:41.02
Aishath Hulva Khulail 50m Breaststroke 00:41.89
Aishath Sausan 50m Breaststroke 00:46.49
Aishath Zeeba Hamid 50m Breaststroke 00:47.50
Aminath Erum Saleem 50m Breaststroke 00:47.60
Eema Mohamed Fahmee 50m Breaststroke 00:54.22
Eema Mohamed Fahmee 100m Butterfly 01:48.18
Aminath Shajan 50m Butterfly 00:36.16
Aflaak Taai’aa Binthi Suood 50m Butterfly 00:39.23
Hamna Ahmed 50m Butterfly 00:40.40
Eema Mohamed Fahmee 50m Butterfly 00:41.26
Aishath Hulva Khulail 50m Butterfly 00:41.49
Fathimath Rafaha Ramiz 50m Butterfly 00:42.27
Aminath Shajan 100m Freestyle 01:10.55
Aflaak Taai’aa Binthi Suood 100m Freestyle 01:17.55
Aminath Rafha Ramiz 100m Freestyle 01:22.13
Fathimath Rafaha Ramiz 100m Freestyle 01:23.78
Fathimath Zuha Ziyadh 100m Freestyle 01:25.29
Aishath Alaniya Aslam 100m Freestyle 01:25.91
Aishath Zeeba Hamid 100m Freestyle 01:26.19
Hamna Ahmed 200m Freestyle 02:46.85
Aminath Shajan 50m Freestyle 00:31.90
Aishath Sajina 50m Freestyle 00:32.22
Aishath Sausan 50m Freestyle 00:33.48
Hamna Ahmed 50m Freestyle 00:34.53
Aflaak Taai’aa Binthi Suood 50m Freestyle 00:35.21
Aishath Hulva Khulail 50m Freestyle 00:35.38
Aminath Erum Saleem 50m Freestyle 00:36.13
Aminath Rafha Ramiz 50m Freestyle 00:36.55
Aishath Alaniya Aslam 50m Freestyle 00:36.99
Aishath Zeeba Hamid 50m Freestyle 00:37.25
Eema Mohamed Fahmee 50m Freestyle 00:37.56
Fathimath Rafaha Ramiz 50m Freestyle 00:37.92
Fathimath Zuha Ziyadh 50m Freestyle 00:39.11
Male
Ali Imaan 100m Backstroke 01:13.42
Abdullah Aeham Mohamed 100m Backstroke 01:22.01
Hussain Haish Hassan 100m Backstroke 01:23.31
Ali Imaan 200m Backstroke 02:40.68
Ali Imaan 50m Backstroke 00:33.69
Abdullah Aeham Mohamed 50m Backstroke 00:33.88
Hussain Haish Hassan 50m Backstroke 00:34.83
Hassan Ashraf 100m Breaststroke 01:19.34
Muhammad Maan Hamid 100m Breaststroke 01:28.55
Hussain Haish Hassan 100m Breaststroke 01:33.35
Mohamed Nawwaf Hussain 100m Breaststroke 01:33.56
Hassan Ashraf 50m Breaststroke 00:33.58
Mubal Azzam Ibrahim 50m Breaststroke 00:36.50
Muhammad Maan Hamid 50m Breaststroke 00:39.81
Ahmed Maaniu Hussain 50m Breaststroke 00:40.12
Mohamed Nawwaf Hussain 50m Breaststroke 00:41.22
Hussain Haish Hassan 50m Breaststroke 00:43.64
Samooh Zahir 50m Breaststroke 00:43.79
Nishwan Ibrahim 100m Butterfly 00:59.97
Muhammad Maan Hamid 100m Butterfly 01:22.28
Mohamed Nazran Nazeer 50m Butterfly 00:30.62
Ahmed Maaniu Hussain 50m Butterfly 00:30.78
Abdullah Aeham Mohamed 50m Butterfly 00:31.84
Muhammad Maan Hamid 50m Butterfly 00:32.22
Samooh Zahir 50m Butterfly 00:35.17
Hassan Zain 50m Butterfly 00:35.57
Umar Ali Riyaz 50m Butterfly 00:36.27
Leevaan Abdul Saththar 50m Butterfly 00:36.72
Nishwan Ibrahim 100m Freestyle 00:55.78
Mubal Azzam Ibrahim 100m Freestyle 01:01.65
Ali Imaan 100m Freestyle 01:02.71
Mohamed Nazran Nazeer 100m Freestyle 01:03.35
Abdullah Aeham Mohamed 100m Freestyle 01:05.88
Hussain Haish Hassan 100m Freestyle 01:08.66
Samooh Zahir 100m Freestyle 01:10.18
Hassan Zain 100m Freestyle 01:10.61
Umar Ali Riyaz 100m Freestyle 01:10.85
Muhammad Maan Hamid 100m Freestyle 01:11.14
Leevaan Abdul Saththar 100m Freestyle 01:11.79
Mohamed Nawwaf Hussain 100m Freestyle 01:11.99
Ali Imaan 200m Freestyle 02:24.55
Umar Ali Riyaz 200m Freestyle 02:39.31
Muhammad Maan Hamid 200m Freestyle 02:41.08
Samooh Zahir 200m Freestyle 02:42.96
Hussain Haish Hassan 200m Freestyle 02:43.11
Nishwan Ibrahim 50m Freestyle 00:25.56
Abdullah Aeham Mohamed 50m Freestyle 00:27.55
Hassan Ashraf 50m Freestyle 00:27.92
Mohamed Nazran Nazeer 50m Freestyle 00:28.10
Mubal Azzam Ibrahim 50m Freestyle 00:28.18
Ali Imaan 50m Freestyle 00:28.51
Ahmed Maaniu Hussain 50m Freestyle 00:28.67
Samooh Zahir 50m Freestyle 00:30.41
Leevaan Abdul Saththar 50m Freestyle 00:30.95
Hassan Zain 50m Freestyle 00:31.61
Mohamed Nawwaf Hussain 50m Freestyle 00:31.84
Umar Ali Riyaz 50m Freestyle 00:31.97

 

ފެތުންތެރިންނަށް ލިބުނު ޕޮއިންޓް:

Name Total Points
Female
Aminath Shajan 1067
Aishath Sajina 1046
Aishath Hulva Khulail 919
Aishath Sausan 913
Hamna Ahmed 870
Aflaak Taai’aa Binthi Suood 809
Aishath Zeeba Hamid 726
Aminath Rafha Ramiz 699
Aminath Erum Saleem 695
Fathimath Rafaha Ramiz 645
Eema Mohamed Fahmee 630
Aishath Alaniya Aslam 627
Fathimath Zuha Ziyadh 620
Male
Nishwan Ibrahim 1714
Hassan Ashraf 1151
Mohamed Nazran Nazeer 1090
Mubal Azzam Ibrahim 1089
Ali Imaan 1050
Abdullah Aeham Mohamed 1034
Ahmed Maaniu Hussain 956
Muhammad Maan Hamid 816
Samooh Zahir 795
Hussain Haish Hassan 765
Umar Ali Riyaz 751
Hassan Zain 750
Leevaan Abdul Saththar 734
Mohamed Nawwaf Hussain 729
Muhammad Maan Hamid 685

our sponsors and partners

އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ރާއްޖެ ތަމްޞީލްކުރާ ފެތުންތެރިން ހޮވައިފި
read more

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީގެ ދަށުން ޔޫ.އެސް.އޭ ގެ ޔުނިވަރސިޓީ އޮފް ޑެލެވެއަރ ގައި ހިންގޭ ‘އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން އެކޮމިޓީގެ މެންބަރު ހުރިހާ ކުޅިވަރު އެސޯސިއޭޝަންއަށް ވަނީ ހުޅުވާލާފައެވެ.

ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:

  • ޕްރޮގްރާމްގެ ނަން: އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް
  • މަޢުލޫމާތު: ޔުނިވަރސިޓީގެ ވެބްސައިޓް.
  • ބޭއްވޭތަން: ޔޫ.އެސް.އޭ އަދި ސްވިޒަލޭންޑް
  • ފުރަތަމަ މޮޑިއުލްގެ ތާރީޚް: 16 ސެޕްޓެމްބަރ އިން 01 އޮކްޓޯބަރ 2017 އަށް ޔުނިވަރސިޓީ އޮފް ޑެލެވެއަރ ކެމްޕަސް ގައި
  • ދެވަނަ މޮޑިއުލްގެ ތާރީޚް: 01 ން 08 އޮކްޓޯބަރ 2017 އަށް ޑެޒިގްނޭޓެޑް އެޕްރެންޓީސްޝިޕް ސައިޓްތަކުގައި.
  • ތިންވަނަ މޮޑިއުލްގެ ތާރީޚް: 08 ން 20 އޮކްޓޯބަރ 2017 އަށް ޔޫ.އެސް.އޭ އޮލިމްޕިކް ޓްރެއިނިންގ ސެންޓަރުގައި.
  • ހަތަރުވަނަ މޮޑިއުލް: 26 އެޕްރީލް އިން 08 މެއި 2017 އަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ހެޑްކްއާޓަރސް (ލުޒޭން، ސްވިޒަލޭންޓް)
  • ޝަރުތު:
    1. ޤައުމީ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދެމުންދާ ކޯޗެއްކަމުގައިވުން.
    2. ކޯޗިންގެ ދާއިރާގައި މެދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަޢުލޫމާތު ސާފުކުރެއްވުމަށް: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، ފޯނު: 3346640، އީމެއިލް: info@nocmaldives.org

މިކޯހަށް ހޮވޭ ކޯޗުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުންނެވެ.

ސިޓީ ހުށަހަޅަންޖެހޭ ސުންގަޑި: 26 މާރޗް 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނުގެ އިދާރާއަށް.

ސިޓީ އާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ސީވީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

our sponsors and partners

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

އައި.އޯ.އޭ މާސްޓަރސް ޑިގްރީ ޕްރޮގްރާމް ސްކޮލަރޝިޕް ފުރުޞަތު

އިންޓަރނޭޝަނަލް އޮލިމްޕިކް އެކަޑަމީ އާއި ޔުނިވަރސިޓީ އޮފް ޕެލޮޕޮނީސް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މާސްޓަރސް ޑިގްރީ ޕްރޮގްރާމް ‘އޮލިމްޕިކް ސްޓަޑީޒް، އޮލިމްޕިކް އެޑިއުކޭޝަން، އޮގަނައިޒޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން އެކޮމިޓީގެ މެންބަރު ހުރިހާ ކުޅިވަރު އެސޯސިއޭޝަންއަށް ވަނީ ހުޅުވާލާފައެވެ.

މާސްޓަރސް ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:

  • ޕްރޮގްރާމްގެ ނަން: މާސްޓަރސް އިން އޮލިމްޕިކް ސްޓަޑީޒް، އޮލިމްޕިކް އެޑިއުކޭޝަން، އޮގަނައިޒޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް
  • ބޭއްވޭތަން: އޮލިމްޕިއާ، ގްރީސް
  • ފުރަތަމަ ސެމިސްޓަރގެ ތާރީޚް: 2017 ސެޕްޓެމްބަރ 14 އިން 16 ނޮވެމްބަރ އަށް.
  • ދެވަނަ ސެމިސްޓަރގެ ތާރީޚް: 2018 އެޕްރީލް 12 ން 15 ސެޕްޓެމްބަރ އަށް
  • ކޮލިފިކޭޝަން އަދި އިތުރު މަޢުލޫމާތު: [ފުރިހަމަ މަޢުލޫމާތު ތިރީގައި]
  • މަޢުލޫމާތު ސާފުކުރެއްވުމަށް: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، ފޯނު: 3346640، އީމެއިލް: info@nocmaldives.org

އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން އެކްސެޕްޓް ކުރާ ކެނޑިޑޭޓުންގެ ތެރެއިން އޮލިމްޕިކް ސޮލިޑާރިޓީއިން ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާ މި މާސްޓަރސް ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިކަން ހުންނަ މިއެސޯސިއޭޝަނުގެ މެންބަރުން، މިކަމަށް އެދި 26 މާރޗް 2017 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މިކަމަށް އެދި ސިޓީ ހުށަހެޅުއްވުން އެދެމެވެ.

ސިޓީ ހުށަހަޅަންޖެހޭ ސުންގަޑި: 26 މާރޗް 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން.

ސިޓީ އާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ސީވީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ
  • ސަރުކާރުގެ އިދާރާއަކުން އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • އެޕްލިކޭޝަން ފޯރމް

More Information About the Programme:

 

SUBJECT: CALL FOR APPLICATIONS FOR MASTER’S DEGREE PROGRAMME

The Department of Sports Organization and Management of the Faculty of Human Movement and Quality of Life Sciences of the University of Peloponnese with the support of the International Olympic Academy organizes for the Academic year of 2017-2018 the Master’s Degree Programme with the title “Olympic Studies, Olympic Education, Organization and Management of Olympic Events”.  The Master’s Degree Programme for the Olympic Studies constitutes an innovation in the Olympic Movement at an international level and is supported by the Olympic Solidarity (International Olympic Committee). The educational Programme is based on the three pillars of the Olympic Movement: Education, Sports and Culture, which constitute the foundation for Olympism and Olympic Pedagogy.  The philosophy of the Programme is consistent with the values of the Olympic movement for the diffusion of the Olympic ideal worldwide the promotion of knowledge and research in Olympic issues and global participation.

POSTGRADUATE TITLE

The Master’s degree Programme’s title is “Olympic Studies, Olympic Education, Organization and Management of Olympic Events” (MSc).

OBJECTIVES

  • The promotion of knowledge and research on issues of Olympic philosophy and education, organization and management of Olympic Games, big athletic events and in general Olympic and athletic studies.
  • To provide students with specialized knowledge at a postgraduate level 011 issues related to Olympic Studies as well as the necessary means for their academic, professional or research career.
  • To provide a specialized workforce that will organize and direct Olympic and athletic institutions, promote the growth of Programmes of Olympic education 011 an international level and that will contribute to the creation of a scientific background for the growth and organization of sports.

 APPLICATIONS

The following categories of students may be admitted to the Master’s Degree Programme; Bachelor degree holders from Greek and foreign Higher Educational Institutions, preferably officials of National Olympic Academies, National Olympic Committees, the International Olympic Committee and EU Committees for Education, Culture and Sport or graduates of Centers for Olympic Studies, Schools of Sports Organization and Management, Physical Education, Journalism, Economic Faculties and other Departments, as well as corresponding Departments of recognized institutions of equivalent status in Greece and abroad.  The number of students is limited to forty (40).

DURATION OF PROGRAMME

The duration of the Programme is three (3) semesters. Students are required to attend two semesters of lectures in Greece and the third semester is done at student’s place.  Dates of Lectures in Greece:

  • First Semester: 14/9/2017-16/11/2017
  • Second Semester: 12/4/2018-15/6/2018

The dates of the second semester are subject to change.

LOCATION

The Programme takes place at the facilities of the International Olympic Academy in Ancient Olympia and the facilities of the University of Peloponnese in Sparta. Greece.

TEACHING PROGRAMME

The presence of the students at all the lectures is mandatory and the submission of module assignments and examinations at the end of each semester as well as the dissertation project at the end of the 3rd semester Will determinate the success of the participants in this Programme.

1st Semester

Mandatory Modules

  1. 1.1- The history and philosophy of sport in Antiquity: the birth of sport and its evolution
  2. l.2- The Modern Olympic Games (revival, historic development of the Summer and Winter Olympic Games-social, political and cultural aspects of the Olympic Games-Olympic Institutions-Olympic Law) M.1.3- Olympic Pedagogy I: Development and implementation of Olympic education Programme in school.
  3. l .4- Sport and Ethics-Olympic Philosophy

M.1.5- Research methods in Social Sciences and Olympic Studies

2nd Semester

Mandatory Modules

M.2.1- Olympic Pedagogy II: Development and implementation of Olympic education Programmes for schools

M.2.2- Olympic Games and major sports events: organization and management

M.2.3- Sports marketing and Olympic sponsoring

Optional Modules (2 from below) 

  1. Olympic Movement and International relations
  2. Sports high performance: Olympic athletes and dual careers
  3. Strategic and operational planning of major sports events
  4. Financial management of sports organizations
  5. The role, organization and operation of Olympic museums and libraries.

3rd semester

Preparation, submission and presentation of Master’s Thesis.

All lectures are held in English.

 

APPLICATION PROCEDURE-DOCUMENTS REQUIRED

  • The required documents for the application are the following ones, certified as requested below:
  • Application form
  • Clear photocopy of bachelor degree (or degrees) from Greek or foreign Higher Education Institutions proving full time studies with a duration of at least three years
  • Clear photocopy of bachelor degree (or degrees) grade transcript
  • Clear photocopy of postgraduate studies degree (or degrees) (if applicable)
  • CV — extended curriculum Vitae of the applicant
  • Clear photocopy of any language certificate a) in the English language and b) in any other language (if applicable), proving good knowledge
  • Two recommendation letters one of which has to originate from a University Professor. Any other recommendation letter especially from National Olympic Academy or National Olympic Committee or other athletic organizations will be taken into consideration.
  • Clear photocopy of Passport or ID Card (ID Card only for European Countries)
  • Two passport size photographs of applicant with adequate identification
  • Copy of any published academic work

our sponsors and partners

އައި.އޯ.އޭ މާސްޓަރސް ޑިގްރީ ޕްރޮގްރާމް ސްކޮލަރޝިޕް ފުރުޞަތު
read more

ހައި ޕާރފޮރމަންސް މެންޓަރޝިޕް ޕްރޮގްރާމް ފޮރ ކޯޗަސް’ ސެމިނަރގައި ބައިވެރިވުމުގެ ފުރުޞަތު’

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ‘ހައި ޕާރފޮރމަންސް މެންޓަރޝިޕް ޕްރޮގްރާމް ފޮރ ކޯޗަސް’ ސެމިނަރގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އެ ކޮމިޓީގެ ހުރިހާ މެންބަރު އެސޯސިއޭޝަންތަކަށް ވަނީ ހުޅުވާލާފައެވެ.

ސެމިނަރގެ މަޢުލޫމާތު:

  • ސެމިނަރގެ ނަން: ‘ހައި ޕާރފޮރމަންސް މެންޓަރޝިޕް ޕްރޮގްރާމް ފޮރ ކޯޗަސް’
  • ތާރީޚް: 2017 ވަނަ އަހަރުގެ އެޕްރީލް މަހުގެ 10 ން 16 އަށް
  • ބޭއްވޭތަން: މާލެ
  • މޮޑިއުލްގެ ޢަދަދު: 6
  • ޖުމްލަ ޖާގައިގެ ޢަދަދު: 20 (ފުރުޞަތު ދޭނެ ކޯޗުން ކަނޑައަޅާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.)

ވީމާ، މިއެސޯސިއޭޝަނުގެ މެންބަރު ކޯޗުންގެ ތެރެއިން ވާދަވެރި ފެތުންތެރިން އުފެއްދުމަށް މަސައްކަތްކުރައްވަމުން ގެންދަވާ މި ސެމިނަރގައި ބައިވެރިވުމަށް އެދޭ ކޯޗުން 14 މާރޗް 2017 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް މިކަމަށް އެދި ސީޓީ ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ info@swimming.org.mv އަށެވެ.

ސިޓީ ހުށަހަޅަންޖެހޭ ސުންގަޑި: 14 މާރޗް 2017 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން.

ސިޓީ އާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ސީވީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ
  • (އީމެއިލް ކުރައްވާނަމަ، ސީވީ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ ޕީ.ޑީ.އެފް ފޯރމެޓްގައި އީމެއިލްއަށް އެޓޭޗް ކުރަންވާނެއެވެ.)

our sponsors and partners

ހައި ޕާރފޮރމަންސް މެންޓަރޝިޕް ޕްރޮގްރާމް ފޮރ ކޯޗަސް’ ސެމިނަރގައި ބައިވެރިވުމުގެ ފުރުޞަތު’
read more

ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު: ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކޯޗް

ސްވިމިންގ އެސޯސިއޭޝަނުން ހިންގާ ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ކޯޗުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 19 މާރޗް 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށްއެދި މިއެސޯސިއޭޝަނަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

  • މަޤާމް: ކޯޗް (ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ފަރިތަކުރުންތަކަށް) – ވަގުތީ، ޕާރޓްޓައިމް
  • ބޭނުންވާ ޢަދަދު: 3
  • މުސާރަ: މަސައްކަތުގެ ތަޖުރިބާ އަށް ބެލުމަށްފަހު ސެޝަނަކަށް ކޮންމެ މީލާދީ މަހަކު 1000.00 އާއި 2000.00 އާއި ދެމެދު.
  • މަސައްކަތްކުރަންޖެހޭތަން: މާލެ
  • މުއްދަތު: 6 މަސްދުވަސް
  • މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާއަކު 5 ދުވަސް ދުވާލަކު 1 ގަޑިއިރު (ހެނދުނު 06:00 – 07:00 ނުވަތަ ހަވީރު 05:00 – 06:00)

މިނިމަމް ފެންވަރު ނުވަތަ ޝަރުތު:

  • ފެތުމުގެ ކޯޗިންގ ކޯހެއް ނުވަތަ ކްލިނިކެއް ފުރިހަމަ ކޮށްފައިވުން.
  • އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި އަދި ވާހަކަ ދައްކަން އެގުން.
  • އަމިއްލައަށް ޝެޑިއުލް ހަދައިގެން ޓްރެއިނިންގ ސެޝަންތައް ގެންދަން އެނގުން.
  • ސްވިމިންގ ކޯޗިންގ ދާއިރާގައި ޙަރަކާތްތެރި ވުމުގެ ޝައުޤުވެރިކަން ހުރުން.
  • އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
  • ވަގުތައް ހުރުމަތްތެރިކޮށް ހިތާ މީހަކު ކަމުގައިވުން.
  • ފީނާގެ ގަވައިދުތައް ފެތުންތެރިންނަށް އުގަންނައި ދިނުމުގެ ޤާބިލިއްޔަތުކަން ހުރުން.

ކުރަންޖެހޭ މަސައްކަތް:

  • ކުދިންނަށް ފެތުމުގެ 4 ސްޓްރޯކް ދަސްކޮށްދީ، އެކުދިންނަށް ފެތުމުގެ ކެރިއަރގެ ރަނގަޅު ބިންގަލެއް ގާއިމްކޮށްދިނުން.
  • އެސޯސިއޭޝަނުން އަންގާގޮތެއްގެމަތިން ފަރިތަކުރުންތައް ކުރިއަށްގެންދިޔުން.

ސިޓީއާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތައް
  • އައިޑެންޓިޓީކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

ނޯޓް: ޕްރޮފޯރމަންސްއަށް ބަލައި، އެގްރިމެންޓް އާކުރުމުގެ ފުރުސަތު ދެވޭނެއެވެ.

our sponsors and partners

ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު: ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކޯޗް
read more

ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕް ފެތުމުގެ 2 ވަނަ މުބާރާތް ބާއްވާ ތާރީޚް ބަދަލުކުރުން

މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓް ކަޕް ފެތުމުގެ މުބާރާތުގެ ތާރީޚް 2017 މާރޗް 28 ން 1 އެޕްރީލް އަށް ވަނީ ބަދަލުކޮށްފައެވެ. ވީމާ މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި މެންބަރު ކްލަބްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯރމް 16 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

މުބާރާތުގެ ނަން: ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓް ކަޕް ފެތުމުގެ މުބާރާތް 2
2nd Swimming Association President Cup

މުބާރާތް ބާއްވާ ތަން: މާލޭ ސްވިމިންގ ޓްރެކް

މުބާރާތް ބާއްވާ ތާރީޚް: 2017 މާރޗް 28 ން 1 އެޕްރީލް އަށް

މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 16 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

ފުރާފައިވާ ފޯރމްގެ ސްފްޓްކޮޕީ އީމެލް ކުރައްވާނީ info@swimming.org.mv އަށެވެ. ނުވަތަ، ސޮފްޓް ކޮޕީ އެސޯސިއޭޝަނަށް ގެނެސްދެއްވުން އެދެމެވެ. ފޯރމް ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ކުރީން، ފޯރމްގެ ހާރޑްކޮޕީގެ އިތުރުން ސޮފްޓް ކޮޕީވެސް އެސޯސިއޭޝަނަށް ހުށަހަޅަން ވާނެއެވެ.

މުބާރާތުގެ ޤަވައިދުޑައުންލޯޑް ކުރެއްވުމަށް

މުބާރާތުގައިބައިވެރިވުމަށް އެދޭފޯރމް: ޑައުންލޯޑް ކުރެއްވުމަށް

our sponsors and partners

ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕް ފެތުމުގެ 2 ވަނަ މުބާރާތް ބާއްވާ ތާރީޚް ބަދަލުކުރުން
read more

ސްވިމިންގ އެސޯސިއޭޝަނުގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ 26 މާރޗް 2017 ގައި

މިއެސޯސިއޭޝަންގެ 2017 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 26 މާރޗް 2017 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

2016 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާގެ ޔައުމިއްޔާއަށާއި، މިއެސޯސިއޭޝަނުގެ އަސާސީ ޤަވައިދަށް އެއްވެސް އިޞްލާޙެއް ހުށަހަޅަން ބޭނުންފުޅުނަމަ، 2017 ވަނަ އަހަރުގެ މާރޗް މަހުގެ 19 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރީން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

އެޖެންޑާ:

  1. ހާޒިރީ އަދި ރޯލްކޯލް
  2. ކީރިތި ޤުރުއާން ކިޔެވުން
  3. މަރުޙަބާ ދެންނެވުމާއި 2016 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް ހުށަހެޅުމާއި ފާސްކުރުން
  4. 2017 ވަނަ އަހަރު ހިންގާނެ ޚަރަކާތްތައް ހުށަހެޅުން
  5. 2017 ވަނަ އަހަރަށް ލަފާކުރެވިފައިވާ ބަޖެޓް ހުށަހަޅައި ފާސްކުރުން
  6. އެސޯސިއޭޝަނުގެ އަސާސީ ޤަވާޢިދަށް އިސްލާޙު ހުށަހެޅުމާއި ފާސްކުރުން
  7. މެންބަރުންގެ އިތުރު ޚިޔާލު.

ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވެމެވެ.


ސްވިމިންގ އެސޯސިއޭޝަންގެ އަސާސީ ޤަވަޢިދު: Asaasee Gavaidhu

ސްވިމިންގ އެސޯސިއޭޝަނުން 2017 ވަނަ އަހަރަށް އެކުލަވާލާފައިވާ ކަލަންޑަރު: Final Calendar 2017

2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ: Yaumiyya 2016

our sponsors and partners

ސްވިމިންގ އެސޯސިއޭޝަނުގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ 26 މާރޗް 2017 ގައި
read more

އެމް.އާރު ވެކްސިނޭޝަން ކެމްޕޭނުގައި ޤައުމީ ސްކޮޑްގެ ފެތުންތެރިން ބައިވެރިވެއްޖެ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ފަރާތުން މިހާރު ރާއްޖޭގައި ކުރިއަށްގެންދަވާ މީޒަލްސް އެންޑް ރުބެއްލާ ވެކްސިނޭޝަން ކެމްޕޭނުގެ ދަށުން ޤައުމީ ފެތުމުގެ ސްކޮޑްތަކުގެ ފެތުންތެރިން ވެކްސިނޭޓްކޮށްފިއެވެ.

ފެތުންތެރިންނަށް ޚާއްސަކޮށްގެން އެޗް.ޕީ.އޭ ގެ ފަރާތުން ބީ.އެމް.އެލް ސްވިމިންގ ޓްރެކްގައި ބެހެއްޓުނު ވަގުތީ ވެކްސިނޭޝަން ޕޯސްޓްގައި ވެކްސިނޭޓްކުރުން ފައްޓަވާދެއްވުމަށް ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ކޯޑިނޭޓަރ، މުޙައްމަދު ހައިޝަމްއެވެ.

11 މާރޗް 2017 ގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކެމްޕޭނުގައި ވެކްސިނޭޓް ކުރުމަށް ހަމަޖެހިފައިވަނީ 8 އަހަރާއި 25 އަހަރާއި ދެމެދުގެ ކުދިންނާއި ބޭފުޅުންނެވެ.

our sponsors and partners

އެމް.އާރު ވެކްސިނޭޝަން ކެމްޕޭނުގައި ޤައުމީ ސްކޮޑްގެ ފެތުންތެރިން ބައިވެރިވެއްޖެ
read more

ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕް ފެތުމުގެ 2 ވަނަ މުބާރާތް މިމަހު 21 ގައި

މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓް ކަޕް ފެތުމުގެ މުބާރާތް 2017 މާރޗް 21 ން 25 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް، މިއެސޯސިއޭޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯރމް 16 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

މުބާރާތުގެ ނަން: ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓް ކަޕް ފެތުމުގެ މުބާރާތް 2
2nd Swimming Association President Cup

މުބާރާތް ބާއްވާ ތަން: މާލޭ ސްވިމިންގ ޓްރެކް

މުބާރާތް ބާއްވާ ތާރީޚް: 2017 މާރޗް 21 ން 25 އަށް

މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 16 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

މުބާރާތުގެ ޤަވައިދު: ޑައުންލޯޑް ކުރެއްވުމަށް

މުބާރާތުގައިބައިވެރިވުމަށް އެދޭފޯރމް: ޑައުންލޯޑް ކުރެއްވުމަށް

our sponsors and partners

ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕް ފެތުމުގެ 2 ވަނަ މުބާރާތް މިމަހު 21 ގައި
read more

އައްޑޫ ސިޓީގައި ހިންގި ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓްދީފި

addu city basic coaching course

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީތެރިކަމާއި އެކު ފީނާ ގެ ތަޖުރިބާކާރު ކޯޗެއްގެ ބެލުމުގެ ދަށުން އައްޑޫ ސިޓީގައި ހިންގި ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓްދީފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫ އައްޑޫ ސިޓީ ފުޓުބޯޅަ ސްޓޭޑިއަމްގައި ބޭއްވި މި ކޯސް ނިންމުމުގެ ރައްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ، އަލްފާޟިލް އަބްދުﷲ ޠައްޔިބެވެ. މި ޙަފްލާގައި ޠައްޔިބް ދެއްކެވި ވާހަކަފުޅުގައި މިކޯހުގައި އުނގެނު ތަކެތި އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް ބައިވެރިންގެ ފަރާތުން އެދިވަޑައިގަތެވެ.

އައްޑޫ ސިޓީގެ ހިތަދޫ އައްޑޫ ސިޓީ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މިކޯޗިންގ ކޯހަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްނެންގެވުމުގެ މަތީން ސްވިމިންގ އެސޯސިއޭޝަނުން މި ފެބްރުއަރީ މަހުގެ 22 ގެ ނިޔަލަށް ހިންގި ކޯހެކެވެ.

މިކޯހުގައި ކިޔަވާދެއްވީ އެމެރިކާގެ ތަޖުރިބާކާރު ކޯޗެއްކަމުގައިވާ ޖިއަންލޫކާ އަލްބެރާނީ އެވެ.

ބޭސިކް ސްވިމިންގ ކޯޗިން ކޯސް ފުރިހަމަކުރި 17 ބައިވެރިން:

  • Ahmed Mu-uthasim Ibrahim
  • Ahmed Khalid
  • Khadeeja Yoosuf
  • Najwa Ali Rasheedh
  • Mohamed Ziyad
  • Mariyam Jooda
  • Mohamed Aslam
  • Mohamed Shaheed
  • Ahmed Imran
  • Ahsan Mohamed
  • Aishath Naufa Ahmed
  • Shenin Hussain
  • Fathimath Naashiyath
  • Aishath Najma
  • Anas Ibrahim
  • Niuma Hassan
  • Ahmed Rasheed

our sponsors and partners

އައްޑޫ ސިޓީގައި ހިންގި ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓްދީފި
read more

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ފަށައިފި

addu city basic coaching course

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީތެރިކަމާއި އެކު ފީނާ ގެ ތަޖުރިބާކާރު ކޯޗެއްގެ ބެލުމުގެ ދަށުން އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ފަށައިފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށްދާ މިކޯޗިންގ ކޯހަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްނެންގެވުމުގެ މަތީން ސްވިމިންގ އެސޯސިއޭޝަނުން މި ފެބްރުއަރީ މަހުގެ 22 ގެ ނިޔަލަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

އެމެރިކާގެ ތަޖުރިބާކާރު ކޯޗެއްކަމުގައިވާ ޖިއަންލޫކާ އަލްބެރާނީ ކިޔަވައިދެއްވާ މި ކޯހުގެ ތިއަރީ ސެޝަންތައް އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދާނީ އައްޑޫ ސިޓީ ހިތަދޫ ސްވިމިންގ ޓްރެކްގައެވެ.

މި ކޯހުގައި 20 މީހުން ވަނީ ބައިވެރިވެފައެވެ.

addu city basic coaching course


our sponsors and partners

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ފަށައިފި
read more

ޕްރީ އެންޑް ޕޯސްޓް ރީހެބް ޕާރޓްނަރ އަކަށް ފިޓް4ލައިފް ހަމަޖައްސައިފި

mohamed abdul sattar (right) and mohamed fayaz ali (fihtte)

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޕްރީ އެންޑް ޕޯސްޓް ރީހެބް ޕާރޓްނަރ އަކަށް ފިޓް4ލައިފް ހަމަޖައްސައިފިއެވެ. މިއީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއިއެކު ޑިވެލޮޕްމަންޓް ޕާރޓްނަރއެއްގެ ގޮތުގައި ފެތުންތެރިންގެ ރީހެބިލިޓޭޝަންގެ ކަންކަން ބެލެއްހެއްޓުމަށް ވެވުނު މިފަދަ ފުރަތަމަ ޕާރޓްނަޝިޕް އެއްބަސްވުމެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވުނު މިއެއްބަސްވުމުގައި ސޮއިކުރުމުގެ ޙަފްލާގައި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު ދެއްކެވި ވާހަކަފުޅުގައި، މިފަދަ ޚިދުމަތެއް ރާއްޖޭގެ ފެތުންތެރިންނަށް ފޯރުކޮށްދޭކަމަށްޓަކައި ވަނީ ފިޓް4ލައިފްގެ ވެރިޔާއަށާއި އެ ސެންޓަރުގައި މަސައްކަތްކުރާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ރާއްޖޭގެ ފެތުންތެރިން ފަރިތަކުރުންތައް ކުރިއަށްގެންދާއިރު އަދި، މުބާރާތްތަކުގައި ވާދަކުރާއިރު ފެތުންތެރިން ކޮންޑިޝަން ކުރުމަށް ފިޓް4ލައިފްގެ އެހީތެރިކަން ލިބިގެން ދިޔުމަކީ، ރާއްޖޭގެ ފެތުންތެރިން އިތުރަށް ކުރިއަރައިގެން ދިޔުމަށް ލިބޭ ވަރަށް ފުރިހަމަ އަދި އެހާމެ ބޭނުންތެރި ޚިދުމަތެއްކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މި ޙަފްލާގައި ފިޓް4ލައިފްގެ ވެރިޔާ، މުޙައްމަދު ފަޔާޒް ޢަލީ ރިޒާ (ފިއްޓެ) ދެއްކެވި ވާހަކަފުޅުގައި އިންޖަރީވެ ފަރިތަކުރުންތަކަށާއި ޕަރފޮރމަންސްއަށް ބުރޫ އެރުމުގެކުރިން ފަރުވާހޯދުމުގެ މުޙިއްމުކަމުގެމައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މިވެވުނު އެއްބަސްވުމުގެ ދަށުން އެފުރުޞަތު ފިޓް4ލައިފްއަށް ލިބިގެން ދިޔުމަކީ އެ ނުހަނު ޝުކުރުވެރިވާ ކަމެއްކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މިއެއްބަސްވުމުގެ ދަށުން ޤައުމީ ފެތުމުގެ ސީނިއަރ އަދި ޖޫނިއަރ ސްކޮޑްގެ ތެރަޕީއާއި ރީހެބިލިޓޭޝަންގެ ހުރިހާކަމެއް ބަލަހައްޓާނީ ފިޓް4ލައިފް ޕްރީ އެންޑް ޕޯސްޓް ރީހެބް ސެންޓަރުގެ ފަރާތުންނެވެ.

fit4life pre and post rehabilitation center


our sponsors and partners

ޕްރީ އެންޑް ޕޯސްޓް ރީހެބް ޕާރޓްނަރ އަކަށް ފިޓް4ލައިފް ހަމަޖައްސައިފި
read more

ވިނިންގ ޕަވަރ ތްރޫ ނިއުޓްރިޝަންގެ ނަމުގައި ޤައުމީ ސްކޮޑްގެ ފެތުންތެރިންނަށް މަޢުލޫމާތު ދިނުމުގެ ސެމިނަރއެއް ހިންގައިފި

winning power thrugh nutrition

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އައި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗް.ޕީ.އޭ) ގުޅިގެން ޤައުމީ ސީނިއަރ އަދި ޖޫނިއަރ ސްކޮޑްގެ ފެތުންތެރިންނަށާއި އެފެތުންތެރިންގެ ބެލެނިވެރިންނަށް އަދި ފެތުމުގެ ދާއިރާގައި އިސްކޮށް ޚަރަކާތްތެރިވާ ކޯޗުންނަށް ނިއުޓްރިޝަންއާއިބެހޭ ސެމިނަރއެއް ހިންގައިފިއެވެ.

ފެތުންތެރިން އިތުރަށް ކުރިއެރުވުމުގެ މަޤްސަދުގައި ކުރިއަށްގެންދެވުނު ސެމިނަރ ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ގުޑްވިލް އެންބެސެޑަރ، މުޙައްމަދު ކަލީމެވެ. މިރަސްމިއްޔާތުގައި ކަލީމް ދެއްކެވި ވާހަކަފުޅުގައި، ވާދަވެރި ކުޅިވަރު ކުޅޭ ކުޅުންތެރިންނަކީ ނުގުޑާފަދަ އަޒުމެއްގެ ވެރިބަޔަކަށް ވާންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ. އަދި، ކާމިޔާބީ ހޯދަންބޭނުންވާ ކުޅިވަރު ކުޅުންތެރިން ކެއުންބުއިމާއި ދިރިއުޅުމުގެ އާދަތައްވެސް ބަހައްޓަންޖެހޭނީ ވަކިލެވެލްއެއްގައި ކަމަށާއި، ކާމިޔާބީ އަކީ ފަސޭހައިން ޙާސިލް ކުރެވޭނެއެއްޗެއް ނޫންކަމަށާއި، އެއީ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރާ ކުޅުންތެރިންގެ ހައްޤެއްކަމުގައި ވަނީ ވިދާޅުވެފައެވެ.

ދެސެޝަނަކަށް ބަހާލައިގެން ޖަމާލުއްދީން ސްކޫލްގައިބޭއްވި މި ސެމިނަރގައި ވާދަވެރި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ ކެއުންބުއިމާއި، ކެއުމުގައި އިސްކަން ދޭންވީ ކަންކަމާއި، މުބާރާތްތަކާއި ފަރިތަކުރުންތަކަށް ތައްޔާރުވާއިރު ގެންގުޅޭނެ ކެއުމުގެ މިންގަނޑުތަކާއި، ޕްލޭންތައް ހަދާނެގޮތް ވަނީ ފެތުންތެރިންނަށް އޮޅުންފިލުވައިދީފައިއެވެ. މިބައި ކުރިއަށް ގެންގޮސްދެއްވީ އައި.ޖީ.އެމް ހޮސްޕިޓަލުގެ ޑައެޓީޝަން އާސިޔާ ޢަބްދުއްރަޙީމެވެ.

މީގެއިތުރުން މިހާރު ރާއްޖޭގެ މާރކެޓްގައި ގެންގުޅޭ ބައެއް ތައްޔާރީ ކާނާއާއި އެތަކެތި ބޭނުންކުރުމުން އެތްލީޓް ކެރިއަރ އަށް ލިބޭ ގެއްލުމާއި ބެހޭގޮތުންވެސް މިސެމިނަރގައި ވަނީ މަޢުލޫމާތު ދީފައެވެ. މިމަޢުލޫމާތު ބައިވެރިންނަށް ދެއްވީ، އެޗް.ޕީ.އޭ ގެ ޕަބްލިކް ހެލްތު ޕްރޮގްރާމް މެނޭޖަރ (ނިއުޓްރިޝަން)، ފާތިމަތު ޠޯހިރާއެވެ.

ފެތުންތެރިން އިތުރަށް ޚަރުދަނާކޮށް މަޢުލޫމާތު މުއްސަނދިކުރުމަށް އިތުރު ސެމިނަރތައް މިއަހަރުގެ ތެރޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

our partners for the semniar

IGMH

HPA


our sponsors and partners

ވިނިންގ ޕަވަރ ތްރޫ ނިއުޓްރިޝަންގެ ނަމުގައި ޤައުމީ ސްކޮޑްގެ ފެތުންތެރިންނަށް މަޢުލޫމާތު ދިނުމުގެ ސެމިނަރއެއް ހިންގައިފި
read more

ފަންސާސް ހަތްވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

international olympic academy

2017 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ އިން އިންތިޒާމް ކޮށްގެން ގްރީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 57 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2017 ގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ފޮނުވާ 1 އަންހެން އަދި 1 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 1 އަންހެން އަދި 1 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 22 ފެބްރުއަރީ 2017 ވާ ބުދަ ދުވަހުގެ 14:00ގެ ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 57 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް
  • އޮގަނައިޒަރ: އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ
    ބޭއްވޭ ތަން: ގްރީސް (އެތަންސް، ޑެލްފީ، އޮލިމްޕިއާ)
    ބޭއްވޭޭ ތާރީޚް: ޖޫން 17 ން 1 ޖުލައި 2017 އަށް
  • ސިޓީ ހުށަހަޅަންޖެހޭ ތާރީޚް: 22 ފެބްރުއަރީ 2017 ވާ ބުދަދުވަހުގެ 14:00
  • ވިސާ: މިސެޝަނަށް ދިޔުމަށްޓަކައި ވިސާ ހެއްދުމަށް ސްރީލަންކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (30 ޖެނުއަރީ 2018 ގެ ނިޔަލަށް މުއްދަތުހަމަނުވާ).

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 20 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުގެ މީހެއްކަމުގައިވުން. (2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2017 ވަނައަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 35 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަނެއްގައި މީގެކުރިން ގައި ބައިވެރިވެފައިވާ މީހެއްކަމުގައިނުވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހުން.

our sponsors and partners

ފަންސާސް ހަތްވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

ވޯރލްޑް ކެންސަރ ޑޭ: ދިވެހިރާއްޖޭގެ ޤައުމީ ފެތުންތެރިންނާއިއެކު ފަތާލުމުގެ ފުރުޞަތު

photo by: images.mv

ބައިނަލްއަޤްވާމީ ކެންސަރ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ހިންގާ ޚަރަކާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ފެތުމުގެ ސްކޮޑްތަކުގެ ފެތުންތެރިންނާއިއެކު ފަތާލުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަށްވެސް ވަނީ ހުޅުވާލެވިފައެވެ.

ރާއްޖޭގެ އެހެން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރުގައި ޚަރަކާތްތެރިވާ ފަރާތްތަކުގެ ޚަރަކާތްތައްވެސް ހިމެނޭގޮތަށް، 4 ފެބްރުއަރީ 2017 ވާ ހޮނިހިރު ދުވަހުގެ 16:00 ގައި ސަޕޯރޓް ތްރޫ ސްޕޯރޓްސްގެ ނަމުގައި މި ހިންގާ ޚަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ރަސްފަންނުގައި އަދި ހެންވޭރު ސްޓޭޑިއަމްގައެވެ. މީގެތެރެއިން ފެތުމުގެ ޚަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ ރަސްފަންނުގައެވެ.

Event Poster

Social Media Campaign

މީގެ އިތުރުން، ސޯޝަލް މީޑިއާ ކެންޕެއިނެއްވެސް މިދުވަހާއި ގުޅިގެން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ކެންޕެއިންގައި ބޭނުންކުރުމަށް ޚާއްސަ ހޭޝްޓެގްއެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

social media campaign hashtag:

#WeCanICan

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވޯރލްޑް ކެންސަރ ޑޭ ފާހަގަކުރުމަށާއި އާންމުން ކެންސަރާއިމެދު ހޭލުންތެރިކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ވޯރލްޑް ކެންސަރ ޑޭ އާއި ގުޅުވައިގެން ޓީޝާރޓް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. 150 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާ މި ޓީޝާރޓް ލެކިއުޓް އިން (މައްޗަންއަނގޮޅި، މަޖީދީމަގު، ޗާންދަނީމަގު ކައިރި) އިން ލިބިވަޑައިގަންނަވާނެއެވެ. ވީހާވެސް ގިނަބަޔަކު މި ޓީޝާރޓް ބައްލަވައިގަތުމަކީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ވަރަށްބޮޑު އެދުމެކެވެ.

ސަޕޯރޓް ތްރޫ ސްޕޯރޓްސް އިވެންޓްގެ މަޢުލޫމާތު:

  • އިވެންޓުގެ ނަން: ވޯލްޑް ކެންސަރ ޑޭ: ސަޕޯރޓް ތްރޫ ސްޕޯރޓްސް
  • ފެތުމުގެ ޚަރަކާތްތައް ބޭއްވޭ ތަން: ރަސްފަންނު
  • ތާރީޚް: 4 ފެބްރުއަރީ 2017، ހޮނިހިރު
  • ފެތުމުގެ ޚަރަކާތްތައް ކުރިއަށްގެންދާނެ ގަޑި: 16:00 ން 17:00 އަށް

our sponsors and partners

ވޯރލްޑް ކެންސަރ ޑޭ: ދިވެހިރާއްޖޭގެ ޤައުމީ ފެތުންތެރިންނާއިއެކު ފަތާލުމުގެ ފުރުޞަތު
read more

ވިހި ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން 2017 (މެލޭޝިއާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

noa session malaysia 2016 (photo by: maldives olympic committee)

2017 ވަނަ އަހަރު މެލޭޝިއާގެ ނެޝަނަލް އޮލިމްޕިކް އެކަޑަމީ އިން އިންތިޒާމް ކޮށްގެން ކުއަލަ ލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2017 ގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ފޮނުވާ 1 އަންހެން އަދި 1 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 1 އަންހެން އަދި 1 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 09 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 20 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2017 (މެލޭޝިއާ)
    ބޭއްވޭ ތަން: ކުއަލަ ލަމްޕޫރު (މެލޭޝިއާ)
    ބޭއްވޭޭ ތާރީޚް: 27 ފެބްރުއަރީ ން 03 މާރޗް 2017 އަށް

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (30 އޮގަސްޓް 2017 ގެ ނިޔަލަށް މުއްދަތުހަމަނުވާ).

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 25 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުގެ ބޭފުޅެއްކަމުގައިވުން. (2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 25 އަހަރު ފުރިފައިވާ އަދި 2017 ވަނައަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 35 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި ބޭފުޅެއްކަމުގައިވުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަންގައި ބައިވެރިވެފައިވާ ފަރާތެއްކަމުގައިނުވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހުން.

our sponsors and partners

ވިހި ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން 2017 (މެލޭޝިއާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ބޭސިކް ސްވިމިންގ ކޯޗިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

from addu city coaching course 2016

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީތެރިކަމާއިއެކު މިއެސޯސިއޭޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ގުޅިގެން އައްޑޫސިޓީ ހިތަދޫގައި، ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް 2017 ފެބްރުއަރީ 15 ން 22 އަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިކޯހުގައި ކިޔަވާދެއްވާނީ އެމެރިކާގެ ތަޖުރިބާކާރު ކޯޗެއްކަމުގައިވާ ޖިއަންލޫކާ އަލްބެރާނީ އެވެ.

ވީމާ، މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު 9 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެކުރިން ސަބްމިޓްކުރުމަށް ދަންނަވަމެވެ. މިކޯހުގައި ބައިވެރިވާން ހުށަހަޅާ އަންހެން އެޕްލިކަންޓުންނަށް އިސްކަންދެވޭނެއެވެ.

ކޯހާއިބެހޭ އިތުރު މަޢުލޫމާތު:

  • ކޯހުގެ ނަން: ސްވިމިންގ ބޭސިކް ކޯޗިންގ ކޯސް
  • ކޯހުގެ ފީ: ހިލޭ
  • ކޯސް ބޭއްވޭތަން: އައްޑޫ ސިޓީ ހިތަދޫ
  • ކޯހުގެ ތާރީޚްތަކާއި ޝެޑިއުލް: 2017 ފެބްރުއަރީ 15 ން 22 އަށް، ކޮންމެ ދުވަހަކު ހެނދުނު 06:00 ން 08:00 (ޕްރެކްޓިކަލް) އަދި ހަވީރު 16:00 ން 18:00 (ތިއަރީ) އަށް.

ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  • އިނގިރޭސިބަހުން ލިޔެ، ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
  • ރަނގަޅަށް ފަތަން އިނގޭ މީހެއްކަމުގައިވުން.
  • ސާބިތު އެއްވެސް ޖިނާއީ ކުށެއްކޮށްފައިވާ މީހެއްކަމުގައިނުވުން.
  • ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެތީގެ މައްސަލައެއްގެ ރެކޯރޑް އޮތް މީހެއްކަމުގައިނުވުން.

our sponsors and partners

އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ބޭސިކް ސްވިމިންގ ކޯޗިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
read more

ސިރާރު އަދި ސަމީރު ފީނާ އޮފިޝަލުންގެ ލިސްޓަށް

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ، ފީނާގެ ޓެކްނިކަލް އޮފިޝަލުންގެ ލިސްޓްގައި މިއެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ކަމުގައިވާ ޙަސަން ސިރާރު އަދި މުޙައްމަދު ސަމީރު ހިމެނިއްޖެއެވެ.

މީގެތެރެއިން ސިރާރު ހިމެނިފައިވަނީ ސްވިމިންގ ރެފްރީންގެ ކެޓަގަރީގައެވެ. އަދި ސަމީރު ހިމެނިފައިވަނީ ސްވިމިންގ ސްޓާޓަރުންގެ ކެޓަގަރީގައެވެ.

2017 ފެށިގެން 2020 ވަނަ އަހަރަށް އެންޑޯޒް ކުރެވިފައިވާ ފީނާ އޮފިޝަލުންގެ 19 ވަނަ ލިސްޓްގައި މިދެބޭފުޅުން ހިމެނިފައިވުމުން، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުބާރާތްތަކުގައި ޓެކްނިކަލް އޮފިޝަލުންގެ ގޮތުގައި ޚަރަކާތްތެރިވުމުގެ ފުރުޞަތު މިދެބޭފުޅުންނަށް ލިބިގެންދާނެއެވެ.


our sponsors and partners

ސިރާރު އަދި ސަމީރު ފީނާ އޮފިޝަލުންގެ ލިސްޓަށް
read more

ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2017 ގައި ބައިވެރިވުމުގެ ފުރުޞަތު

ވާދަވެރި ފެތުންތެރިން ތަމްރީންކުރުމަށް ސްވިމިންގ އެސޯސިއޭޝަނުން ހިންގާ ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ފަތަން އިނގޭ ސްކޫލް ދަރިވަރުންނަށް އަމާޒުކުރެވޭ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގައި ވާދަވެރި ފެތުންތެރިން އުފެއްދުމެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާންއެދޭ ފަރާތްތަކުން ތިރީގައިވާ އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މި ޕްރޮގްރާމްގައި ބައިވެރިވުމަށްއެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ (އެސޯސިއޭޝަނުގެ އިދާރާއިން ފޯރމް ލިބިވަޑައިގަންނަވާނެއެވެ.). ފެތުންތެރިންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ފޯރމް ހުށަހަޅާ ތަރުތީބުން، ފަތަން އިނގޭތޯ ޓެސްޓް ހެދުމަށްފަހުއެވެ.

Application Form: external link


our sponsors and partners

ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2017 ގައި ބައިވެރިވުމުގެ ފުރުޞަތު
read more

ޤައުމީ ކޯޗަކަށް އިބްރާޙީމް މޫސާ ހަމަޖައްސައި، ޤައުމީ ސްވިމިންގ ސްކޮޑްތަކުގެ ފަރިތަކުރުންތައް ފަށައިފި

ޤައުމީ ހެޑްކޯޗުގެ މަޤާމަށް އިބްރާޙީމް މޫސާ ހަމަޖައްސައި، ޤައުމީ ޖޫނިއަރ އަދި ސީނިއަރ ފެތުމުގެ ސްކޮޑްތަކުގެ ފަރިތަކުރުންތައް ފަށައިފިއެވެ. ކުރިން ޤައުމީ އެސިސްޓަންޓް ކޯޗުގެ މަޤާމުގައި ހުރި އިބްރާޙީމް މޫސާ އަކީ، ފެތުމާއި ކުޅިވަރުގެ ދާއިރާއިން ތަޢުލީމް ޚާސިލްކޮށްފައިވާ ފެތުމުގެ ދާއިރާގައި ތަޖުރިބާހުރި ކޯޗެކެވެ.

60 ފެތުންތެރިންގެ މައްޗަށް އެކުލަވާލާފައިވާ ޤައުމީ ސްކޮޑްތަކުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންގެ ތެރެއިން ބައެއް ފެތުންތެރިން ރާއްޖޭގައި މިވަގުތު ހިނގަމުންދާ ސްވިމިންގ ކްލަބް ތަކުގެތެރެއިން ދެ ކްލަބެއްގެ ބެލުމުގެ ދަށުން ފަރިތަކުރުންތައް ފުރިހަމަކުރަމުން ގެންދާނެއެވެ. އެއީ، މުޙައްމަދު ޒާޙިދުގެ ބެލުގެދަށުން ފަރިތަކުރުންތައް ކުރިއަށްގެންދާ މޯލްޑިވްސް ލައިފް ގާރޑް އެސޯސިއޭޝަނާއި، އިސްމާޢީލް ފަރުޙާންގެ ބެލުމުގެ ދަށުން ފަރިތަކުރުންތައް ކުރިއަށްގެންދާ ނިއު ލެގޫންސް ސްވިމިންގ ކްލަބްގެ ފަރާތުންނެވެ.

މީގެ އިތުރުން ޤައުމީ ފެތުމުގެ ސީނިއަރ ސްކޮޑްގައި ހިމެނޭ ނިޝްވާން އިބްރާޙީމް ފަރިތަކުރުންތައް ފުރިހަމަކުރަމުންދަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސްކޮލަރޝިޕްއެއްގައި ސައުތު އެފްރިކާގެ ޑަރބަންގެ ސީގަލްސް ސްވިމިންގ ކްލަބްގައި ގްރަހަމް ހިލް ގެ ބެލުމުގެ ދަށުންނެވެ. އަދި، ޤައުމީ ފެތުމުގެ ސީނިއަރ ސްކޮޑްގައި ހިމެނޭ އިސްމާޢީލް މުޢުތަސިމް އަދުނާން ފަރިތަކުރުންތައް ފުރިހަމަކުރަމުންދަނީ ސްރީލަންކާގެ ކެންޑީގައި ހިނގަމުންދާ ކޮލޮންބޯ އިންޓަރނޭޝަނަލް ސްކޫލް (ކެންޑީ ބްރާންޗްގެ) ސްވިމިންގ ސްކޮޑްގައި ޔޫ.އެޗް ސުގާތުގެ ބެލުމުގެ ދަށުންނެވެ.

މާލޭގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންދާ ޤައުމީ ސްކޮޑްތަކުގެ ފަރިތަކުރުންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކްގައެވެ.

national head coach, ibrahim moosa

ibrahim moosa coaching national swimmers


our sponsors and partners

ޤައުމީ ކޯޗަކަށް އިބްރާޙީމް މޫސާ ހަމަޖައްސައި، ޤައުމީ ސްވިމިންގ ސްކޮޑްތަކުގެ ފަރިތަކުރުންތައް ފަށައިފި
read more

އޭޝިއަން ސްވިމިންގ ފެޑަރޭޝަންގެ ސްޓޭންޑިން ޓެކްނިކަލް ކޮމިޓީތަކުގެ 2 ގޮނޑި ދިވެހިރާއްޖެއަށް

shameem (on left) and sattar (on right)

އޭޝިއާ ބައްރުގެ ފެތުމުގެ ކުޅިވަރުތަކާއި ބެހޭ ޖަމްޢިއްޔާ، އޭޝިއަން ސްވިމިންގ ފެޑަރޭޝަން (AASF) ގެ ޓެކްނިކަލް ސްޓޭންޑިންގ ކޮމިޓީތަކުގެ ގޮނޑިތަކުގެ ތެރެއިން 2 ގޮނޑި ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

2020 ވަނަ އަހަރާއި ހަމައަށް ނަގާފައިވާ މި ކޮމިޓީތަކުގެ ތެރެއިން މިއެސޯސިއޭޝަނުގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު ހޮވިފައިވަނީ ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރަކަށެވެ. އަދި ފައިނޭންސް އެންޑް މާރކެޓިންގ ކޮމިޓީގެ މެންބަރަކަށް ހޮވިފައިވަނީ މިއެސޯސިއޭޝަނުގެ ޙަޒާންދާރު، ޢަލީ ޝަމީމެވެ.

މިއެސޯސިއޭޝަނުގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ އިތުރުން އޮލިމްޕިކް ކައުންސިލް ފޮރ އޭޝިއާގެ ސްޕޯރޓްސް ފޮރ އޯލް ކޮމިޓީގެ މެންބަރެއްވެސް މެއެވެ.


our sponsors and partners

އޭޝިއަން ސްވިމިންގ ފެޑަރޭޝަންގެ ސްޓޭންޑިން ޓެކްނިކަލް ކޮމިޓީތަކުގެ 2 ގޮނޑި ދިވެހިރާއްޖެއަށް
read more

ފެތުމުގެ ޤައުމީ ސީނިއަރ އަދި ޖޫނިއަރ ސްކޮޑް 2017 ވަނަ އަހަރުގެ ފެތުންތެރިން އިޢުލާނުކޮށް ލިޔުން ލިޔުންދީފި

ފެތުމުގެ ޤައުމީ ސީނިއަރ އަދި ޖޫނިއަރ ސްކޮޑް 2017 ވަނަ އަހަރުގެ ފެތުންތެރިން އިޢުލާނުކޮށް ލިޔުން ލިޔުންދީފިއެވެ. މިކަމަށްޓަކައި ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ފެތުންތެރިންގެ ނަންތައް އިޢުލާންކޮށްދެއްވީ، މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު، މޯލްޑިވްސް އެއަރޕޯރޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު، އާދިލް މޫސާ ގެ އިތުރުން ސޮނީ ސްޕޯރޓްސްގެ މާރކެޓިންގ މެނޭޖަރ އައިމިނަތު ޔުސްރާ އިބްރާޙީމް އަދި ސޮނީ ސްޕޯރޓްސްގެ މާރކެޓިންގ އެގްޒެކެޓިވް ޖޯސެފީން ޓަންގިއު ރޭޒް އެވެ.

k6-logoޤައުމީ ސްކޮޑްތަކުގެ ކިޓް މިއަހަރަށް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ސޮނީ ސްޕޯރޓްސްއިން ރާއްޖޭގެ މާރކެޓަށް ނެރެފައިވާ ދިވެހިރާއްޖޭގެ އަމިއްލަ ސްޕޯރޓްސް އެޕެރަލް ބްރޭންޑެއްކަމުގައިވާ ކޭސިކްސް – K6 ގެ ފަރާތުންނެވެ.

ޤައުމީ ސްކޮޑްތަކަށް ހޮވިފައިވާ ފެތުންތެރިން:

Senior National Swimming Squad 2017 – Male
1 – Abdullah Aeham Mohamed
2 – Ahmed Maaniu Hussain
3 – Ali Imaan
4 – Hassan Ashraf
5 – Hassan Zain
6 – Hussain Haish Hassan
7 – Ismail Muthasim Adnan
8 – Leevaan Abdul Saththar
9 – Mohamed Nawwaf Hussain
10 – Mohamed Nazran Nazeer
11 – Mubal Azzam Ibrahim
12 – Muhammad Maan Hamid
13 – Samooh Zahir
14 – Umar Ali Riyaz
15 – Nishwan Ibrahim
Senior National Swimming Squad 2017 – Female
1 – Aflaak Taai’aa Binthi Suood
2 – Aishath Alaniya Aslam
3 – Aishath Hulva Khulail
4 – Aishath Sajina
5 – Aishath Sausan
6 – Aishath Ulya Shaig
7 – Aishath Zeeba Hamid
8 – Aminath Erum Saleem
9 – Aminath Juhaina Mohamed
10 – Aminath Rafaha Ramiz
11 – Aminath Shajan
12 – Aminath Zana Shiraz
13 – Anmau Ahmed Saleem
14 – Eema Mohamed Fahmee
15 – Fathimath Rafha Ramiz
16 – Fathimath Zuha Ziyadh
17 – Fathimath Zuhura Ismail
18 – Hamna Ahmed
19 – Thoola Abdul Haseeb
Junior National Swimming Squad 2017 – Male
1 – Ahmed Azzan Zahid
2 – Ahmed Shavy Rafiu
3 – Ahmed Ziwan
4 – Arim Ahmed Rasheed
5 – Hussain Mubah
6 – Mohamed Asham Ali
7 – Mohamed Raaid Ismail
8 – Mohamed Raain Abdul Sattar
9 – Mohamed Sahaaf Saeed
10 – Samooh Farhath
11 – Ibrahim Maishaan Shameem
Junior National Swimming Squad 2017 – Female
1 – Aaliya Abdul Wahid
2 – Aiminath Azka Adil
3 – Aishath Mufliha Ziyad
4 – Aishath Rafha
5 – Aishath Thuhufa Nazim
6 – Aminath Layan Hussain
7 – Aminath Rudhaina
8 – Fathimath Ainie Jaleel
9 – Iyaan Ahmed
10 – Jumaira Aminath Amir
11 – Mariyam Noor Thaufeeq
12 – Thuvaa Ahmed Shageef
13 – Yumnu Usamath Mohamed
14 – Hidha Abdulla Naushad
15 – Aishath Aini Abdul Hameed

kit sponsor, K6


our sponsors and partners

ފެތުމުގެ ޤައުމީ ސީނިއަރ އަދި ޖޫނިއަރ ސްކޮޑް 2017 ވަނަ އަހަރުގެ ފެތުންތެރިން އިޢުލާނުކޮށް ލިޔުން ލިޔުންދީފި
read more

ސްވިމިންގ އެސޯސިއޭޝަންގެ ވަޒީފާގެ ފުރުޞަތު

ސްވިމިންގ އެސޯސިއޭޝަންގައި ކޯޗުންގެ ގޮތުގައި އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.


ޤައުމީ ހެޑް ކޯޗް

  • ބޭނުންވާ ޢަދަދު: 1
  • ފެންވަރު ނުވަތަ ޝަރުޠު:
  1. ■3 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ފެތުމުގެ ކޯޗިންގ ކޯހެއް ނުވަތަ ޕްރޮގްރާމެއް ރާއްޖެއިން ބޭރުން ފުރިހަމަކޮށްފައިވުން. ނުވަތަ ބައިނަލް އަޤުވާމީ ކޯޗިންގ އެސޯސިއޭޝަނަކުން ލެވެލް 2 ގެ ސެޓްފިކެޓް ޙާޞިލްކޮށްފައިވުން.
  2. ■ ނެޝަނަލް ސްވިމިންގ ކޯޗިންގ ލެވެލް 1 ފުރިހަމަކޮށްފައިވުން. ނުވަތަ ފީނާ އެޑްވާންސް ކޯޗިންގ ކްލިނިކް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވުން.
  3. ■ އިނގިރޭސިބަހުން އަދި ދިވެހިބަހުން ފަސޭހަކަމާއެކު ލިޔެކިޔައި މުޢާމަލާތު ކުރުން.
  4. ■ ޢުމުރުން 18 އަހަރު ފުރިހަމަ ވެފައިވުން.
  5. ■ ފާއިތުވި 5 އަހަރު ވާދަވެރި ފެތުންތެރިން ތަމްރީނު ކުރުމުގައި ޙަރަކާތްތެރިވެފައިވުން.
  6. ■ ޤައުމީ ހެޑް ކޯޗުގެ ވަޒީފާގެ މުއްދަތުގައި އެއްވެސް އެހެން ކުލަބެއްގައި ކޯޗެއްގެ ގޮތުގައި ނުވަތަ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާނެ މީހަކަށް ނުވުން.
  7. ■ ހަފްތާގެ 6 ދުވަހު، ކޮންމެ ރެއަކާއިދުވާލު 2 ސެޝަނަށް ފަރިތަކުރުންތައް ރާވައިގެން ކުރިޔަށްގެންދެވޭނެ މީހަކު ކަމުގައިވުން.
  8. ■ ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކަށް ފެތުންތެރިން ތަމްރީނުކޮށް އެފަދަ މުބާރާތްތަކަށް ފެތުންތެރިން ގޮވައިގެން ދެވޭ ފެންވަރު ހުރި މީހަކަށްވުން.
  • މުސާރައާއި އުޖޫރަ: 12000.00 އާއި 15000.00 އާއި ދެމެދު (މުސާރައިގެ މިންވަރު ކަނޑައަޅާނީ މިދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޢުލީމީ ފެންވަރާއި ކޯޗުންގެ މަސައްކަތުގެ ތަޖުރިބާ އާއި ހުށަހަޅާ ޕްލޭނަށް ބަލާފައެވެ.)
  • މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާގެ 6 ދުވަހު، ހެނދުނާއި ހަވީރު ނުވަތަ ހެނދުނާއި ރޭގަނޑު (ޖުމުލަ: 6 އާއި 8 ގަޑިއިރާއި ދެމެދު)
  • ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް: ވަޒީފާއަށް އެދޭ ސިޓީ، އައިޑީ ކާޑު ކޮޕީ، ވަނަވަރު އަދި ސީވީ، ތަޢުލީމީ ފާސް އަދި މިދާއިރާއިން ހޯދާފައިވާ ތަމްރީނު އެނގޭނެ ލިޔެކިޔުން. ފަރިތަކުރުންތައް ގެންދާނެ ގޮތުގެ އެނުއަލް ޕްލޭން.
  • ސުންގަނޑި: 5 ޖެނުއަރީ 2017 ވާ ބުރާސްފަތި ދުވަހު 14:00

ޤައުމީ އެސިސްޓެންޓް ކޯޗް

  • ބޭނުންވާ ޢަދަދު: 1
  • ފެންވަރު ނުވަތަ ޝަރުޠު:
  1. ■3 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ފެތުމުގެ ކޯޗިންގ ކޯހެއް ނުވަތަ ޕްރޮގްރާމެއް ރާއްޖެއިން ބޭރުން ފުރިހަމަކޮށްފައިވުން. ނުވަތަ ބައިނަލްއަޤުވާމީ ކޯޗިންގ އެސޯސިއޭޝަނަކުން ލެވެލް 2 ގެ ސެޓްފިކެޓް ޙާޞިލްކޮށްފައިވުން.
  2. ■ ނެޝަނަލް ސްވިމިންގ ކޯޗިންގ ލެވެލް 1 ފުރިހަމަކޮށްފައިވުން. ނުވަތަ ފީނާ އެޑްވާންސް ކޯޗިންގ ކްލިނިކް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވުން.
  3. ■ އިނގިރޭސިބަހުން އަދި ދިވެހިބަހުން ފަސޭހަކަމާއެކު ލިޔެކިޔައި މުޢާމަލާތު ކުރުން.
  4. ■ ޢުމުރުން 18 އަހަރު ފުރިހަމަ ވެފައިވުން.
  5. ■ ފާއިތުވި 5 އަހަރު ވާދަވެރި ފެތުންތެރިން ތަމްރީނު ކުރުމުގައި ޙަރަކާތްތެރިވެފައިވުން.
  6. ■ ޤައުމީ އެސިސްޓެންޓް ކޯޗުގެ ވަޒީފާގެ މުއްދަތުގައި އެއްވެސް އެހެން ކުލަބެއްގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނެ މީހަކަށް ނުވުން.
  7. ■ ޤައުމީ ހެޑްކޯޗުގެ ލަފައާއި މަޝްވަރާގެމަތިން ނެޝަނަލް ޖޫނިއަރ ސްކޮޑުގެ ފަރިތަކުރުންތައް ގެންދެވޭނެ އަދި ނެޝަނަލް ހެޑް ކޯޗް ނެތް ޙާލަތެއްގައި ނެޝަނަލް ސީނިއަރ ސްކޮޑުގެ ފަރިތަކުރުންތައް ގެންދެވޭނެ މީހަކަށްވުން.
  8. ■ ހަފްތާގެ 6 ދުވަހު، ކޮންމެ ރެއަކާއިދުވާލު 2 ސެޝަނަށް ފަރިތަކުރުންތައް ރާވައިގެން ކުރިޔަށްގެންދެވޭނެ މީހަކު ކަމުގައިވުން.
  9. ■ އެސޯސިއޭޝަނުން އެދިއްޖެ ޙާލަތެއްގައި ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކަށް ފެތުންތެރިން ތަމްރީނުކޮށް އެފަދަ މުބާރާތްތަކަށް ފެތުންތެރިން ގޮވައިގެން ދެވޭ ފެންވަރުގެ މީހަކަށްވުން.
  • މުސާރައާއި އުޖޫރަ: 7000.00 އާއި 10000.00 އާއި ދެމެދު (މުސާރައިގެ މިންވަރު ކަނޑައަޅާނީ މިދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޢުލީމީ ފެންވަރާއި ކޯޗުންގެ މަސައްކަތުގެ ތަޖުރިބާ އާއި ހުށަހަޅާ ޕްލޭނަށް ބަލާފައެވެ.)
  • މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާގެ 6 ދުވަހު، ހެނދުނާއި ހަވީރު ނުވަތަ ހެނދުނާއި ރޭގަނޑު (ޖުމުލަ: 6 އާއި 8 ގަޑިއިރާއި ދެމެދު)
  • ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް: ވަޒީފާއަށް އެދޭ ސިޓީ، އައިޑީ ކާޑު ކޮޕީ، ވަނަވަރު އަދި ސީވީ، ތަޢުލީމީ ފާސް އަދި މިދާއިރާއިން ހޯދާފައިވާ ތަމްރީނު އެނގޭނެ ލިޔެކިޔުން. ފަރިތަކުރުންތައް ގެންދާނެ ގޮތުގެ އެނުއަލް ޕްލޭން.
  • ސުންގަނޑި: 5 ޖެނުއަރީ 2017 ވާ ބުރާސްފަތި ދުވަހު 14:00

ޓެކްނިކަލް އެސިސްޓެންޓް (ޕާޓްޓައިމް)

  • ބޭނުންވާ ޢަދަދު: 1
  • ފެންވަރު ނުވަތަ ޝަރުޠު:
  1. ■ ގްރޭޑް 10 ފުރިހަމަ ކުރުމާއެކު ފެތުމުގެ ދާއިރާއިން ތަމްރީނު ލިބިފައިވާ މީހަކަށްވުން.
  2. ■ ފެތުމުގެ އޮފިޝިއޭޓިންގ ދާއިރާގައި މަދުވެގެން 5 އަހަރު މަސައްކަތްކޮށްފައިވާ މީހަކަށްވުން.
  3. ■ ފެތުމުގެ ސްޓްރޯކްތަކުގެ ޤަވާޢިދުތަކާއި ބައިނަލް އަޤުވާމީ ފެތުމުގެ ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ އުޞޫލުތައް އެނގޭ މީހަކަށްވުން.
  4. ■ ކޯޗުން ހުށަހަޅާ ޕްލޭންތަކާއި ފަރިތަކުރުންތައް ބަލައި މޮނިޓަރ ކުރެވޭފަދަ މަޢުލޫމާތާއި ތަޖުރިބާ ހުރި މީހަކަށްވުން.
  5. ■ ޢުމުރުން 18 އަހަރު ފުރިހަމަ ވެފައިވުން.
  6. ■ އެސޯސިއޭޝަނުން އެދިއްޖެ ޙާލަތެއްގައި ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކަށް ފެތުންތެރިން ތަމްރީނުކޮށް އެފަދަ މުބާރާތްތަކަށް ފެތުންތެރިން ގޮވައިގެން ދެވޭ ފަދަ މީހަކަށްވުން.
  7. ■ ޤައުމީ ސްކޮޑްތައް އަދި، ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް މޮނީޓަރުކޮށް ބަލަހައްޓައި، ފަރިތަކުރުންތަށް މޮނީޓަރުކުރުމަށް ޓްރެއިނިންގ ވެނޫއަށް ޤަވައިދުން ޒިޔާރަތްކުރެވޭނެ ފަރާތެއްކަމުގައިވުން.
  • މުސާރައާއި އުޖޫރަ: 6500.00 ރުފިޔާ. (މުސާރައިގެ މިންވަރު ކަނޑައަޅާނީ މިދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބަލާފައެވެ.)
  • މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާގެ 6 ދުވަހު، ދުވާލަކު 4 އާއި 6 ގަޑިއިރާއި ދެމެދު.
  • ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް: ވަޒީފާއަށް އެދޭ ސިޓީ، އައިޑީ ކާޑު ކޮޕީ، ވަނަވަރު އަދި ސީވީ، ތަޢުލީމީ ފާސް އަދި މިދާއިރާއިން ހޯދާފައިވާ ތަމްރީނު އެނގޭނެ ލިޔެކިޔުން.
  • ސުންގަނޑި: 5 ޖެނުއަރީ 2017 ވާ ބުރާސްފަތި ދުވަހު 14:00

މެސެންޖަރ (ޕާޓްޓައިމް)

  • ބޭނުންވާ ޢަދަދު: 1
  • ފެންވަރު ނުވަތަ ޝަރުޠު:
  1. ■ އެސޯސިއެޝަނުން ފޮނުވަންޖެހޭ ލިޔެކިޔުންތައް ގެންގޮސްދެވޭނެ މީހަކަށްވުން.
  2. ■ ޢުމުރުން 18 އަހަރު ފުރިހަމަ ވެފައިވުން.
  • މުސާރައާއި އުޖޫރަ: 2000.00 ރުފިޔާ.
  • މަސައްކަތްކުރަންޖެހޭ ވަގުތު: ރަސްމީ ވަގުތުތައް
  • ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް: ވަޒީފާއަށް އެދޭ ސިޓީ، އައިޑީ ކާޑު ކޮޕީ،
  • ސުންގަނޑި: 5 ޖެނުއަރީ 2017 ވާ ބުރާސްފަތި ދުވަހު 14:00

our sponsors and partners

ސްވިމިންގ އެސޯސިއޭޝަންގެ ވަޒީފާގެ ފުރުޞަތު
read more

ޑިޕްލޮމާ އިން ސްޕޯރޓްސް މެނޭޖްމަންޓް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޮރ ސްޕޯރޓްސްގެ ފަރާތުން 2017 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން ސްޕޯރޓްސް މެނޭޖްމަންޓް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ކޯހާއި ބެހޭ މަޢުލޫމާތު:

  • ކޯހުގެ ނަން: ޑިޕްލޮމާ އިން ސްޕޯރޓްސް މެނޭޖްމަންޓް
  • މުއްދަތު: 1 އަހަރު ދުވަސް
  • ކޯހުގެފީ: ހިލޭ
  • ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް، މާލެ
  • ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:
    • އުމުރުން 20 އަހަރު ފުރި، އޯލެވެލް އިމްތިހާން ފުރިހަމަކޮށްފައިވުމާއިއެކު ކުޅިވަރާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
    • އުމުރުން 20 އަހަރު ފުރިފައުވުމާއިއެކު ލެވެލް 4ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ،
    • ސްޕޯރޓްސް މެނޭޖްމަންޓް ދާއިރާއިން ލެވެލް 4 ފުރިހަމަކޮށްފައިވުން ނުވަތަ ސްޕޯރޓްސް މެނޭޖްމަންޓްއާއި ގުޅޭ ދާއިރާއަކުން ލެވެލް 4ގެ ފާހެއް ޙާސިލްކޮށްފައިވުން. ނުވަތަ،
    • ޖީ.ސީ.އީ އޭލެވެލް ފުރިހަމަކޮށްފައިވުން.
  • ކޯހަށް ވަނުމަށް އެދޭފޯރމް: ޑައުންލޯޑް ލިންކް
  • އިތުރު މަޢުލޫމާތު: info@mnis.gov.mv ފޯނު: 3326986

ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ބޭފުޅުން، 12 ޖެނުއަރީ 2017 ވަނަދުވަހުގެ 14:00ގެ ކުރިން މިކޯހަށް ވަނުމަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޮރ ސްޕޯރޓްސްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.


our sponsors and partners

ޑިޕްލޮމާ އިން ސްޕޯރޓްސް މެނޭޖްމަންޓް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު
read more

އިތުރު 2 ޤައުމީ ރެކޯރޑެއް އައުކޮށްފި

nishwan and shajan at 2014 award night

ކެނެޑާގެ ވިންޑްސާގައި މިހާރު ކުރިޔަށްދާ 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި، ފިރިހެނުންގެ ޝޯރޓްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓް އަދި އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް އައުކޮށްފިއެވެ.

ފިރިހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓް 00:56.25 ސިކުންތުން ނިންމައިގެން ޤައުމީ ރެކޯރޑް އާކޮށްފައިވަނީ ނިޝްވާން އިބްރާޙީމެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން ވެސް އައުކޮށްފައިވަނީ ނިޝްވާނެވެ. އެއީ 2013 ވަނަ އަހަރު ޤަތަރުގެ ދޯހާގައި ބޭއްވި 12 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 100 މީޓަރު ފްރީސްޓައިލް އިވެންޓް 00:56.81 ސިކުންތުން ނިންމައިގެންނެވެ.

އަންހެނުންގެ 50 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފައިވަނީ އާމިނަތު ޝަޖަންއެވެ. ޝަޖަން ވަނީ މިއިވެންޓް 00:29.81 ސިކުންތުން ނިންމާފައެވެ. މި ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ އާމިނަތު ރޫޔާ ޙުސައިންއެވެ. 2008 ވަނަ އަހަރު ޔޫކޭ ގެ މެންޗެސްޓަރ ގައި ބޭއްވި 9 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 50 މީޓަރ ފްރީސްޓައިލް އިވެންޓް ރޫޔާ ފުރިހަމަކޮށްފައިވަނީ 00:29.84 ސިކުންތުންނެވެ.

މިމަހު 7 ވަނަދުވަހު ކެނެޑާގައި ފެށި 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ރާއްޖެ ތަމްސީލުރަނީ ނިޝްވާން އިބްރާހީމް އާއި އިސްމާޢީލް މުއުތަސިމް ޢަދުނާން އާއި އާމިނަތު ޝަޖަންގެ އިތުރުން ޢާއިޝަތު ސައުސަން އެވެ. ޓީމާ ޙަވާލުވެގެން ކެނެޑާއަށް ގޮސްފައިވަނީ ޤައުމީ ހެޑްކޯޗް އިސްމާޢީލް ފަރުޙާނު އެވެ. މި މުބާރާތުގެ މިހާތަނަށް ދިވެހި ފެތުންތެރިންވަނީ ޤައުމީ 5 ރެކޯރޑެއް އައުކޮށްފައެވެ.


our sponsors and partners

އިތުރު 2 ޤައުމީ ރެކޯރޑެއް އައުކޮށްފި
read more

ފަންސާސް މީޓަރ ބެކްސްޓްރޯކް ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި

sausan practicing, BML swimming track

ކެނެޑާގެ ވިންޑްސާގައި މިހާރު ކުރިޔަށްދާ 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި، އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް އައިޝަތު ސައުސަން އައުކޮށްފިއެވެ. މިއިވެންޓްގެ ޤައުމީރެކޯޑް ސައުސަން އައުކޮށްފައިވަނީ 00:34.29 ސިކުންތުން ރޭސްފުރިހަމަކޮށްގެންނެވެ.

50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2005 ވަނަ އަހަރު ތައިލަންޑްގެ ބެންގކޮކްގައި ބޭއްވި ފުރަތަމަ އިންޑޯ އޭޝިއަން ގޭމްސްގައި އާމިނަތު ރޫޔާ ޙުސައިން އެވެ. ރޫޔާ 50 މީޓަރ ބެކްސްޓްރޯކް އިވެންޓް ފުރިހަމަކޮށްފައިވަނީ 00:37.15 ސިކުންތުންނެވެ.

މިމަހު 7 ވަނަދުވަހު ކެނެޑާގައި ފެށި 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ރާއްޖެ ތަމްސީލުރަނީ ނިޝްވާން އިބްރާހީމް އާއި އިސްމާޢީލް މުއުތަސިމް ޢަދުނާން އާއި އާމިނަތު ޝަޖަންގެ އިތުރުން ޢާއިޝަތު ސައުސަން އެވެ. ޓީމާ ޙަވާލުވެގެން ކެނެޑާއަށް ގޮސްފައިވަނީ ޤައުމީ ހެޑްކޯޗް އިސްމާޢީލް ފަރުޙާނު އެވެ.


our sponsors and partners

ފަންސާސް މީޓަރ ބެކްސްޓްރޯކް ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި
read more

ނިޝްވާން އިތުރު ޤައުމީ ރެކޯރޑެއް އައުކޮށްފި

nishwan at the rio2016 olympic games, photo by: usha fath

ކެނެޑާގެ ވިންޑްސާގައި މިހާރު ކުރިޔަށްދާ 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި، ޝޯރޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް ނިޝްވާން އިބްރާހީމް އައުކޮށްފިއެވެ. މިއިވެންޓްގެ ޤައުމީރެކޯޑް ނިޝްވާން އައުކޮށްފައިވަނީ 00:25.73 ސިކުންތުން ރޭސްފުރިހަމަކޮށްގެންނެވެ.

50 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީވެސް ނިޝްވާނެވެ. އެއީ 2014 ވަނަ އަހަރު ޤަތަރުގެ ދޯހާގައި ބޭއްވި 12 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00:25.85 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މިމަހު 7 ވަނަދުވަހު ކެނެޑާގައި ފެށި 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ރާއްޖެ ތަމްސީލުރަނީ ނިޝްވާން އިބްރާހީމް އާއި އިސްމާޢީލް މުއުތަސިމް ޢަދުނާން އާއި އާމިނަތު ޝަޖަންގެ އިތުރުން ޢާއިޝަތު ސައުސަން އެވެ. ޓީމާ ޙަވާލުވެގެން ކެނެޑާއަށް ގޮސްފައިވަނީ ޤައުމީ ހެޑްކޯޗް އިސްމާޢީލް ފަރުޙާނު އެވެ.


our sponsors and partners

ނިޝްވާން އިތުރު ޤައުމީ ރެކޯރޑެއް އައުކޮށްފި
read more

ތަފާތު ބޮޑު ނަތީޖާ އަކުން 100 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް ނިޝްވާން އައުކޮށްފި

nishwan at the rio2016 olympic games, photo by: usha fath

ކެނެޑާގެ ވިންޑްސާގައި މިހާރު ކުރިޔަށްދާ 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި ތަފާތު ބޮޑު ނަތީޖާއަކުން 100 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް ނިޝްވާން އިބްރާހީމް އައުކޮށްފިއެވެ.

މިއަދު ކެނެޑާގެ ވިންޑްސާގައި ކުރިޔަށްދިޔަ 100 މީޓަރު ބަޓަފްލައި އިވެންޓުގައި ރާއްޖެއިން ވާދަކުރީ އިސްމާޢީލް މުއުތަސިމް ޢަދުނާން އާއި ނިޝްވާން އިބްރާހީމް އެވެ.

ދުނިޔޭގެ ތަފާތު ޤައުމުތަކުގެ 8 ފެތުންތެރިން ވާދަކުރި މިއިވެންޓް ނިޝްވާން އިބްރާހީމް ފުރިހަމަ ކޮށްފައިވަނީ 01:00.71 ންނެވެ. އިސްމާޢީލް މުޢުތަސިމް ޢަދުނާން އިވެންޓް ފުރިހަމަ ކޮށްފައިވަނީ 01:05.97 ންނެވެ.

މިއަދު 100 މީޓަރު ބަޓަފްލައިގެ އިވެންޓުގެ ޤައުމީ ރެކޯޑް އައުކޮށްފައިވަނީ މީގެ ކުރިން 100 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑަށްވުރެ 8 ސިކުންތު އަވަސް ވަގުތަކުންނެވެ. 100 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑް މީގެ ކުރިން އޮތީ މުޙައްމަދު މުއުތަސިމް ޢަދުނާނުގެ އަތުގައެވެ. 2014 ވަނައަހަރު ޤަތަރުގެ ދޯހާގައި އޮތް 12 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 100 މީޓަރު ބަޓަފްލައިގެ ޤައުމީ ރެކޯޑް ހަދާފައިވަނީ 01:08.13 ންނެވެ.

ނިޝްވާން އިބްރާހީމް އަކީ ރާއްޖޭގެ ހުނަރުވެރި ފެތުންތެރިއެކެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއެކު ނިޝްވާން އިބްރާހީމް ތަޢުލީމު ޙާޞިލްކުރުމާއެކު މިހާރު ފެތުމުގެ ތަމްރީނު ހަދަމުންދަނީ ދެކުނު އެފްރިކާގެ ޑާބަންގައެވެ.

އިއްޔެ ކެނެޑާގައި ފެށި 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ރާއްޖެ ތަމްސީލުރަނީ ނިޝްވާން އިބްރާހީމް އާއި އިސްމާޢީލް މުއުތަސިމް ޢަދުނާން އާއި އާމިނަތު ޝަޖަންގެ އިތުރުން ޢާއިޝަތު ސައުސަން އެވެ. ޓީމާ ޙަވާލުވެގެން ކެނެޑާއަށް ގޮސްފައިވަނީ ޤައުމީ ހެޑްކޯޗް އިސްމާޢީލް ފަރުޙާނު އެވެ.


our sponsors and partners

ތަފާތު ބޮޑު ނަތީޖާ އަކުން 100 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް ނިޝްވާން އައުކޮށްފި
read more

ސްވިމިންގ ރޭންކިންގ ޓްރަޔަލްސް 2016 މި ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު

2017 ވަނަ އަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްތަކަށް ފެތުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްސް މި ނޮވެމްބަރ މަހުގެ 28 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި ޓްރަޔަލްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2016 ނޮވެމްބަރ 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

ޤަވައިދު: ލިންކް

ބައިވެރިވާން އެދޭ ފޯރމް: ލިންކް

ބައިވެރިވުމުގެ ސުންގަޑި: 27 ނޮވެމްބަރ 2016 ވަނަ ދުވަހުގެ 14:00

ޓްރަޔަލް ބޭއްވުމަށް ހަމަޖެހިފައިވާ ވެނޫތައް:

  • ބޭންކް އޮފް މޯލްޑިވްސް މާލޭ ސްވިމިންގ ޓްރެކް
  • ސީގަލްސް ސްވިމިންގ ކްލަބް، ޑަރބަން، ސައުތު އެފްރިކާ
  • މަތީގައި ދަންނަވާފައިވާ ވެނޫތަކުގެ އިތުރުން، އިތުރުވެނޫއެއްގައި ޓްރަޔަލް ޖަހާ ކަމުގައިވަނީނަމަ، މިއެސޯސިއޭޝަނުގެ ފަރާތުން އެކަން ޢިއުލާނުކުރާނެއެވެ.