News & Announcements

އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ޖަރުމަނުވިލާތް) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

2021 ވަނަ އަހަރުގެ މާރޗް މަހުގެ 4 ން 31 ޖުލައިހގެ ނިޔަލަށް ޖަރުމަނުވިލާތުގެ ލައިޕްޒިގް Universität Leipzig ގައި ހިންގުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު، މިއެސޯސިއޭޝަނަށް ވަނީ ލިބިފައެވެ. ވީމާ، މިކޯހުގައި ބައިވެރިވާން އެދޭފަރާތްތަކުން މިކަމަށްއެދި 13 އޮގަސްޓް 2020 ވާ ބުރާސްފަތު ދުވަހުގެ 13:00ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ސްވިމިންގ)
  • ކޯސް ބޭއްވޭ ތާރީޚް: މާރޗް 4 ން 31 ޖުލައި 2021
  • ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް: އެޕްލިކޭޝަން ފޯރމް ޑައުންލޯޑް ލިންކް
  • ކޯސް ބޭއްވޭ ޤައުމު: ޖަރުމަނުވިލާތް
  • ކޯހުގެ ފީ: ހިލޭ
  • ޕޮކެޓްމަނީ: ޖަރުމަނުގައި ހޭދަވާ ދުވަސްތަކުގައި ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް އެހީތެރިވުމުގެ ގޮތުން، ޖަރުމަނު އެންބަސީގެ ފަރާތުން ކޮންމެ މަހަކު އެލަވަންސް ހަމަޖައްސައިދޭނެއެވެ.
  • ޓިކެޓް: ޖަރުމަނަށް ދިޔުމާއި އައުމުގެ ޓިކެޓް ހަމަޖައްސަން ޖެހޭނީ އެބައިވެރިޔެއްގެ އަމިއްލަ ޚަރަދުގައެވެ.
  • ވިސާ: މިކޯހުގައި ބައިވެރިވެ، ޖަރުމަނަށް ދިޔުމަށް ބޭނުންވާ ވިސާ ހަމަޖައްސަން ޖެހޭނީ އެބައިވެރިއެއް އަމިއްލައަށް، އަމިއްލަ ޚަރަދުގައެވެ.
  • މެޑިކަލް އަދި އިންޝިއުރަންސް: މިކޯހުގައި ބައިވެރިވުމަށް ނަން ފޮނުވޭފަރާތްތައް ހައްދަންޖެހޭ މެޑިކަލް އާއި، ޓްރެވަލް އިންޝިއުރަންސް ހައްދަންޖެހޭނީ އެބައިވެރިއެއް އަމިއްލައަށް، އަމިއްލަޚަރަދުގައެވެ.
  • ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 13 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން.
  • ފޯރމް ހުށަހަޅަން ޖެހޭތަން: އީމެއިލް މެދުވެރިކޮށް، sharif@swimming.org.mv އަށް.
  • އިތުރު މަޢުލޫމާތު: ކޯހުގެ ވެބްސައިޓް

ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • 13 އޮގަސްޓް 2020 އަށް 18 އަހަރު ފުރި، 31 ޖުލައި 2021 އަށް 40 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
  • ކުޅިވަރުގެ ދާއިރާއިން ތަޢުލީމް ޙާސިލްކޮށްފައިވުން (ކުޅިވަރު ކޮމިއުނިޓީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ، ކުޅިވަރާއިބެހޭ ދާއިރާއެއްގެ ސެޓްފިކެޓެއް)
  • ކޯޗެއްގެ ގޮތުގައި ނުވަތަ، ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ މީހެއްކަމުގައި ވުން.
  • ޖިސްމާނީ އަދި ނަފްސާނީގޮތުން ދުޅަހެޔޮ މީހެއްކަމުގައި ވުން.

އެޕްލިކޭޝަން ފޯރމްއާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

މިކޯހުގައި ބައިވެރިވުމަށް ސްވިމިންގ އެސޯސިއޭޝަނުގެ ފަރާތުން ހުށަހަޅާ ނަން ހޮވުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ފެތުންތެރިއެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތު
  • ސްވިމިންގ ކޯޗެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތު
  • ސްވިމިންގ އެސޯސިއޭޝަނަށާއި ކުޅިވަރުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތަކާއި، ޚިދުމަތް ކޮށްދީފައިވާ މުއްދަތު.

our sponsors and partners

އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ޖަރުމަނުވިލާތް) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު
read more

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމަށް މުޙައްމަދު ޢަބްދުއްސައްތާރު ހޮވައިފި

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމަށް މުޙައްމަދު ޢަބްދުއްސައްތާރު ހޮވައިފިއެވެ.

މިއެސޯސިއޭޝަނުގެ ހިންގާ ކޮމިޓީއަށް މެންބަރުން ހޮވުމަށް މިއަދު ހުޅުމާލޭ ސްޕޯރޓްސް ކޮމްޕްލެކްސް ސްވިމިންގ ޕޫލުގައި ބޭއްވުނު ޚާއްސަގޮތުން ކުރެވުނު އާންމު ޖަލްސާގައެވެ. ކުރިއަށް އޮތް 4 އަހަރު އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ ތިރީގައި އެވަނީއެވެ.

Mohamed Abdul Sattar

president

Ismail Ali

vice president

Ali Shameem

treasurer

Ahmed Firass Afeef

club representative

Ahmed Raidh Ali

technical members representative

Raheema Adam

individual member representative (female)

Hassan Siraar

individual member representative (male)

މިއަދު ބޭއްވުނު ޖަލްސާގައި ހިންގާ ކޮމިޓީގެ 9 މެންބަރުންގެ ތެރެއިން ހޮވާފައިވަނީ 7 މެންބަރުންނެވެ. ކޯޗުންގެ ރެޕްރެޒެންޓޭޓިވްގެ މަޤާމުގެ ވޯޓު އެއްވަރުވުމާއި ގުޅިގެން އައު އެގްޒެކެޓިވް ކޮމިޓީއިން ނިންމާ ގޮތެއްގެ މަތީން އެމަޤާމަށް ފަހުގެ ތާރީޚެއްގައި މީހަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ސްވިމިންގ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަކީ އެގްޒެކެޓިވް ކޮމިޓީގެ ލަފާގެ މަތީން، އެސޯސިއޭޝަނުގެ ރައީސް އައްޔަނުކުރާ މެންބަރެކެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމަށް މުޙައްމަދު ޢަބްދުއްސައްތާރު ހޮވައިފި
read more

އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބޭއްވޭ ތަނާއި ވަގުތު

association logo

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބޭއްވޭނެ ތަނާއި ވަގުތު:

ޖަލްސާއަށް ވަޑައިގަންނަވާއިރު، އެސޯސިއޭޝަނުގެ މެންބަރޝިޕް ކާޑު ނުވަތަ، ނެޝަނަލް އައިޑެންޓިޓީ ކާޑު ނުވަތަ، ސަރުކާރުގެ ރަސްމީއިދާރާއަކުން ދޫކޮށްފައިވާ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއް ގެންނެވުން އެދެމެވެ. އަދި، ކޮންމެ ބޭފުޅަކުވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދެއްވާފައިވާ ލަފައާއި އެއްގޮތަށް އަނގަޔާއި ނޭފަތް ނިވާވާނޭ ގޮތަށް މާސްކް އަޅުއްވައި، ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖެއްސެވުމަށް ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ގެންނެވުމަށް ދަންނަވެމެވެ.

ވީމާ، އެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވަމެވެ.


our sponsors and partners

އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބޭއްވޭ ތަނާއި ވަގުތު
read more

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު ދެމިއޮތުން

association logo

ކޮވިޑް ނަވާރައާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ކުރުން ނިމުމަކަށް އައިސް، އާންމު ޙާލަތަކަށް ރުޖޫޢަވެ ސަރުކާރު ހުޅުވޭތާ 30 ދުވަހުގެ ތެރޭގައި މިއެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށާއި، އައު ހިންގާ ކޮމިޓީ އިންތިޚާބުކުރުމާ ހަމައަށް މިހާރު އިންތިޚާބުކޮށްފައިވާ ހިންގާ ކޮމިޓީ ދެމިއޮތުމުގެ ހުއްދަ ކޮމިޝަނަރ އޮފް ސްޕޯޓްސް ގެފަރާތުންނާއި ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ (ފީނާ) އިން ވަނީ ދެއްވާފައެވެ.

ވީމާ، މިވާހަކަ މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.


our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު ދެމިއޮތުން
read more

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގައި ވޯޓުލާ ތާރީޚު ފަސްކުރުން

association logo

މިއެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބާއްވާ ތާރީޚް ފަސްކުރެވިފައިވާ ވާހަކަ މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި، އިންތިޚާބީ ކެންޑިޓޭޓުނަށް އަންގައި އިޢުލާނު ކުރަމެވެ.

މިގޮތަށް، އިންތިޚާބުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ ތާރީޚް ފަސްކޮށްފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްޙީ މާހިރުން ދެއްވާ ލަފަޔާއި ސަރުކާރުން އަޅުއްވާފައިވާ އަދި މިހާރުވެސް އަޅުއްވަމުންދާ ފިޔަވަޅުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބޭއްވޭނެ ތާރީޚް، ގަޑި އަދި ބޭއްވޭނެ ތަން ފަހުން ޢިއުލާނު ކުރާނެ ވާހަކަ ދަންނަވަމެވެ.

އަދި ދަންނަވަމެވެ. އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ތާރީޚް ފަސްކުރި ނަމަވެސް، އިންތިޚާބާއި ގުޅުންހުރި އިތުރު އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެއެވެ.


our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގައި ވޯޓުލާ ތާރީޚު ފަސްކުރުން
read more

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގައި ވޯޓުލާ ތާރީޚު 20 އެޕްރީލް 2020 އަށް ފަސްކުރުން

association logo

މިއެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބާއްވާ ތާރީޚް ބަދަލުކޮށް، 20 އެޕްރީލް 2020 ވާ ހޯމަ ދުވަހަށް ފަސްކުރެވިފައިވާ ވާހަކަ މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި، އިންތިޚާބީ ކެންޑިޓޭޓުނަށް އަންގައި އިޢުލާނު ކުރަމެވެ.

މިގޮތަށް، އިންތިޚާބުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ ތާރީޚް ބަދަލުކޮށްފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްޙީ މާހިރުން ދެއްވާ ލަފަޔާއި ސަރުކާރުން އަޅުއްވާފައިވާ އަދި މިހާރުވެސް އަޅުއްވަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

އަދި ދަންނަވަމެވެ. އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ތާރީޚް ފަސްކުރި ނަމަވެސް، އިންތިޚާބާއި ގުޅުންހުރި އިތުރު އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބޭއްވޭނެ ތަނާއި ވަގުތު:

ޖަލްސާއަށް ވަޑައިގަންނަވާއިރު، އެސޯސިއޭޝަނުގެ މެންބަރޝިޕް ކާޑު ނުވަތަ، ނެޝަނަލް އައިޑެންޓިޓީ ކާޑު ނުވަތަ، ސަރުކާރުގެ ރަސްމީއިދާރާއަކުން ދޫކޮށްފައިވާ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއް ގެންނެވުން އެދެމެވެ. ޕްރޮކްސީ ފޯރމްތައް ޙަވާލުކުރެއްވުމަށް މިއެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީއާއި ގުޅުއްވައި، ފޯރމު ހުށަހެޅުއްވުމުގެ ކަންކަން ހަމަޖެއްސެވުން އެދެމެވެ.


our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގައި ވޯޓުލާ ތާރީޚު 20 އެޕްރީލް 2020 އަށް ފަސްކުރުން
read more

އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބޭއްވޭ ތަނާއި ވަގުތު

association logo

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބޭއްވޭނެ ތަނާއި ވަގުތު:

ޖަލްސާއަށް ވަޑައިގަންނަވާއިރު، އެސޯސިއޭޝަނުގެ މެންބަރޝިޕް ކާޑު ނުވަތަ، ނެޝަނަލް އައިޑެންޓިޓީ ކާޑު ނުވަތަ، ސަރުކާރުގެ ރަސްމީއިދާރާއަކުން ދޫކޮށްފައިވާ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއް ގެންނެވުން އެދެމެވެ. ޕްރޮކްސީ ފޯރމްތައް ޙަވާލުކުރެއްވުމަށް މިއެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީއާއި ގުޅުއްވައި، ފޯރމު ހުށަހެޅުއްވުމުގެ ކަންކަން ހަމަޖެއްސެވުން އެދެމެވެ.

ވީމާ، އެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވަމެވެ.


our sponsors and partners

އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބޭއްވޭ ތަނާއި ވަގުތު
read more

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2020 – 2021 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

hajja coach

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީގެ ދަށުން ޔޫ.އެސް.އޭ ގެ ޔުނިވަރސިޓީ އޮފް ޑެލެވެއަރ ގައި ހިންގޭ ‘އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ މިކޯހަށް ޝައުގުވެރިވާ މީހުން، ދީފައިވާ ސުންގަޑީގެކުރިން މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުއްވުން އެދެމެވެ.

ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:

  • ޕްރޮގްރާމްގެ ނަން: އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް
  • މަޢުލޫމާތު: ޔުނިވަރސިޓީގެ ވެބްސައިޓް.
  • ލީފްލެޓް: ޑައުންލޯޑް ލިންކް
  • ބޭއްވޭތަން: ޔޫ.އެސް.އޭ އަދި ސްވިޒަލޭންޑް
  • ފުރަތަމަ މޮޑިއުލްގެ ތާރީޚް: 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ން ސެޕްޓެމްބަރު މަހުގެ 13 އަށް ޔުނިވަރސިޓީ އޮފް ޑެލެވެއަރ ކެމްޕަސް ގައި
  • ދެވަނަ މޮޑިއުލްގެ ތާރީޚް: 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ން 26 އަށް ޔޫ.އެސް.އޭ އޮލިމްޕިކް ޓްރެއިނިންގ ސެންޓަރުގައި.
  • ތިންވަނަ މޮޑިއުލްގެ ތާރީޚް: 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ން އޮކްޓޫބަރު މަހުގެ 04 އަށް ޑެޒިގްނޭޓެޑް އެޕްރެންޓީސްޝިޕް ސައިޓްތަކުގައި.
  • ހަތަރުވަނަ މޮޑިއުލް: 2021 ވަނަ އަހަރުގެ އެޕްރީލް 24 ން 29 އަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ހެޑްކްއާޓަރސް (ލުޒޭން، ސްވިޒަލޭންޓް)
  • ޝަރުތު:
    1. ޤައުމީ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދެމުންދާ ކޯޗެއްކަމުގައިވުން.
    2. ކޯޗިންގެ ދާއިރާގައި މެދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
    3. އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.

މިކޯހަށް ހޮވޭ ކޯޗުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުންނެވެ.

ހުށަހަޅަންޖެހޭ ސުންގަޑި: 31 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނަށް އީމެއިލް info@swimming.org.mv މެދުވެރިކޮށް.

އީމެއިލް އާއިއެކު އެޓޭޗް ކުރައްވަންޖެހޭ ތަކެތި:

  • އެ ކޯޗެއްގެ ސީވީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކުލަ ސްކޭން ކޮޕީ
  •  30 ނޮވެމްބަރ 2021 ގެ ނިޔަލަށް މުއްދަތު ހަމަނުވާ ޕާސްޕޯރޓްގެ ކުލަ ސްކޭން ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކުލަ ސްކޭން ކޮޕީ
  • ފެތުމުގެ ދާއިރާއިން އަދި ކޯޗިންގ ގެ ދާއިރާއިން ހޯދައިފައިވާ ސެޓްފިކެޓްތައް އަދި ކާމިޔާބީ އަންގައިދޭ ލިޔުންތަކުގެ ކުލަ ސްކޭން ކޮޕީ

our sponsors and partners

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2020 – 2021 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގައި ވޯޓުލާ ތާރީޚު ފަސްކުރުން

association logo

2020 ވަނަ އަހަރުގެ މާރިޗް މަހުގެ 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ މިއެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން 11 އެޕްރީލް 2020 ވާ ހޮނިހިރު ދުވަހަށް ފަސްކުރެވިފައިވާ ވާހަކަ މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި، އިންތިޚާބީ ކެންޑިޓޭޓުނަށް އަންގައި އިޢުލާނު ކުރަމެވެ.

މިގޮތަށް، އިންތިޚާބުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ ތާރީޚް ބަދަލުކޮށްފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްޙީ މާހިރުން ދެއްވާ ލަފަޔާއި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

އަދި ދަންނަވަމެވެ. އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ތާރީޚް ފަސްކުރި ނަމަވެސް، އިންތިޚާބާއި ގުޅުންހުރި އިތުރު އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެއެވެ.

އިންތިޚާބީ ޖަލްސާއޮންނާނެ ވަގުތާއި ތަން 4 އެޕްރީލް 2020 ވަނަ ދުވަހު އިޢުލާނު ކުރެވޭނެއެވެ.

އިންތިޚާބާއި ގުޅޭ މަޢުލޫމާތު ވެބް ޕޭޖް: ލިންކު


our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގައި ވޯޓުލާ ތާރީޚު ފަސްކުރުން
read more

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބު: ވޯޓުލާ މީހުންގެ ލިސްޓު ފައިނަލްކުރުން

association logo

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބާއި ގުޅިގެން އެކުލަވާލެވުނު “ސްވިމިންގ އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބާއި ބެހޭ ޤަވާއިދު”ގެ (2.) ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ 19 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ސުންގަޑި ހަމަވީއިރު، 15 މާރިޗް 2020 ވަނަ ދުވަހު އާންމުކުރެވުނު ވޯޓަރސް ލިސްޓާއި ގުޅޭގޮތުން ރަސްމީކޮށް އެއްވެސް މައްސަލައެއް އެސޯސިއޭޝަނަށް ހުށަހެޅިފައި ނުވާކަމަށްޓަކައި، 15 މާރިޗް 2020 ވަނަ ދުވަހު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ޙަވާލުކުރެވި، މިއެސޯސިއޭޝަނުގެ ވެބްސައިޓުގައި އާންމުކުރެވުނު ވޯޓަރސް ލިސްޓަކީ، 28 މާރިޗް 2020 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް އަދި ރަސްމީ ލިސްޓުކަމުގައި ދަންނަވަމެވެ.

އިންތިޚާބާއި ގުޅޭ މަޢުލޫމާތު ވެބް ޕޭޖް: ލިންކު


our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބު: ވޯޓުލާ މީހުންގެ ލިސްޓު ފައިނަލްކުރުން
read more

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލެވުނު އިންތިޚާބީ ކޮމިޓީ

association logo

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް 10 މާރިޗު 2020 ވަނަ ދުވަހު ތިރީގައިވާ މެންބަރުން ހިމެނޭގޮތަށް، އިންތިޚާބީ ކޮމިޓީ ވަނީ އެކުލަވާލާފައެވެ.

1- އަޙްމަދު ޢަބީރު އިސްމާޢީލް

2- ޢަލީ ސަލީމް

3- މުޙައްމަދު އަނީލް ޢަބްދުއްލަޠީފް

ވީމާ، އެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި، އެސޯސިއޭޝަނުގެ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވަމެވެ.


our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލެވުނު އިންތިޚާބީ ކޮމިޓީ
read more

ޤައުމީ ދިގުފެތުމުގެ 14 ވަނަ މުބާރާތް ބާއްވާ ތާރީޚް ލަސްކުރުން

open water swimming

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން 2020 ވަނަ އަހަރުގެ އެޕްރީލް 9 ން 11 އަށް ބޭއްވުމަށް ތާވަލްކޮށްފައިވާ ޤައުމީ ދިގުފެތުމުގެ 14 ވަނަ މުބާރާތް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-2019 އާއި ގުޅިގެން ވަނީ ލަސްކުރެވިފައެވެ. ވީމާ، މިވާހަކަ މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި ދިވެހި ފެތުންތެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.


our sponsors and partners

ޤައުމީ ދިގުފެތުމުގެ 14 ވަނަ މުބާރާތް ބާއްވާ ތާރީޚް ލަސްކުރުން
read more

އެސޯސިއޭޝަނުގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ: ބޭއްވޭ ތަނާއި ވަގުތު

association logo

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ވަގުތު:

ޖަލްސާއަށް ވަޑައިގަންނަވާއިރު، އެސޯސިއޭޝަނުގެ މެންބަރޝިޕް ކާޑު ނުވަތަ، ނެޝަނަލް އައިޑެންޓިޓީ ކާޑު ނުވަތަ، ސަރުކާރުގެ ރަސްމީއިދާރާއަކުން ދޫކޮށްފައިވާ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއް ގެންނެވުން އެދެމެވެ.

ވީމާ، އެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވަމެވެ.


our sponsors and partners

އެސޯސިއޭޝަނުގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ: ބޭއްވޭ ތަނާއި ވަގުތު
read more

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބު

association logo

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބު 2020 ވަނަ އަހަރުގެ މާރިޗު މަހުގެ 28 ވާ ހޮނިހުރި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މި އިންތިޚާބުގައި ވާދަކުރަން އެދޭ ފަރާތްތަކަށާއި މެންބަރުންނަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ. އިންތިޚާބީ ޖަލްސާއޮންނާނެ ވަގުތާއި ތަން ފަހުން އިޢުލާނު ކުރެވޭނެއެވެ. އިންތިޚާބުގެ ޤަވާއިދާއި ފޯމުތައް އެސޯސިއޭޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

އިންތިޚާބުގެ ޤަވާއިދު: ޑައުންލޯޑު ލިންކު

އިންތިޚާބާއި ގުޅޭ އިތުރު މަޢުލޫމާތު އަދި ފޯމުތައް: އިލެކްޝަންސް އިންފޮމޭޝަން ޕޭޖު


our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބު
read more

ފަސްދޮޅަސް ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2020 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ioa facilities greece

2020 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން އިންތިޒާމް ކޮށްގެން ގްރީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 60 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2020 ގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ފޮނުވާ 1 އަންހެން އަދި 1 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 1 އަންހެން އަދި 1 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 23 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 60 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް
  • އޮގަނައިޒަރ: އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ
    ބޭއްވޭ ތަން: ގްރީސް (އޮލިމްޕިއާ، އެތަންސް، ޑެލްފީ)
    ބޭއްވޭޭ ތާރީޚް: 2020 ވަނަ އަހަރުގެ މެއި 23 ން ޖޫން 03 އަށް
  • ސިޓީ ހުށަހަޅަންޖެހޭ ތާރީޚް: 23 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 13:00
  • ވިސާ: މިސެޝަނަށް ދިޔުމަށްޓަކައި ވިސާ ހެއްދުމަށް ސްރީލަންކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (30 ޖެނުއަރީ 2021 ގެ ނިޔަލަށް މުއްދަތުހަމަނުވާ)

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 20 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުގެ މީހެއްކަމުގައިވުން. (2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2020 ވަނައަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 35 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަނެއްގައި މީގެކުރިން ގައި ބައިވެރިވެފައިވާ މީހެއްކަމުގައިނުވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ހޮވުމުގައި އަންނަނިވި މީހުންނަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ މީހުން.

މި ސެސަޝަނުގެ ބައިވެރިންނަށް ބޭނުންވާ އިތުރު މަޢުލޫމާތު (މުޙިއްމު):


our sponsors and partners

ފަސްދޮޅަސް ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2020 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

އަހަރީ އާންމު ޖަލްސާ 2020 ގެ ނޯޓިސް

a swimmer

މިއެސޯސިއޭޝަންގެ 2020 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 14 މާރިޗް 2020 ވާ ހޮނިހިރު ދުވަހު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ އޮންނާނެ ގަޑިއާއި ތަން، ފަހުގެ ތާރީޚެއްގައި އިޢުލާނު ކުރެވޭނެ އެވެ.

ޖަލްސާގެ އެޖެންޑާ:

  1. ހާޒިރީ އަދި ރޯލްކޯލް
  2. ކީރިތި ޤުރުއާން ކިޔެވުން
  3. މަރުޙަބާ ދެންނެވުމާއި 2018 އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް ހުށަހެޅުމާއި ފާސްކުރުން
  4. 2018 އަދި 2019 ވަނަ އަހަރުގެ ޚަރަދު ރިޕޯރޓް ހުށަހެޅުން.
  5. 2020 ވަނަ އަހަރު ހިންގާނެ ޚަރަކާތްތައް ހުށަހެޅުން.
  6. 2020 ވަނަ އަހަރަށް ލަފާކުރެވިފައިވާ ބަޖެޓް ހުށަހަޅައި ފާސްކުރުން.
  7. މެންބަރުންގެ އިތުރު ޚިޔާލު.

އެޖެންޑާއަށް އިތުރު ކަމެއް ނުވަތަ ބަދަލެއް ހުށަހަޅަން ބޭނުންފުޅުވާނަމަ، 27 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 13:00ގެ ކުރިން މި އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވެމެވެ. މިފުރުޞަތުގައި، ހުރިހާ މެންބަރުންވެސް އެސޯސިއޭޝަނުގެ މެންބަރޝިޕްފީ ދެއްކުމަށާއި، އައު ހިންގާ ޤަވައިދުގެ ދަށުން މެންބަރަކަށްވުމަށް ހުށަނާޅާ ފަރާތްތަކުން މެންބަރުންނަށްވުމަށް ހުށަހަޅައި، މެންބަރޝިޕް ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.


our sponsors and partners

އަހަރީ އާންމު ޖަލްސާ 2020 ގެ ނޯޓިސް
read more

ހއ.ދިއްދޫގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފި

ha.dhidhoo sdp

ސްވިމިންގ އެސޯސިއޭޝަނާއި، ހއ.ދިއްދޫ ސްވިމިންގ ކޮމިއުނިޓީ އިސް ނަގައިގެން، ހއ.ދިއްދޫގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފިއެވެ. މިއީ، މާލެ ފިޔަވާ ދިވެހިރާއްޖޭގެ އެހެން ރަށެއްގައި މިއެސޯސިއޭޝަނުގެ ބެލުމުގެ ދަށުން ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

ޖުމްލަ 14 ކޯޗުންގެ އެހީތެރިކަމާއިއެކު ފެށި މި ޕްރޮގްރާމްގައި 40 ފެތުންތެރިން ވަނީ މިހާތަނަށް ބައިވެރިވެފައެވެ. ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، ސްވިމިންގ ކުރިއެރުވުމަށް ބިގިނަރ ލެވެލް އިން ފެށިގެން، ސްކޮޑް ލެވެލް އަށް ފެތުންތެރިން ގެންދިޔުމަށް އަމާޒުކޮށްގެން ހިންގޭ، ޕްރޮގްރާމެކެވެ.

ހއ.ދިއްދޫ ކައުންސިލާއި، ހއ.އަތޮޅު ކައުންސިލް އަދި ސްކޫލްތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއިއެކު ފެށި މި ޕްރޮގްރާމްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ  ހއ.ދިއްދޫގައި ސަރުކާރުން އަޅުއްވައިދެއްވި ފްލޯޓިންގ ސްވިމިންގ ޕްލެޓްފޯރމް ސަރަޙައްދުގައެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި މިއެސޯސިއޭޝަނާއި ގުޅިގެން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްވިމިންގ ޕްލެޓްފޯރމްތައް ގާއިމްކޮށްފައިވާ އަދި، މިހާރުވެސް ކުރަމުންދާ ރަށްރަށަށް އަމާޒުކޮށްގެން ބީ.އެމް.އެލްގެ އެހީތެރިކަމާއިއެކު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ.


our sponsors and partners

ހއ.ދިއްދޫގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފި
read more

ސްވިމިންގ ޓްރެކް ސަރަޙައްދު ވަގުތީ ގޮތުން ބަންދުކުރުން

swimming track viewing stand construction 2020

މާލޭ އިރުދެކެނުފަރާތު ސްވިމިންގ ޓްރެކް ސަރަޙައްދު ތަރައްޤީ ކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގެތެރެއިން މިއަދުންފެށިގެން އެސަރަޙައްދުގައި އެކްސްކަވޭޓަރާ ކެރޭނު ފަދަ ބޮޑެތި ވެހިކަލް ބޭނުންކޮށްގެން މޫދު ކޮނުމާ، މޫދުގައިހުރި ބޮޑުހިލަނަގައި ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށްދާނެއެވެ. މިމަސައްކަތް ކުރިޔަށްދާއިރު އެސަރަޙައްދަށް މޫދަށްއެރި އުޅުމާ އެހެނިހެންކަންކަމަށް ބޭނުންކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ މިއަދުން ފެށިގެން ޓްރެކް ސަރަޙައްދަށް މޫދަށް އެރިއުޅުމާ އެހެނިހެން ގޮތްގޮތުން ބޭނުންކުރުން މަނާކުރެވިފައިވާ ވާހަކަ އަންގައި އިޢުލާނު ކުރަމެވެ.

މިއެންގުމާ ޚިލާފަށް އެސަރަޙައްދަށް މޫދަށްއެރި އެހެނިހެން ކަންކަމުގައި އެސަރަޙައްދު ބޭނުންކުރުމުގެ ތެރޭގައި ލިބޭ ގެއްލުމަށް މިއެސޯސިއޭޝަނުންނާއި މަސައްކަތްތުގެ ކޮންޓްރެކްޓަރ ކަމުގައިވާ މާޒިޔާ ކޮންސްޓްރަކްޝަނުން ޒިންމާނުވާނެ ވާހަކަ ދަންނަވަމެވެ.


our sponsors and partners

ސްވިމިންގ ޓްރެކް ސަރަޙައްދު ވަގުތީ ގޮތުން ބަންދުކުރުން
read more

ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް – ކުޅުދުއްފުށި

the city of kulhudhuffushi (photo by: abuubakuru – abooish)

ވާދަވެރި ފެތުންތެރިން އުފެއްދުމަށް ބޭނުންވާ ފެތުމުގެ ކޯޗުން ތަމްރީނުކުރުމަށް ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް މިއެސޯސިއޭޝަނާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް 1 ގުޅިގެން ކުޅުދުއްފުށި ސިޓީގައި ހިންގަން ވަނީ ހަމަޖެހިފައެވެ.

10 ދުވަހުގެ މުއްދަތަށް ހިންގާ މިކޯސް ކުރިޔަށްދާނީ 2020 ފެބުރުއަރީ 2 ވަނަދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ކޯހުގައި ބައިވެރިވުމުގެ ޝަރުޠުހަމަވާ ކޮންމެދިވެއްސަކަށް ލިބިގެންވެއެވެ.

ވީމާ މިކޯހުގައި ބައިވެރިވާންއެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމު ފުރިހަމަކޮށް 2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން، ސަބްމިޓްކުރުމަށް ދަންނަވަމެވެ.

ކޯހުގައި ބައިވެރުވުމުގެ ޝަރުތުތައް:

  1. ޢުމުރުން 18 ން މަތީގެ ދިވެއްސަކަށްވުން.
  2. އެހެންމީހެއްގެ އެހީތެރިކަމެއްނެތި އަމިއްލައަށް، 400 މީޓަރަށް ފަތަން އެނގޭ މީހަކަށްވުން.
  3. ދިވެހިބަހުންނާ އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކޮށް ލިޔެކިޔަން އެނގުން.
  4. ކޯހުގެ މުއްދަތުގައި ކުޅުދުއްފުށި ސިޓީއަށް އަމިއްލަ ޚަރަދުގައި އައިސް ކޯސް ފުރިހަމަކުރެވޭފަދަ މީހަކަށްވުން.
  5. މިފަދަ ކޯހެއް ފުރިހަމަކޮށް ވާދަވެރި ފެތުންތެރިން އުފެއްދުމުގެ މަސައްކަތުގައި ދެމިހުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
  6. ޝަރުޢީ ބަންދެއްގައި ހުރި މީހަކަށް ނުވުން.
Online Form

our sponsors and partners

ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް – ކުޅުދުއްފުށި
read more

ޤައުމީ ދިގުފެތުމުގެ ޓްރެކް ކ. ދިއްފުށީގައި ހުޅުވައިފި

k.dhiffushi

ދިވެހިރާއްޖޭގެ ފުރަތަމަ އޯޕަންވޯޓަރ ސްވިމިންގ ޓްރެކް ކ. ދިއްފުށީގައި ހުޅުވައިފިއެވެ. މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޙުލޫފް ހުޅުއްވައިދެއްވި މި ޓްރެކަކީ، އޯޕަން ވޯޓަރ ސްވިމިންގ އަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގައި ޤާއިމް ކުރެވުނު ފުރަތަމަ ޓްރެކެވެ. ޤައުމީ ދިގުފެތުމުގެ ޓްރެކްގެ ނަމުގައި ހުޅުވި މި ޓްރެކަކީ، ޤައުމީ ފެންވަރުގެ ދިގުފެތުމުގެ މުބާރާތްތަކާއި، ރިކްރިއޭޝަނަލް ޚަރަކާތްތައް ބޭއްވުމަށް ހުޅުވުނު ޓްރެކެކެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ މަޙުލޫފު ދެއްކެވި ވާހަކަފުޅުގައި، އެކި ފެންވަރުގެ ދިގުފެތުމުގެ މުބާރާތްތައް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި، ޓްރެކްގެ ސަބަބުން ރަށަށާއި، ދިވެހި ކުޅިވަރަށް ލިބިގެންދާނެ އެކި އެކި ފައިދާގެ މައްޗަށް ވަނީ އަލިއަޅުއްވައިލައްވާފައެވެ.

މުސްތަޤުބަލުގައި މި ޓްރެކްގައި ބައިނަލްއަޤްވާމީ ދިގުފެތުމުގެ އިވެންޓްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކޮށް، ދިވެހިރާއްޖޭގައި އެފަދަ މުބާރާތްތައް ބޭއްވުމަށް މަގުފަހިކުރުމަށް ކުރެވެން ހުރި ކަންކަން ސްވިމިންގ އެސޯސިއޭޝަނާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި، ދިއްފުށީގެ ކައުންސިލްގެ އިތުރުން ދިއްފުށީގެ ރައްޔިތުންނާއި، މަދަނީ އަދި ކުޅިވަރު ޖަމްޢިއްޔާތަކުގެ އެއްބާރުލުމާއި އެހީތެރިކަމާއިއެކު ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

މި ޓްރެކަކީ ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއި ބެހޭ ޖަމްޢިއްޔާ، ފީނާގެ ޕްރޮގްރާމެއް ކަމުގައިވާ ‘ފީނާ އޮލިމްޕިކް އެކުއަޓިކްސް ސްޕޯރޓް ޕްރޮގްރާމްގެ’ މާލީ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވުނު ޕްރޮޖެކްޓެކެވެ.


our sponsors and partners

ޤައުމީ ދިގުފެތުމުގެ ޓްރެކް ކ. ދިއްފުށީގައި ހުޅުވައިފި
read more

ސީނިއަރ އަދި ޖޫނިއަރ ސްވިމިންގ ޤައުމީ ސްކޮޑަށް 2020 އަށް ފެތުންތެރިން ހޮވުމަށް ބޭއްވުނު ޓްރަޔަލްސްގެ ނަތީޖާ.

national team swimmers at nepal (photo: abdulla abeedh / moc)

2020 ވަނަ އަހަރަށް އެކުލަވާލާ ޤައުމީ ސީނިއަރ އަދި ޖޫނިއަރ ސްކޮޑްއަށް ފެތުންތެރިން ހޮވުމަށް ބޭއްވުނު ޓްރަޔަލްގެ ނަތީޖާ ތިރީގައި އެވަނީ އެވެ.

Squad List

Aflaak Taai’aa Binthi Suood Female Junior
Aishath Theesha Mohamed Female Junior
Fathimath Eshal Asad Haneef Female Junior
Hawwa Aisha Shareef Female Junior
Mariyam Nabaahath Azim Female Junior
Ahmed Main  Moosa Male Junior
Ahmed Neeq Niyaz Male Junior
Ahnaf Mohamed Shareef Male Junior
Hussain Izz Imad Male Junior
Ifzaal Ibrahim Mahfooz Male Junior
Mohamed Ayaan Ali Male Junior
Mohamed Maah Muthasim Male Junior
Mohamed Yaish Saamee Male Junior
Mohamed Yaman Yassin Male Junior
Aaliya Abdul Wahid Female Senior
Aish Alin Afsal Female Senior
Aishath Aini Abdul Hameed Female Senior
Aishath Falih’a Fayaz Female Senior
Aishath Hulva Khulail Female Senior
Aishath Rubaina Ahmed Female Senior
Aishath Saha Nasheed Female Senior
Aishath Sausan Female Senior
Aishath Ula Naeem Female Senior
Aishath Ulya Shaig Female Senior
Aminath Erum Saleem Female Senior
Aminath Juhaina Mohamed Female Senior
Aminath Rafaha Ramiz Female Senior
Aminath Zana Shiraz Female Senior
Fathimath Rafha Ramiz Female Senior
Fathimath Zuha Ziyad Female Senior
Fathmath Anaa Nizam Female Senior
Hamna Ahmed Female Senior
Jumaira Aminath Amir Female Senior
Zainab Abdulla Shafeeq Female Senior
Abdhula Naawee Ahmed Male Senior
Ahmed Alaan Ali Male Senior
Ahmed Atheek Amir Male Senior
Ahmed Azzan Zahid Male Senior
Ahmed Haaim Hassan Male Senior
Ahmed Haseen Naseer Male Senior
Ali Imaan Male Senior
Dhaain Ahmed Shageef Male Senior
Hassan Ashraf Male Senior
Hassan Zain Male Senior
Hussain Alsan Mohamed Male Senior
Hussain Haaish Hassan Male Senior
Hussain Mubah Male Senior
Ibrahim Maishaan Shameem Male Senior
Ibrahim Nafeel Ismail Male Senior
Mohamed Aan Hussain Male Senior
Mohamed Joodh Fayaz Male Senior
Mohamed Rihan Shiham Male Senior
Yoosuf Ayaan Rizvee Male Senior
Yoosuf Nuhaik Naseem Male Senior
Download All Results

our sponsors and partners

ސީނިއަރ އަދި ޖޫނިއަރ ސްވިމިންގ ޤައުމީ ސްކޮޑަށް 2020 އަށް ފެތުންތެރިން ހޮވުމަށް ބޭއްވުނު ޓްރަޔަލްސްގެ ނަތީޖާ.
read more

ދުއިސައްތަ މީޓަރ އިންޑިވިޖުއަލް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި

mubal at the 13th south asian games 2019

ފިރިހެނުންގެ (ޝޯރޓް ކޯސް) 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފިއެވެ. ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި މުބާލް މި ރެކޯރޑް އައުކޮށްފައިވަނީ 02.26.27 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ މި މުބާރާތުގައި މުބާލް އައުކުރި 2 ވަނަ ރެކޯރޑެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް މުބާލް އެވެ. އެފަހަރު މިރެކޯރޑް އައުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 14 ވަނަ ފީނާ ވޯރޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25m) ގައި 02.26.35 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރ އިންޑިވިޖުއަލް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި
read more

ސްވިމިންގ ކޯޗު ޚަދީޖާ، އިންޓަނޭޝަނަލް ކޯޗިންގ ކޯސް ފުރިހަމަކޮށްފި

khadheeja easa fulhu with icc certification

އިންޓަނޭޝަނަލް ކޯޗިން ސެޓްފިކޭޝަން ކޯސް ކާމިޔާބު ކަމާއިއެކު ޚަދީޖާ އީސާފުޅު (ހައްޖަ ކޯޗު) ފުރިހަމަކޮށްފިއެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުން ޑިސެމްބަރަށް ހަންގޭރީގެ ބުޑަޕެސްޓުގައި ބޭއްވި މިކޯހުގައި ބައިވެރިވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ޚަދީޖާއަށް ފަހިކޮށްދިން މި ފުރުޞަތުގައި ކާމިޔާބު ކަމާއިއެކު މިކޯސް ނިންމައި، މިހާރު ޚަދީޖާ ވަނީ ދިވެހި ފެތުންތެރިން ކުރިއެރުވުމުގެ ބުރަ މަސައްކަތް ފަށައިފައެވެ.

މިކޯސް ނިންމައި، ޚަދީޖާ މި އެސޯސިއޭޝަނަށާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ފޮނުއްވާފައިވާ ސްޓޭޓްމަންޓެއްގައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށާއި، މި އެސޯސިއޭޝަނަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި، ސްވިމިންގ ކޮމިއުނިޓީގައި އެހީތެރިވުމުގައި ދެމިހުންނާނެކަމަށް ވަނީ ދަންނަވާފައެވެ.

ޚަދީޖާގެ ސްޓޭޓްމަންޓް:

I would like to take this opportunity to express my heartfelt thanks to the International Olympic Committee (IOC), to the Maldives Olympic Committee (MOC) and to the Maldives Swimming Association for giving me the opportunity to be a part of this International Coaching Course (ICC) in University of Physical Education, Hungary,

I have certainly learned a lot (but not enough) about the Physical Education and Sports Specialization, throughout the course, which is something we needed most, much appreciated for providing such an opportunity to grow in field professional and personal level.

I promise you all that I will keep spreading all the knowledge I gained within the community and those who needed. Once again thank for everything.

Khadheeja Easa Fulhu 2019

our sponsors and partners

ސްވިމިންގ ކޯޗު ޚަދީޖާ، އިންޓަނޭޝަނަލް ކޯޗިންގ ކޯސް ފުރިހަމަކޮށްފި
read more

ފަންސާސް މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި

sausan at the 13th south asian games

އަންހެނުންގެ (ޝޯރޓް ކޯސް) 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އައިޝަތު ސައުސަން އައުކޮށްފިއެވެ. ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ސައުސަން މި ރެކޯރޑް އައުކޮށްފައިވަނީ މި މުބާރާތުގެ 50 މީޓަރ ބެކްސްޓްރޯކް އިވެންޓު 00.33.89 އިން ފުރިހަމަ ކޮށްގެންނެވެ.

މިއީ ސައުސަން މިމުބާރާރުގައި އައުކުރި 2 ވަނަ ޤައުމީ ރެކޯރޑެވެ. މީގެ ކުރިން ސައުސަން މި މުބާރާތުގައި އައުކޮށްފައިވަނީ ބެކްސްޓްރޯކްގެ 200 މީޓަރު އިވެންޓުގެ ޤައުމީ ރެކޯރޑެވެ.

50 ބެކްސްޓްރޯކް އިވެންޓުގެ ޝޯރޓްކޯސް ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް ސައުސަން އެވެ. އެފަހަރު މިރެކޯރޑް އައުކޮށްފައިވަނީ 2017 ވަނަ އަހަރު ބޭއްވި 5 ވަނަ އޭޝިއަން އިންޑޯރ އެންޑް މާރޝަލް އާރޓްސް ގޭމްސް ގައި 00.34.02 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.


our sponsors and partners

ފަންސާސް މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި
read more

ފަންސާސް މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑު އައުކޮށް، އިމްޢާން ފައިނަލަށް ދަތުރުކޮށްފި

imaan at the 13th south asian games

ފިރިހެނުންގެ (ޝޯރޓް ކޯސް) 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޢަލީ އިމްޢާން އައުކޮށްފިއެވެ. ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި އިމްޢާން މި ރެކޯރޑް އައުކޮށްފައިވަނީ 00.29.44 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އަދި، އިމްޢާން ވަނީ މި އިވެންޓުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

މިއީ އިމްޢާން މިމުބާރާރުގައި އައުކުރި 3 ވަނަ ޤައުމީ ރެކޯރޑެވެ. މީގެ ކުރިން އިމްޢާން ވަނީ ބެކްސްޓްރޯކްގެ 100 މީޓަރު އަދި 200 މީޓަރު އިވެންޓުގެ ޤައުމީ ރެކޯރޑްވެސް މިމުބާރާތުގައި އައުކޮށްފައެވެ.

50 ބެކްސްޓްރޯކް އިވެންޓުގެ ޝޯރޓްކޯސް ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް އިމްޢާން އެވެ. އެފަހަރު މިރެކޯރޑް އައުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 14 ވަނަ ފީނާ ވޯރޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25m) ގައި 00.31.16 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

photo: moc, hussain waheed


our sponsors and partners

ފަންސާސް މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑު އައުކޮށް، އިމްޢާން ފައިނަލަށް ދަތުރުކޮށްފި
read more

ފީނާ ރިކޮގްނައިޒްޑް މުބާރާތެއްގެ ރެފްރީކަން ކުރި ފުރަތަމަ ދިވެއްސެއްގެ ޝަރަފް ޙަސަން ސިރާރަށް

referee hassan siraar at the 13th south asian games (photo: moc, abdulla abeedh)

ބައިނަލްއަޤްވާމީ ފެތުމުގެ ޖަމްޢިއްޔާ، ފީނާ ރިކޮގްނައިޒްޑް މުބާރާތެއްގެ ރެފްރީކަން ފުރަތަމަފަހަރަށް ދިވެއްސަކު ކޮށްފިއެވެ. ފީނާ ރެފްރީ އަދި ސްވިމިންގ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރު ޙަސަން ސިރާރު ރެފްރީކަން ކޮށްފައިވަނީ މިހާރު ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ސްވިމިންގ އިވެންޓްތަކުގެ 3 ވަނަ ދުވަހުގެ ފުރަތަމަ ސެޝަނެވެ. މިސެޝަނުގެ ފިރިހެނުންގެ އިވެންޓުތަކުގެ ރެފްރީއަކަށް ޙަސަން ސިރާރު ހުރިއިރު މިއީ ދިވެހި ރެފްރީއަކަށް މި ލެވެލްގެ މުބާރާތެއްގައި ރެފްރީކަން ކުރަން ފުރުޞަތު ލިބުނު ފުރަތަމަ ފަހަރެވެ.


our sponsors and partners

ފީނާ ރިކޮގްނައިޒްޑް މުބާރާތެއްގެ ރެފްރީކަން ކުރި ފުރަތަމަ ދިވެއްސެއްގެ ޝަރަފް ޙަސަން ސިރާރަށް
read more

ސަތޭކަ މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑްވެސް އިމްޢާން އައުކޮށްފި

imaan at the 13th south asian games

ފިރިހެނުންގެ (ޝޯރޓް ކޯސް) 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޢަލީ އިމްޢާން އައުކޮށްފިއެވެ. ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި އިމްޢާން މި ރެކޯރޑް އައުކޮށްފައިވަނީ 01.05.26 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މިއީ އިމްޢާން މިމުބާރާރުގައި އައުކުރި 2 ވަނަ ޤައުމީ ރެކޯރޑެވެ.

100 ބެކްސްޓްރޯކް އިވެންޓުގެ ޝޯރޓްކޯސް ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް އިމްޢާން އެވެ. އެފަހަރު މިރެކޯރޑް އައުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 14 ވަނަ ފީނާ ވޯރޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25m) ގައި 01.08.71 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މިއީ އެއް އަހަރުދުވަހުގެ ތެރޭގައި  އިމްޢާން ހޯދި 3 ސިކުންތަށްވުރެ ބޮޑު ކުރިއެރުމެކެވެ.


our sponsors and partners

ސަތޭކަ މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑްވެސް އިމްޢާން އައުކޮށްފި
read more

ފަންސާސް މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑްވެސް ސާޖިނާ އައުކޮށްފި

sajina at the 13th south asian games

އަންހެނުންގެ (ޝޯރޓް ކޯސް) 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާޢިޝަތު ސާޖިނާ އައުކޮށްފިއެވެ. ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ސާޖިނާ މި ރެކޯރޑް އައުކޮށްފައިވަނީ 00.38.53 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މިއީ ސާޖިނާ މިމުބާރާރުގައި އައުކުރި 2 ވަނަ ޤައުމީ ރެކޯރޑެވެ.

50 ބްރެސްޓްސްޓްރޯކް އިވެންޓުގެ ޝޯރޓްކޯސް ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް ސާޖިނާ އެވެ. އެފަހަރު މިރެކޯރޑް އައުކޮށްފައިވަނީ 2017 ވަނަ އަހަރު ބޭއްވި 5 ވަނަ އޭޝިއަން އިންޑޯރ އެންޑް މާޝަލް އާރޓްސް ގޭމްސް ގައި 00.40.25 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.


our sponsors and partners

ފަންސާސް މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑްވެސް ސާޖިނާ އައުކޮށްފި
read more

ފަންސާސް މީޓަރ ފްރީސްޓައިލް އިވެންޓުގެ ފައިނަލަށް ހަމްނާ ދަތުރުކޮށްފި

hamna at the 13th south asian games

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ފައިނަލަށް ހަމްނާ އަޙްމަދު ދަތުރުކޮށްފިއެވެ. ރާއްޖޭގައި މިއިވެންޓުގެ ފައިނަލަށް ހަމްނާ ދަތުރު ކޮށްފައިވަނީ 00.30.68 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ ހަމްނާގެ މި އިވެންޓުގެ ޕަރސަނަލް ބެސްޓެވެ.


our sponsors and partners

ފަންސާސް މީޓަރ ފްރީސްޓައިލް އިވެންޓުގެ ފައިނަލަށް ހަމްނާ ދަތުރުކޮށްފި
read more

ފަންސާސް މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ފައިނަލަށް އަޝްރަފް

ashraf at the 13th south asian games

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ފައިނަލަށް ޙަސަން އަޝްރަފް ދަތުރުކޮށްފިއެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ ސީނިއަރ ފެތުންތެރިޔާ މިއިވެންޓުގެ ފައިނަލަށް ދަތުރު ކޮށްފައިވަނީ 00.34.04 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. ފައިނަލް އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރެވެ.


our sponsors and partners

ފަންސާސް މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ފައިނަލަށް އަޝްރަފް
read more

ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި

imaan swimming

ފިރިހެނުންގެ (ޝޯރޓް ކޯސް) 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން ޢަލީ އައުކޮށްފިއެވެ. ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި އިމްޢާން މި ރެކޯރޑް އައުކޮށްފައިވަނީ 200 މީޓަރު ބެކްސްޓްރޯކްގެ ގެ ފައިނަލުގައި 02.24.26 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މިއަދު ހަވީރުގެ ފެތުމުގެ ފައިނަލް އިވެންޓުތައް ބައްލަވައިލައްވުމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޙުލޫފު ވަޑައިގަންނަވައި، ފެތުންތެރިންނާއި ކޯޗުންނާއި ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައިވެއެވެ.

މިއިވެންޓުގެ ހީޓްގައި އިމްޢާން މިއަދު ހެނދުނު ފަތާފައިވަނީ 02.26.78 އިން ނެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި
read more

ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށް، ފައިނަލަށް ދަތުރުކޮށްފި

sausan at the 13th south asian games

އަންހެނުންގެ (ޝޯރޓް ކޯސް) 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އައިޝަތު ސައުސަން އައުކޮށްފިއެވެ. ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ސައުސަން މި ރެކޯރޑް އައުކޮށްފައިވަނީ މި މުބާރާތުގެ 200 މީޓަރ ބެކްސްޓްރޯކްގެ ދެވަނަ ހީޓްގައި 02.52.37 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ފައިނަލަށް ސައުސަން ވަނީ ދަތުރުކޮށްފައެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފައިވަނީ މިއިވެންޓުގެ ފުރަތަމަ ހީޓުގައި ހަމްނާ އަހްމަދު ޤައުމީ ރެކޯރޑް އައުކުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ. ފުރަތަމަ ހީޓުގައި ހަމްނާ 200 މީޓަރު ބެކްސްޓްރޯކް އިވެންޓު ފަތާފައިވަނީ 02.54.22 އިންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށް، ފައިނަލަށް ދަތުރުކޮށްފި
read more

ދުއިސައްތަ މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ފައިނަލަށް އިމްޢާން ދަތުރުކޮށްފި

imaan at the 13th south asian games

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ފައިނަލަށް އަލީ އިމްޢާން ދަތުރުކޮށްފިއެވެ. މިއިވެންޓުގެ ފައިނަލަށް ޢަލީ އިމްޢާން ދަތުރުކޮށްފައިވަނީ 02.25.78 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހި 10 ފެތުންތެރިން ވާދަކުރެއެވެ. އަދި މިހާތަނަށް ޖުމްލަ 3 އިވެންޓެއްގެ ޤައުމީ ރެކޯޑް ވަނީ އައުކޮށްފައެވެ. އަދި 3 އިވެންޓެއްގެ ފައިނަލަށް ދިވެހި ފެތުންތެރިން ވަނީ ދަތުރުކޮށްފައެވެ.


our sponsors and partners

ދުއިސައްތަ މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ފައިނަލަށް އިމްޢާން ދަތުރުކޮށްފި
read more

ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ހަމްނާ އައުކޮށްފި

hamna at the 13th south asian games

އަންހެނުންގެ (ޝޯރޓް ކޯސް) 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ހަމްނާ އަޙްމަދު އައުކޮށްފިއެވެ. ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ހަމްނާ މި ރެކޯރޑް އައުކޮށްފައިވަނީ 200 މީޓަރު ބެކްސްޓްރޯކްގެ ފުރަތަމަ ހީޓްގައި 02.54.22 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް ހަމްނާ އެވެ. އެފަހަރު މިރެކޯރޑް އައުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 14 ވަނަ ފީނާ ވޯރޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25m) ގައި 03.07.55 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ހަމްނާ އައުކޮށްފި
read more

ސަތޭކަ މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސާޖިނާ އައުކޮށްފި

sajina at the 13th south asian games

އަންހެނުންގެ (ޝޯރޓް ކޯސް) 100 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާޢިޝަތު ސާޖިނާ އައުކޮށްފިއެވެ. ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ސާޖިނާ މި ރެކޯރޑް އައުކޮށްފައިވަނީ 01.23.81 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް ސާޖިނާ އެވެ. އެފަހަރު މިއިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފައިވަނީ 2017 ވަނަ އަހަރު ބޭއްވި 5 ވަނަ އޭޝިއަން އިންޑޯރ މާޝަލް އާރޓްސް ގޭމްސް ގައި 01.27.53 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.


our sponsors and partners

ސަތޭކަ މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސާޖިނާ އައުކޮށްފި
read more

ދުއިސައްތަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށް، ފައިނަލަށް ދަތުރުކޮށްފި

photo: abdulla abid (moc)

ފިރިހެނުންގެ (ޝޯރޓް ކޯސް) 200 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފިއެވެ. ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި މުބާލް މި ރެކޯރޑް އައުކޮށްފައިވަނީ  މި އިވެންޓުގެ ހީޓްގައި 02.05.04 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މުބާލް ވަނީ މި އިވެންޓުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް މުބާލް އެވެ. އެފަހަރު މިރެކޯރޑް އައުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 14 ވަނަ ފީނާ ވޯރޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25m) ގައި 02.09.57 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށް، ފައިނަލަށް ދަތުރުކޮށްފި
read more

ސައުތު އޭޝިއަން ގޭމްސް 2019 ގައި ދިވެހިރާއްޖެ ތަމްޞީލް ކުރާ ޓީމް އިތުރު ތަމްރީންތަކަށް އިންޑިއާއަށް

south asian games 2019 – training camp team

13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ވާދަކުރާ ދިވެހި ފެތުންތެރިންގެ ޓީމް އިތުރު ތަމްރީނުތަކަށް އިންޑިއާއަށް ފުރައިފިއެވެ. ޓީމްގައި ހިމެނެނީ 4 އަންހެން ފެތުންތެރިންނާއި 6 ފިރިހެން ފެތުންތެރިންނެވެ. މީގެތެރެއިން އިންޑިއާގައި ކޭމްޕް ކުރާނީ މުބާލް ޢައްޒާމް އިބްރާޙީމް އަދި އާއިޝަތު ސާޖިނާ ފިޔަވާ ދެން ތިބި ފެތުންތެރިންނެވެ. މި ދެފެތުންތެރިންނަކީ އޮސްޓްރޭލިއާ އަދި މެލޭޝިޔާގައި، އޮލިމްޕިކް ސްކޮލަރޝިޕްސްގެ ދަށުން ފަރިތަކުރުންތައް ފުރިހަމަކުރަމުން ދާ 2 ފެތުންތެރިންނެވެ.

13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ވާދަކުރާ ދިވެހި ފެތުންތެރިންގެ ޓީމު:

އަންހެން ޓީމް:

  1. އާއިޝަތު ސައުސަން
  2. އާއިޝަތު ސާޖިނާ
  3. އާއިޝަތު އުލްޔާ ޝާއިޤް
  4. ހަމްނާ އަޙްމަދު

ފިރިހެން ޓީމް:

  1. މުބާލް އައްޒާމް އިބްރާޙީމް
  2. ޢަލީ އިއްމާން
  3. ޙަސަން އަޝްރަފް
  4. ޙުސައިން ހާއިޝް ޙަސަން
  5. ޙުސައިން މުބާޙް
  6. މުޙައްމަދު އާން ޙުސައިން

މީގެ އިތުރުން، މެނޭޖަރެއްގެ ގޮތުގައި، ކުރިން ޤައުމީ ރެކޯރޑްތައް ހޯލްޑް ކޮށްފައިވާ އޮލިމްޕިކް ފެތުންތެރިޔާ، ފާތިމަތު ފާރިހާ ބައިވެރިވާއިރު، ކޯޗުންގެ ގޮތުގައި ޤައުމީ ހެޑް ކޯޗު، އިބްރާޙީމް މޫސާ އާއި، ޤައުމީ އެސިސްޓަންޓް ކޯޗު އާދަމް މުޙައްމަދު ބައިވެރި ވާނެއެވެ.


our sponsors and partners

ސައުތު އޭޝިއަން ގޭމްސް 2019 ގައި ދިވެހިރާއްޖެ ތަމްޞީލް ކުރާ ޓީމް އިތުރު ތަމްރީންތަކަށް އިންޑިއާއަށް
read more

ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތުގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިންގ ކްލަބަށް

new lagoons swimming club

ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތުގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިންގ ކްލަބް ހޯދައިފިއެވެ. އަހެނުން އަދި ފިރިހެނުންގެ ކެޓަގަރީގެތަކުގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިންގ ކްލަބުން ހޯދިއިރު މިއީ، ފިރިހެނުންގެ ކެޓަގަރީގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިންގ ކްލަބް ޖެހިޖެހިގެން ހޯދި 5 ވަނަ ފަހަރެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފްވެރި ކޮށްދެއްވި މި ޙަފްލާގައި މިނިސްޓަރ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޙުލޫފް އާއި، ކޮމިޝަނަރ އޮފް ސްޕޯރޓްސް އަޙްމަދު ސަލީމްގެ އިތުރުން، ސްޕޯރޓްސް ކައުންސިލްގެ ރައީސް، އިބްރާޙީމް އިސްމާޢީލް ޢަލީ ވަނީ ބައިވެރިވެވަޑައިގަނެފައެވެ. އަދި، މި މުބާރާތުގެ އެކްސްކްލޫސިވް ސްޕޮންސަރު އަދި ދިވެހިރާއްޖޭގެ ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ދިވެހި ފެތުންތެރިންނަށް އެންމެ ބޮޑު އެއްބާރުލުމެއް ދޭ ފެތުންތެރިންގެ ޕާރޓްނަރ، ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ޑައިރެކްޓަރ އޮފް މާރކެޓިން، އައިޝަތު ޒަމްރާ ޒާހިރު އަދި ޑައިރެކްޓަރ އޮފް ބިޒްނަސް، ކުލްދިޕް ޕަލިވާލް ވަނީ ބައިވެރިވެ ވަޑައިގެން، އިނާމްތައް ބައްސަވައިދެއްވާފައެވެ. މި ހަފްލާ ބާއްވާފައިވަނީ ޖަމާލުއްދީން ސްކޫލްގައެވެ.

172 ފެތުންތެރިން ބައިވެރިވި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި ނޮވެމްބަރު މަހުގެ 16 ން 23 ގެ ނިޔަލަށެވެ.

މުބާރާތުގެ ޚާއްސަ ވަނަތައް:

Team Winners:

CHAMPION TEAM, Female – Category: New Lagoon Swimming Club

CHAMPION TEAM, Male – Category: New Lagoon Swimming Club

 

RUNNER-UP TEAM, Female – Category: Maldives Lifeguard Association

RUNNER-UP TEAM, Male – Category: Sports Nature

 

SECOND RUNNER-UP TEAM, Female – Category: Swim Maldives

SECOND RUNNER-UP TEAM, Male – Category: Maldives Lifeguard Association

 

Open Category Winners:

Best Swimmer – Junior Category (Female): Aishath Aini Abdul Hameed

Best Swimmer – Master Category (Female): Shino Yashikawa

Best Swimmer – Senior Category (Female): Hamna Ahmed

Best Swimmer – EAD Category (Male): Ahmed Naail

Best Swimmer – Junior Category (Male): Mohamed Rihan Shiham

Best Swimmer – Master Category (Male): Hassan Mubah

Best Swimmer – Master Category (Male): Izudhaadh Ahmed

Best Swimmer – Senior Category (Male): Mohamed Aan Hussain

 

Second Best Swimmer – Junior Category (Female): Jumaira Aminath Amir

Second Best Swimmer – Master Category (Female): Aishath Reehaam Haris

Second Best Swimmer – Senior Category (Female): Aishath Sausan

Second Best Swimmer – Senior Category (Female): Aishath Ulya Shaig

Second Best Swimmer – EAD Category (Male): Mohamed Nishaal

Second Best Swimmer – Junior Category (Male): Yoosuf Nuhaik Naseem

Second Best Swimmer – Master Category (Male): Ahmed Rameez

Second Best Swimmer – Senior Category (Male): Ali Imaan

Second Best Swimmer – Senior Category (Male): Hussain Haish Hassan

 

Third Best Swimmer – Junior Category (Female): Aishath Saha Nasheed

Third Best Swimmer – Master Category (Female): Shanaz Dole

Third Best Swimmer – Senior Category (Female): Fathimath Rafha Ramiz

Third Best Swimmer – EAD Category (Male): Ahmed Looth Marzooq

Third Best Swimmer – Junior Category (Male): Ahmed Alaan Ali

Third Best Swimmer – Master Category (Male): Ahmed Niyaz

Third Best Swimmer – Senior Category (Male): Hussain Mubah


our sponsors and partners

ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތުގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިންގ ކްލަބަށް
read more

ޤައުމީ ސީނިއަރ އަދި ޖޫނިއަރ ސްކޮޑްގެ ޓްރަޔަލް 2019

shajan and sajina at south asian games

2020 ވަނަ އަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްތަކަށް ފެތުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްސް މި ނޮވެމްބަރ މަހުގެ 25 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި ޓްރަޔަލްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ 23 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފޯރމް ހުށަހެޅުއްވުން އެދެމެވެ.

ޤަވައިދާއި އޮންލައިން ފޯރމް: ޓްރަޔަލް އިވެންޓް ލިންކު

ބައިވެރިވުމުގެ ސުންގަޑި: 23 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 12:00

ޓްރަޔަލް ބޭއްވުމަށް ހަމަޖެހިފައިވާ ވެނޫ: ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކް

ޓައިމިންގ ކޮންސިޑަރ ކުރުމަށް ހުށަހެޅޭނެ މުބާރާތްތަކާއި ޓްރަޔަލްތައް:

  1. ބީ.އެމް.އެލް، ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތް
  2. އެމް.އޭ.ސީ.އެލް، އައްޑޫ ސިޓީ 5 ވަނަ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް
  3. ސައުތު އޭޝިއަން ގޭމްސް އަށް އިނީޝިއަލް ސްކޮޑް އަދި ފައިނަލް ސްކޮޑް އަށް ފެތުންތެރިން ހޮވުމަށް ފަތާފައިވާ ޓްރަޔަލްތައް.
  4. ބީ.އެމް.އެލް ސްކޫލްކުދިންގެ 17 ވަނަ ފެތުމުގެ މުބާރާތް.
  5. 16 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް.
TRIAL RULES AND APPLICATION FORM

our sponsors and partners

ޤައުމީ ސީނިއަރ އަދި ޖޫނިއަރ ސްކޮޑްގެ ޓްރަޔަލް 2019
read more

ތޭރަ ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލް ކުރާ ޓީމް

swimmers representing maldives at south asian games

13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ވާދަކުރާ ދިވެހި ފެތުންތެރިންގެ ޓީމް ހޮވައިފިއެވެ. ސައުތު އޭޝިއަން ގޭމްސް އަށް ފެތުންތެރިން ހޮވުމަށް ބޭއްވުނު ޚާއްސަ ޓްރަޔަލްތަކަށް އަދި ދިވެހި ފެތުންތެރިން ޕަރފޯރމްކުރަން ހުރި ރިލޭތަކަށް ބެލުމަށްފަހު އެކުލަވާލެވުނު މި ޓީމްގައި ހިމެނެނީ 4 އަންހެން ފެތުންތެރިންނާއި 6 ފިރިހެން ފެތުންތެރިންނެވެ.

އަންހެން ޓީމް:

  1. އާއިޝަތު ސައުސަން
  2. އާއިޝަތު ސާޖިނާ
  3. އާއިޝަތު އުލްޔާ ޝާއިޤް
  4. ހަމްނާ އަޙްމަދު

ފިރިހެން ޓީމް:

  1. މުބާލް އައްޒާމް އިބްރާޙީމް
  2. ޢަލީ އިއްމާން
  3. ޙަސަން އަޝްރަފް
  4. ޙުސައިން ހާއިޝް ޙަސަން
  5. ޙުސައިން މުބާޙް
  6. މުޙައްމަދު އާން ޙުސައިން

މި ފެތުންތެރިން ސައުތު އޭޝިއަން ގޭމްސްއަށް ފުރުމުގެ ކުރީން އިންޑިއާގައި ކޭމްޕް ކުރުމަށްވަނީ ހަމަޖެހިފައެވެ.


our sponsors and partners

ތޭރަ ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލް ކުރާ ޓީމް
read more

ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތް ފަށައިފި

bml male’ swimming tracl

ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ ފެތުމުގެ މުބާރާތް މިއަދު ފަށައިފިއެވެ. 68 އަންހެން ފެތުންތެރިނާއި، 104 ފިރިހެން ފެތުންތެރިންނާއި އެކު ފެށި މި މުބާރާތުގައި ޖުމްލަ 9 ޓީމެއް ވާދަކުރެއެވެ. އެއީ 3 އަންހެން ޓީމާއި، 6 ފިރިހެން ޓީމެވެ.

އަންހެން ޓީމް ކެޓަގަރީ ވާދަކުރާ ކްލަބް ތަކަކީ މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަން، ނިއުލެގޫންސް ސްވިމިންގ ކްލަބް އަދި ސްވިމް މޯލްޑިވްސް އެވެ. ފިރިހެން ޓީމް ކެޓަގަރީގައި ވާދަކުރާ ކްލަބް ތަކަކީ މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަން، ނިއުލެގޫންސް ސްވިމިންގ ކްލަބް، ބްލޫފިން ސްޕޯރޓްސް، ސްވިމް މޯލްޑިވްސް އަދި ކްލަބް ބޮޑުރިޔާ އެވެ.

ނޮވެމްބަރު 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 228 އިވެންޓް ކުރިއަށް ދާނެއެވެ. ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ސްޕޮންސަރ ކޮށްފައިވާ މި މުބާރާތުގައި ޖުމްލަ ފަސް ކެޓަގަރީއެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، ޖޫނިއަރ، ސީނިއަރ، މާސްޓަރސް އަދި ޚާއްސައެހީއަށް ބޭނުންވާ ފެތުންތެރިންގެ އޯޕަން ކެޓަގަރީ އާއި، ޓީމް ކެޓަގަރީ އެވެ.

މި މުބާރާތާއި ގުޅުވައިގެން ތުއްތު ކުދިންނަށް ޚާއްސަ ފެސްޓިވަލެއް ވަނީ މީގެ ކުރިން ކުރިއަށް ގެންގޮސްފައެވެ. އެ ފެސްޓިވަލްގައި 198 ފެތުންތެރިން ވަނީ ބައިވެރިވެފައެވެ.


our sponsors and partners

ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތް ފަށައިފި
read more

ފީނާ ލެވެލް 2 ސްވިމިންގ ކޯޗިންގ ކޯސް ދިވެހިރާއްޖޭގެ 9 ކޯޗުން ކާމިޔާބު ކަމާއިއެކު ފުރިހަމަކޮށްފި

participants

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއި ބެހޭ ޖަމްޢިއްޔާ، ފީނާ އިން ދިވެހިރާއްޖޭގައި އިންތިޒާމްކޮށް ކުރިއަށް ގެންދިޔަ ފީނާ ލެވެލް 2 ސްވިމިންގ ކޯޗިން ކޯސް ދިވެހިރާއްޖޭގެ 9 ކޯޗުން ފުރިހަމަކޮށްފިއެވެ. މިއީ، ފީނާގެ ލެވެލް 2 ގެ ކޯޗިން ކޮލިފިކޭޝަނެއް ދިވެހިރާއްޖޭގެ ކޯޗުން ފުރިހަމަކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ފީނާ ލެވަލް 2 ގެ ސްވިމިންގ ކޯޗިން ކޮލިފިކޭޝަން ހާސިލްކޮށްފައިވާ ފުރަތަމަ ދިވެހި ކޯޗުން ނަކީ:

  1. ޙުސައިން މުބާޙް
  2. މުޙައްމަދު އާދަމް
  3. މަރިޔަމް ޔައުލާ ޔަސާރު
  4. މުޙައްމަދު ޖައުފަރު
  5. އިސްމާޢީލް ފަރުހާނު
  6. އަޙްމަދު އަރީފް
  7. އަޙްމަދު ފާއިޒް
  8. މަރިޔަމް ނަފްޙާ ޢަލީ
  9. އިބްރާޙީމް ޢަލީ

ފީނާއިން އިންތިޒާމްކުރާ މިފަދަ ކޯޗިން ކޯސްތަކަކީ އެހެން ޤައުމުތަކުގެ ސްވިމިންގ ފެޑަރޭޝަންތަކުގެ ކޯޗުންނަށް ވެސް ބައިވެރިވެވޭގޮތަށް ހުޅުވާލެވޭ ކޯސް ތަކެކެވެ. މިގޮތުން ޖަޕާނުގެ ކޯޗެއް ކަމަށްވާ ޝިނޯ ޔޮޝިކަވާ އަދި އިންޑިއާގެ ކޯޗެއް ކަމަށްވާ ނޭހާ ރަނާވެސް ވަނީ މި ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަކޮށްފައެވެ.

މި ނޮވެމްބަރު މަހުގެ 6 ން 11 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ކިޔަވައި ދެއްވީ ފީނާގެ ތަޖުރިބާކާރު ކޯޗު، ޖޭމްސް ރިޗަރޑް އެވެ. މިއީ ރާއްޖޭގައި ފީނާ ކޯޗިން ކޮލިފިކޭޝަން ލެވެލްގެ ކޯހެއް ހިންގަން ފުރުޞަތު ލިބުނު ފުރަތަމަ ފަހަރެވެ.


our sponsors and partners

ފީނާ ލެވެލް 2 ސްވިމިންގ ކޯޗިންގ ކޯސް ދިވެހިރާއްޖޭގެ 9 ކޯޗުން ކާމިޔާބު ކަމާއިއެކު ފުރިހަމަކޮށްފި
read more

ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތް ހު،ޅުމާލޭ ކޮމިއުނިޓީ ސެންޓަރުގެ ސްވިމިންގ ޕޫލުގައި ބޭއްވުމަށް ހަމަޖެއްސުން

a swimmer

ނޯޓު: މި ނިންމުން އަލުން މުރާޖަޢާކޮށް، މާލޭ ސްވިމިންގ ޓްރެކްގައި މުބާރާތް ބޭއްވުމަށް ހަމަޖައްސާފައިވާ ވާހަކަ ހުރިހާ ބައިވެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

ނޮވެމްބަރު މަހު 16 ން 23 ބޭއްވުމަށް ހަމަޖެހިފައިވާ ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތް ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކްގެ ބަދަލުގައި ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުގެ ސްވިމިންގ ޕޫލުގައި ބޭއްވުމަށް މިއެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. ވީމާ މިމުބާރާތުގައި ބައިވެރިވާ ހުރިހާ ފެތުންތެރިންނާއި، ކޯޗުން އަދި ފެތުންތެރިންގެ ބެލެނިވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

COMPETITION PAGE

our sponsors and partners

ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތް ހު،ޅުމާލޭ ކޮމިއުނިޓީ ސެންޓަރުގެ ސްވިމިންގ ޕޫލުގައި ބޭއްވުމަށް ހަމަޖެއްސުން
read more

ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތް މި ނޮވެމްބަރ މަހު 16 ގައި

a swimmer

ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތް ނޮވެމްބަރު މަހު 16 ން 23 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަކީ 7 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި، ފެސްޓިވަލްގެ ޤަވައިދު މިއެސޯސިއޭޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯރމް: ލިންކު

COMPETITION PAGE

our sponsors and partners

ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތް މި ނޮވެމްބަރ މަހު 16 ގައި
read more

ބީ.އެމް.އެލް ޤައުމީ ފުރަތަމަ ކިޑްސް ސްވިމިންގ ފެސްޓިވަލް މި ނޮވެމްބަރ 1، 2 އަދި 3 ވަނަ ދުވަހު

kids in a competition

ބީ.އެމް.އެލް ޤައުމީ ފުރަތަމަ ކިޑްސް ސްވިމިންގ ފެސްޓިވަލް ނޮވެމްބަރު މަހު 1 ން 3 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، މިސީރީޒްގައި ބޭއްވޭ ފުރަތަމަ ފެސްޓިވަލްއެވެ. ހުޅުމާލޭ ސްވިމިންގ ޕޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ބައިވެރިވުމުގެ ސުންގަޑި އަކީ 29 އޮކްޓޫބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. 10 އަހަރުން ދަށުގެ ފެތުންތެރިންނަށް ޚާއްސަކޮށްގެން ބޭއްވޭ މި ފެސްޓިވަލްގައި ބައިވެރިވުމަށް އެދޭ ފޯރމާއި، ފެސްޓިވަލްގެ ޤަވައިދު މިއެސޯސިއޭޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ފެސްޓިވަލްގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯރމް: ލިންކު

FESTIVAL PAGE

our sponsors and partners

ބީ.އެމް.އެލް ޤައުމީ ފުރަތަމަ ކިޑްސް ސްވިމިންގ ފެސްޓިވަލް މި ނޮވެމްބަރ 1، 2 އަދި 3 ވަނަ ދުވަހު
read more

ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރިނުކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

learn to swim programme batch 01

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަތަން ދަސްކޮށްދިނުމުގައި ޙަރަކާތްތެރިވުމަށް އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ކޯހެއް މާލޭގައި ހިންގަން ވަނީ ހަމަޖެހިފައެވެ.

މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މިކޯސް އޮންނާނީ 2019 އޮކްޓޫބަރ 20 ވަނަ ދުވަހުން ނޮވެމްބަރު މަހުގެ 20 ވަނަދުވަހުގެ ނިޔަލަށެވެ. ކޯހުގައި ކިޔަވައިދިނުމުގެ ވަގުތުތައް ހަމަޖައްސާނީ ކޯހުގެ ބައިވެރިންނާ ވާހަކަދެއްކުމަށްފަހުގައެވެ.

ކޯހުގައި ބައިވެރިވާ މީހުންގެ އަންނަނިވި ޝަރުޠުތައް ހަމަވާން ވާނެއެވެ.

  • ދިވެހިރައްޔިތަކަށްވުން.
  • ޝަރުޢީ ބަންދެއްގައި ހުރިމީހަކު ކަމުގައި ނުވުން.
  • ފަތަންދަސްކޮށްދިނުމުގެ މަސައްކަތްކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
  • ރަނގަޅަށް ފަތަން އިނގޭމީހެއް ކަމުގައިވުން.
  • ޢުމުރުން 18 އަހަރާ 45 އަހަރާދެމެދުގެ މީހަކަށްވުން.
  • ދިވެހިބަހުން އަދި އިނގިރޭސިބަހުން ލިޔަންކިޔަން އެނގުން.

މިކޯސް ފުރިހަމަކުރުމަށްފަހު ސެޓްފިކެޓް ދެވޭނީ މިއެސޯސިއޭޝަނުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކޯހުގެ ޢަމަލީބައި ފުރިހަމަކޮށް، ހާޒިރީން %95 އަށްވުރެ މަތިން ހޯދައި، ތިއަރީ ޓެސްޓާއި ޕްރެކްޓިކަލް ޓެސްޓްތަކުން %75 އަށްވުރެ މަތިން މާކްސް ހޯދާ މީހުންނަށެވެ. މިކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށެއް ނުޖެހޭނެއެވެ.

ވީމާ މިކޯހުގައި ބައިވާން އެދޭ މިކަމަށް ޝައުޤުވެރިވާ މީހުން ކޯހުގައި ބައިވެރިވުމުގެ އޮންލައިން ފޯމު ފުރިހަމަކޮށް 2019 އޮކްޓޫބަރ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދުނޫން ދުވަސްދުވަހު ހެނދުނު 08:00 ން މެންދުރު 14:00 ށް 3323429 އަށް ގުޅުއްވުން އެދެމެވެ.

APPLY ONLINE (FORM)

our sponsors and partners

ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރިނުކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
read more

ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި

imaan at the 18th FINA World Swimming Championships

އެއްމަސް ފަހުން އަނެއްކާވެސް ފިރިހެނުންގެ (ލޯންގ ކޯސް) 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޢަލީ އިމްޢާން އައުކޮށްފިއެވެ. ހަންގޭރީގައި މި އޮގަސްޓް މަހުގެ 18 ން 25 ށް ކުރިއަށްދިޔަ 7 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި އިމްޢާން މި ރެކޯރޑް އައުކޮށްފައިވަނީ 02:28.17 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް އިމްޢާން އެވެ. މިދިޔަ މަހު ކޮރެއާގައި ބޭއްވުނު 18 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސް ގައި އިމްޢާން މި ރެކޯރޑް އައުކޮށްފައިވަނީ 02:33.23 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

7 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ދިވެހިރާއްޖެ ތަމްޞީލްކުރި ޓީމް މާލެ އައުމަށް ހަމަޖެހިފައިވަނީ މިިއަދު މެންދުރުފަހުއެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި
read more

ސްވިމިންގ އެސޯސިއޭޝަނުގެ ކޮމިޝަންތަކަށް ކުރިމަތިލުމުގެ ފުރުޞަތު

community meeting 2014 – k.huraa2019

ސްވިމިންގ އެސޯސިއޭޝަނުން ޢަމަލުކުރަންފެށި އައު ހިންގާ ޤަވައިދުގެ ދަށުން އެކުލަވާލަންޖެހޭ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނަށް ހުޅުވާލަމެވެ.

މިގޮތުން އެކި ކުޅިވަރު ޑިސިޕްލިންތަކުން، ތިރީގައިވާ ކޮމިޝަންތަކަށް ކުރުމަތިލުމަށް މިކަމަށް ކަނޑައަޅާފައިވާ އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު، ސަބްމިޓްކުރެއްވުން އެދެމެވެ.

  • އެތުލީޓްސް ކޮމިޝަން (ހިންގާ ޤަވައިދުގެ 36 ވަނަ މާއްދާ)
  • ކޯޗާސް ކޮމިޝަން (ހިންގާ ޢަވައިދުގެ 37 ވަނަ މާއްދާ)
  • ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ (ހިންގާ ޢަވައިދުގެ 38 ވަނަ މާއްދާ)

އޮންލައިން އެޕްލިކޭޝަން ފޯރމް: ލިންކް

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވައިދު: ލިންކް

ވީމާ، މި ކޮމިޝަންތަކުގައި ބައިވެރިވެ، ފެތުމުގެ ދާއިރާއަށް ޚިދުމަތްކުރުމަށް ޝައުޤުވެރިވާ މެންބަރުން، 19 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ފޯރމް ހުށަހެޅުއްވުން އެދެމެވެ.


our sponsors and partners

ސްވިމިންގ އެސޯސިއޭޝަނުގެ ކޮމިޝަންތަކަށް ކުރިމަތިލުމުގެ ފުރުޞަތު
read more

ސޯޅަ ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން 2019 (ސްރީލަންކާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

bandarawela

މި 2019 ވަނަ އަހަރު ސްރީލަންކާގެ ނެޝަނަލް އޮލިމްޕިކް އެކަޑަމީ އިން އިންތިޒާމް ކޮށްގެން ސްރީލަންކާގެ ބަންޑާރަވެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2019 ގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ފޮނުވާ 03 އަންހެން އަދި 03 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 03 އަންހެން އަދި 03 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 1 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 16 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2019 (ސްރީލަންކާ)
    ބޭއްވޭ ތަން: ބަންޑާރަވެލަ (ސްރީލަންކާ)
    ބޭއްވޭޭ ތާރީޚް: 16 ން 20 އޮކްޓޫބަރ 2019

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެބޭފުޅެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (30 ޖޫން 2020 ގެ ނިޔަލަށް މުއްދަތުހަމަނުވާ).

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 20 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުގެ ބޭފުޅެއްކަމުގައިވުން. (2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2019 ވަނައަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 26 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
  • އިނގިރޭސިން ރަނގަޅަށް ލިޔަން ކިޔަން އަދި ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަންގައި ބައިވެރިވެފައިވާ ފަރާތެއްކަމުގައިނުވުން.
  • ދިވެހިރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ ފަރާތްތައް.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާފަރާތްތައް.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ ފަރާތްތައް.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތައް.

our sponsors and partners

ސޯޅަ ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން 2019 (ސްރީލަންކާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

ސާދަވަނަ ޤައުމީ ދިގުފެތުމުގެ މުބާރާތް ފަސްކުރުން

open water swimming

ސާދަވަނަ ޤައުމީ ދިގުފެތުމުގެ މުބާތް ފަސްކުރެވިފައިވާ ވާހަކަ މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި، ފެތުންތެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. މި މުބާރާތް ބާއްވާނެ ތާރީޚެއް ފަހުން އިޢުލާނު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.


our sponsors and partners

ސާދަވަނަ ޤައުމީ ދިގުފެތުމުގެ މުބާރާތް ފަސްކުރުން
read more

ފަންސާސް މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި

Imaan at the 7th FINA World Junior Swimming Championships 2019

ފިރިހެނުންގެ (ލޯންގ ކޯސް) 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޢަލީ އިމްޢާން އައުކޮށްފިއެވެ. ހަންގޭރީގައި މި އޮގަސްޓް މަހުގެ 18 ން 25 ށް ކުރިއަށްދާ 7 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި އިމްޢާން މި ރެކޯރޑް އައުކޮށްފައިވަނީ 00:30.86 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީ ޙުސައިން ހާއިޝް ޙަސަން އެވެ. މިރެކޯރޑް ހާއިޝް އައުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 00:31.95 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

7 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ދިވެހި 3 ފެތުންތެރިން ބައިވެރިވެއެވެ. އެއީ، ޢަލީ އިމްޢާން، ޙުސެއިން ހާއިޝް ޙަސަން އަދި ހަމްނާ އަޙްމަދެވެ. ޓީމާއި ޙަވާލުވެ މިބާރާތުގެ ކޯޗެއްގެ ގޮތުގައި ބައިވެރިވަނީ ޤައުމީ ހެޑްކޯޗު އިބްރާޙީމް މޫސާ އެވެ.


our sponsors and partners

ފަންސާސް މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި
read more

ސްރީލަންކާއަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ ދިވެހި ފެތުންތެރިންނާއި ބައްދަލުކުރައްވައިފި

ambassador with swimming team

ހަންގޭރީގައި ބޭއްވުމަށް ހަމަޖެހިފައިވާ 7 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ދިވެހިރާއްޖެ ތަމްޞީލްކުރާ ދިވެހި ޓީމާއި، ސްރީލަންކާއަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ އުމަރު ޢަބްދުއްރައްޒާޤު ބައްދަލުކުރައްވައި ހިއްވަރުދެއްވައިފިއެވެ. މިބައްދަލުކޮށްލެއްވުން އޮތީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި މިއަދުއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ފެތުންތެރިންނަށް މިހާރު ދިމާވެފައިވާ ދަތިތައް އެމްބެސެޑަރ ވަނީ އޮޅުން ފިލުއްވާފައެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހީން ހޯދަމުންދާ ކާމިޔާބީތަކާއި، އުމުރުން ކިތަންމެ ހަޤުކަމުގައި ވިޔަސް، ކޮންމެ ކުއްޖަކަށްވެސް ދިވެހިރާއްޖެ ފަޚުރުވެރިވާފަދަ ކާމިޔާބީތަކާއި ލަނޑުދަނޑިތައް ޙާސިލްކުރެވޭނެ ކަމަށާއި، ބޭނުންވަނީ އެކަމަށް މަސައްކަތް ކުރުން ކަމަށް އެމްބެސެޑަރ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވީ 6 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ދިވެހިރާއްޖެ ތަމްޞީލްކުރާ ފެތުންތެރިން ކަމުގައިވާ ހަމްނާ އަޙްމަދު، ޢަލީ އިމްޢާން އަދި ޙުސައިން ހާއިޝް ޙަސަން އެވެ. މީގެ އިތުރުން، ޤައުމީ ހެޑްކޯޗު، އިބްރާޙީމް މުސާ އަދި އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ، މުޙައްމަދު ޝާރިފް ވަނީ ބައިވެރިވެވަޑައިގަނެފައެވެ. އިބްރާޙީމް މޫސާގެ ވާހަކަފުޅުގައި، ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ ދިވެހި ފެތުންތެރިންނާއި ބައްދަލުކޮށް ހިތްވަރު ދެއްވިކަމަށްޓަކައި ވަނީ ޝުކުރު ދަންނަވާފައެވެ. އަދި، ސްވިމިންގ ޓީމްގެ ވިސާގެ ކަންކަން ހަމަޖެއްސެވުމުގައި ދިވެހި އެންބަސީއިން ވެދެއްވި އެހީތެރިކަމާއި، ލިބުނު އެއްބާރުލުމަކީ މިހާތަނަށް މިފަދަކަމެއްގައި މީގެކުރިން ނުލިބޭފަދަ އެހީތެރިކަމެއް ކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އެމްބެސެޑަރ އުމަރު ޢަބްދުއްރައްޒާޤު ދެއްކެވި ވާހަކަފުޅުގައި ދިވެހި އެންބަސީ އަބަދުވެސް މިގޮތުގައި ދިވެހީންނަށް ޚިދުމަތްކޮށްދެއްވުމުގައި ދެމިއޮންނާނެ ކަމަށާއި، އެއީ އެންބަސީއަށާއި، އެންބަސީގެ މުއައްޒަފުންނަށް ލިބޭ ހިތްހަމަޖެހުމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ޝާރިފް ވަނީ، ދިވެހި ފެތުންތެރިންނަށް ދިވެހިސަރުކާރުން ދެއްވާ އަޙައްމިއްޔަތުކަމަކީ ޝުކުރު ހައްޤު އަހައްމިއްޔަތުކަމެއް ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފަރާތުން ސްވިމިންގ ޕޫލް އެޅުމަށް ބިމެއް ހަމަޖައްސަވައިދެއްވައި، ހުޅުމާލޭގައި އަޅާފައިވާ ޕޫލް ކޮންޕެޓިޓިވް ފެތުމުގެ ޚަރަކާތްތަކަށް ބޭނުންކުރެވޭނެގޮތަށް އިންތިޒާމްތައް ހަމަޖައްސަވައި ދެއްވާފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދިވެހި އެންބަސީއިން ފޯރުކޮށްދިން އެހީތެރިކަމާއި މިނިސްޓްރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޙުލޫފްގެ ފަރާތުން އަދި މުޅިސަރުކާރު ޝާމިލްވާގޮތަށް ސްވިމިންގ ފެމިލީއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަކީ ފާހަގަ ކޮށްލައްވަން ޖެހޭ މުހިންމު ކަމެއް ކަމުގައި ވަނީ ދަންނަވާފައެވެ.

7 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ބައިވެރިވާ ފެތުންތެރިން ހަންގޭރީއަށް ފުރުމަށް ހަމަޖެހިފައިވަނީ ސީދާ ސްރީލަންކާއިން ނެވެ.


our sponsors and partners

ސްރީލަންކާއަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ ދިވެހި ފެތުންތެރިންނާއި ބައްދަލުކުރައްވައިފި
read more

ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕްސް 16 ވަނަ ފެތުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން މިރޭ

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ 16 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕްސް ފެތުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން މިރޭ، 7 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ 20:00ގައި އިސްކަންދަރު ސްކޫލްގައި އޮންނާނެ ވާހަކަ މި މުބާރާތުގައި ބައިވެރިވި ހުރިހާ ފެތުންތެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ކޮންމެ ފެތުންތެރިއަކާއިއެކު އެފެތުންތެރިއެއްގެ 1 ބެލެނިވެރިޔެއް މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.


our sponsors and partners

ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕްސް 16 ވަނަ ފެތުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން މިރޭ
read more

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުން ރީ-ރެޖިސްޓްރީ ކުރުން

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރެވުނު މިއެސޯސިއޭޝަނުގެ ހިންގާ ޤަވައިދު ވަނީ ކޮމިޝަނަރ އޮފް ސްޕޯރޓްސް އިން ފާސްކޮށްދީފައެވެ. މި ހިންގާ ޤަވައިދުގެ ދަށުން މެންބަރޝިޕްގެ ގިންތިތަކަށް ބައެއް ބަދަލުތައް އަންނަކަމަށްޓަކައި، މެންބަރުން އަލުން ރަޖިސްޓްރީ ކުރުމަށް މިއެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.

ރީ ރަޖިސްޓްރީ ކުރާ މެންބަރުން، މި އަހަރަށް އެމެންބަރުން ދައްކަންޖެހޭ އަހަރީ ފީ ދައްކާފައި ވާނަމަ، އިތުރަކަށް އަހަރީފީ ދައްކާކަށެއް ނުޖެހޭނެއެވެ. ނަމަވެސް، އަލުން ފޯރމް ފުރިހަމަކޮށް، މިއެސޯސިއޭޝަނަށް ހުށަހަޅަން ވާނެއެވެ. މި އެސޯސިއޭޝަނުގެ ހުރިހާ މެންބަރުންވެސް 22 އޮގަސްޓް 2019 އަށް ރީ ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރުމަށް އެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނަށް އިލްތިމާސްކުރަމެވެ.

ފޯރމް ޑައުންލޯޑު ކުރެއްވުމަށް:

ފާސްކުރެވުނު ހިންގާ ޤަވައިދު ޑައުންލޯޑު ކުރެއްވުމަށް:

ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެމްބަރުންނާއި، މިއެސޯސިއޭޝަނުން ރާވައި ހިންގާ ޚަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތައްޓަކައި މި ވާހަކަ ދަންނަވަމެވެ.


our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުން ރީ-ރެޖިސްޓްރީ ކުރުން
read more

ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފި

swimming team at the 18th fina world swimming championships

ލޯންގ ކޯސް މިކްސްޑް 4x100m ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ. ކޮރެއާގައި މި ޖުލައި މަހުގެ 12 ން 28 ށް ކުރިއަށްދާ 18 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސް ގައި ބައިވެރިވާ ދިވެހިޓީމް މި ރެކޯރޑް އައުކޮށްފައިވަނީ 04:25.91 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގައި ފަތާފައިވަނީ އައިޝަތު ސައުސަން، އައިޝަތު ސާޖިނާ، މުބާލް އައްޒާމް އިބްރާޙީމް އަދި ޢަލީ އިމްޢާން އެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީ 2017 ވަނަ އަހަރު ބޭއްވި 17 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސްގައި 04:31.24 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. އެފަހަރު ޤައުމީ ރެކޯރޑް އައުކުރި ޓީމުގައި ހިމެނެނީ މުބާލް އައްޒާމް އިބްރާޙީމް، އާއިޝަތު ސާޖިނާ، އިސްމާޢީލް މުޢުތަސިމް އަދުނާނު އަދި އާމިނަތު ޝަޖަން އެވެ.

މި މުބާރާތުގައި ދިވެހި ރާއްޖޭގެޓީމުން ވަނީ ޤައުމީ 6 ރެކޯރޑެއް އައުކޮށްފައެވެ.


our sponsors and partners

ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފި
read more

ދުއިސައްތަ މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސާޖިނާ އައުކޮށްފި

sajina at the 18th FINA World Swimming Championships

އަންހެނުންގެ (ލޯންގ ކޯސް) 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާއިޝަތު ސާޖިނާ އައުކޮށްފިއެވެ. ކޮރެއާގައި މި ޖުލައި މަހުގެ 12 ން 28 ށް ކުރިއަށްދާ 18 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސް ގައި ސާޖިނާ މި ރެކޯރޑް އައުކޮށްފައިވަނީ 03:04.53 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މިހާތަނަށް ދިވެހިރާއްޖޭގެ އަންހެން ފެތުންތެރިންގެ ތެރެއިން މިއިވެންޓް އެންމެ އަވަހަށް ނިންމާފައިވަނީ ވެސް ސާޖިނާއެވެ. އެއީ 2016 ވަނަ އަހަރު ބޭއްވި ފުރަތަމަ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސް ގައެވެ. އެ މުބާރާތުގައި 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓް ސާޖިނާ 03:08.15 އިން ފުރިހަމަކޮށް، ދިވެހިރާއްޖެއަށް ވަނީ އިންޑިވިޖުއަލް ފެތުމުގެ ކުޅިވަރަކުން ލިބުނު ފުރަތަމަ ރިހި މެޑަލް ހޯދައިދީފައެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސާޖިނާ އައުކޮށްފި
read more

ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި

imaan at the 18th FINA World Swimming Championships

ފިރިހެނުންގެ (ލޯންގ ކޯސް) 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޢަލީ އިމްޢާން އައުކޮށްފިއެވެ. ކޮރެއާގައި މި ޖުލައި މަހުގެ 12 ން 28 ށް ކުރިއަށްދާ 18 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސް ގައި އިމްޢާން މި ރެކޯރޑް އައުކޮށްފައިވަނީ 02:33.23 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީ މުޙައްމަދު އާން ޙުސައިން އެވެ. މިރެކޯރޑް އާން އައުކޮށްފައިވަނީ މިހާރު ކުރިއަށްދާ 10 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި 02:43.71 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި
read more

ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފި

swimming team at the 18th fina world swimming championships

ލޯންގ ކޯސް މިކްސްޑް 4x100m މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ. ކޮރެއާގައި މި ޖުލައި މަހުގެ 12 ން 28 ށް ކުރިއަށްދާ 18 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސް ގައި ބައިވެރިވާ ދިވެހިޓީމް މި ރެކޯރޑް އައުކޮށްފައިވަނީ 04:56.79 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި އިވެންޓްގައި ފަތާފައިވަނީ އައިޝަތު ސައުސަން، އައިޝަތު ސާޖިނާ، މުބާލް އައްޒާމް އިބްރާޙީމް އަދި ޢަލީ އިމްޢާން ނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 05:06.67 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. އެފަހަރުވެސް ޤައުމީ ރެކޯރޑް އައުކުރި ޓީމްގައި ހިމެނެނީ މި ފެތުންތެރިންނެވެ.


our sponsors and partners

ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފި
read more

ފަންސާސް މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި

sausan at the 18th FINA World Swimming Championships

އަންހެނުންގެ (ލޯންގ ކޯސް) 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އައިޝަތު ސައުސަން އައުކޮށްފިއެވެ. ކޮރެއާގައި މި ޖުލައި މަހުގެ 12 ން 28 ށް ކުރިއަށްދާ 18 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސް ގައި ސައުސަން މި ރެކޯރޑް އައުކޮށްފައިވަނީ 00:35.41 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް ސައުސަން އެވެ. އެއީ، 2016 ވަނަ އަހަރު ބޭއްވި 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 00:35.47 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.


our sponsors and partners

ފަންސާސް މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި
read more

ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އައުކޮށްފި

aan after renewing the national record

ފިރިހެނުންގެ (ލޯންގ ކޯސް) 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ. މޮރިޝަސްގައި މި ޖުލައި މަހުގެ 19 ން 28 ށް ކުރިއަށްދާ 10 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް ގައި އާން މި ރެކޯރޑް އައުކޮށްފައިވަނީ 02:43.71 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގައި ދިވެހިރާއްޖެ އެންމެ ފުރަތަމަ ވާދަކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައެވެ. އެ މުބާރާތުގައި 200 މީޓަރ ބެކްސްޓްރޯކް އިވެންޓް ޢަލީ އިންމާން ފުރިހަމަކޮށްފައިވަނީ 02:48.36 އިންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އައުކޮށްފި
read more

ދުއިސައްތަ މީޓަރ ފްރީ ސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި

mubal after practices

ފިރިހެނުންގެ (ލޯންގ ކޯސް) 200 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފިއެވެ. ކޮރެއާގައި މި ޖުލައި މަހުގެ 12 ން 28 ށް ކުރިއަށްދާ 18 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސް ގައި މުބާލް މި ރެކޯރޑް އައުކޮށްފައިވަނީ 02:09.06 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް މުބާލް އެވެ. އެއީ، 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 02:11.26 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ފްރީ ސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި
read more

ސޯޅަ ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަޝިޕްއަށް ކިޑްސް ކެޓަގަރީ އިތުރުކުރުން

މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 30 ޖުލައި 2019 އިން 3 އޮގަސްޓް 2019 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް މުބާރާތުގައި މިހާރު އޮތް ކެޓަގަރީތަކުގެ އިތުރުން ކިޑްސް ކެޓަގަރީ އިތުރުކޮށް އެކެޓަގަރީގެ އިވެންޓްތައް ވާދަވެރި ނޫން އިވެންޓްތަކެއްގެ ގޮތުގައި ބާއްވަން ހަމަޖައްސައިފީމެވެ.

މިގޮތަށް ހަމަޖެހުމުން ކިޑްސް ކެޓަގަރީގައި ބައިވެރިވެވޭނީ 2019 ޖެނުއަރީ 1 ވަނަ ދުވަހުގެ ނިޔަލަށް 8 އަހަރުފުރި 10 އަހަރު ނުފުރޭ ކުދިންނަށެވެ.

ކިޑްސް ކެޓަގަރީގައި އޮންނާނީ 25 މީޓަރު ފްރީސްޓައިލް، 25 މީޓަރު ބެކްސްޓްރޯކް، 25 މީޓަރު ބްރެސްޓް ސްޓްރޯކް، 25 މީޓަރު ބަޓަފްލައި އަދި 50 މީޓަރު ފްރީސްޓައިލް އާއި 50 މީޓަރު ބެކްސްޓްރޯކް އިވެންޓްތަކެވެ.

މިކެޓަގަރީގައި ބާއްވާ އިވެންޓްތަކުގައި ވާދަވެރި ވަނަތައް ހޮވުމެއް ނޯންނާނެއެވެ. އިވެންޓްތަކުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށްވެސް މެޑަލް އާއި ސެޓްފިކެޓް ދެވޭނެއެވެ.

މުބާރާތުގެ ކިޑްސް ކެޓަގަރީގައި ބައިވެރިވާން އެދޭ ކުދިންނަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ މިކެޓަގަރީގައި ބައިވެރިވާން އެދޭ ކުދިންވެސް މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ކަމުގައިވާ 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމުގެ ފޯމް ފުރިހަމަކޮށް އެސޯސިއޭޝަނަށް ހުށަހެޅުން އެދެމެވެ.

މުބާރާތުގެ ޤަވާޢިދާއި ފޯމް އެސޯސިއޭޝަންގެ ވެބްސައިޓުން އަދި އެސޯސިއޭޝަނުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ.

މުބާރާތުގެ ޤަވައިދު: ލިންކް

މުބާރާތް ބާއްވާ ތަން: ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކް

މުބާރާތް ބާއްވާ ތާރީޚް: 2019 ޖުލައި 31 ން 3 އޮގަސްޓްގެ ނިޔަލަށް

މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 25 ޖުލައި 2019 ގެ 14:00

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި އިތުރު މަޢުލޫމާތު: ލިންކް

މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިއެސޯސިއޭޝަނާއި ގުޅުއްވުން އެދެމެވެ.

ފޯނު: 3323429

ފެކްސް: 3314206

އީމެއިލް: info@swimming.org.mv


our sponsors and partners

ސޯޅަ ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަޝިޕްއަށް ކިޑްސް ކެޓަގަރީ އިތުރުކުރުން
read more

ފީނާ ސްވިމިންގ ކޯޗަސް ކޯސް، ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ، ފީނާ އިން ދިވެހިރާއްޖޭގައި ސްވިމިންގ ކޯޗަސް ލެވެލް 2 ގެ ކޯހެއް ބޭއްވުމަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ކޯހުގައި ބައިވެރިވާން އެދޭފަރާތްތަކުން 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

  • ކޯހުގެ ނަން: ފީނާ ސްވިމިންގ ކޯޗަސް ސަރޓިފިކޭޝަން ކޯސް ލެވެލް 2
  • ސެމިނަރ ބޭއްވޭ ތަން: މާލެ
  • ސެމިނަރގައި ބައިވެރިވުމުގެ ޝަރުތު:
    • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
    • އިނގިރޭސިބަހުން ރަނގަޅަށް ލިޔަން، ކިޔަން އަދި ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
    • ފީނާއިން ސްވިމިންގ ކޯޗިންގ އެޑްވާންސް ކްލިނިކެއް ފުރިހަމަކޮށްފައިވާ ކޯޗެއް ކަމުގައި ވުން ނުވަތަ، ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި ސްވިމިންގ އެސޯސިއޭޝަން ޤަބޫލުކުރާ ކޯޗިންގ އާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ އެޑްވާންސް ކޯހެއް ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވުން.
    • ސްވިމިންގ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމުގައިވުން.
  • އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު އީމެއިލްގެ ޒަރިއްޔާއިން ފޮނުވަންޖެހޭ ތަކެތި:
    • ނެޝަނަލް އައިޑެންޓިޓީ ކާރޑްގެ ކުލަ ސްކޭންޑް ކޮޕީއެއް.
    • ހުދު ބެކްގްރައުންޑެއްގައި ނަގާފައިވާ ޕާސްޕޯރޓް ސައިޒްގެ ފޮޓޯގަނޑެއް.
    • މިކޯހުގައި ބައިވެރިވެރިވުމަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.
    • ސްވިމިންގ ކޯޗިންގ ދާއިރާއިން ހޯދައިފައިވާ ކާމިޔާބީތަކުގެ ލިޔުންތަކުގެ ސްކޭންޑް ކޮޕީ.
    • ސްވިމިންގގެ ދާއިރާއިން ހޯދައިފައިވާ ތަޢުލީމީ އަދި ޓްރެއިނިންގ ޕްރޮގްރާމް އަދި ކްލިނިކްތަކުގެ ސެޓްފިކެޓްތަކުގެ ސްކޭންޑް ކޮޕީ.
    • ތަކެތި ފޮނުވަންވީ އީމެއިލް: sharif@swimming.org.mv
  • ކޯހުގެ ޝެޑިއުލް:
    • އޮންލައިން ކިޔެވުން ފެށޭ ތާރީޚް: 12 އޮގަސްޓް 2019
    • ފޭސްޓު ފޭސް ސެމިނަރ އޮންނާނެ ތާރީޚް: 5 ން 11 ނޮވެމްބަރ 2019 ގައި، ކޮންމެ ދުވަހަކު ހެނދުނު 09:00 ން 17:00 އަށް.

މި ކްލިނިކްގައި ދިވެހިރާއްޖެއިން ބައިވެރިވާނެ މީހުން ކަނޑައަޅާނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ.


our sponsors and partners

ފީނާ ސްވިމިންގ ކޯޗަސް ކޯސް، ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު
read more

ސޯޅަ ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަޝިޕް

މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2019 ޖުލައި 31 ން އޮގަސްޓް 3 ށް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2019 ޖުލައި 25 ވަނަދުވަހު 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުން އެދެމެވެ. މުބާރާތުގެ ޤަވަޢިދާއި ފޯމު އެސޯސިއޭޝަންގެ ވެބްސައިޓުން އަދި ރަސްމީ ގަޑީގައި އެސޯސިއޭޝަންގެ އޮފީހުން ލިބެންހުންނާނެއެވެ.

މުބާރާތުގެ ޤަވައިދު: ލިންކް

މުބާރާތް ބާއްވާ ތަން: ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކް

މުބާރާތް ބާއްވާ ތާރީޚް: 2019 ޖުލައި 31 ން 3 އޮގަސްޓްގެ ނިޔަލަށް

މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 25 ޖުލައި 2019 ގެ 14:00

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި އިތުރު މަޢުލޫމާތު: ލިންކް

މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިއެސޯސިއޭޝަނާއި ގުޅުއްވުން އެދެމެވެ.

ފޯނު: 3323429

ފެކްސް: 3314206

އީމެއިލް: info@swimming.org.mv


our sponsors and partners

ސޯޅަ ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަޝިޕް
read more

ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

.sdp

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާ ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކަމަށް ކަނޑައެޅިފައިވާ އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު، ސަބްމިޓް ކުރެއްވުން އެދެމެވެ. މި ޕްރޮގްރާމްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަވީރު 17:00ން 18:00 އަށެވެ.

  • ފީ: ކޮންމެ މީލާދީ މަހަކު 200.00 (ދުއިސައްތަ ރުފިޔާ)
  • އެޕްލިކޭޝަން ފޯރމް: ލިންކް
  • ޝަރުތު:
  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • އުމުރުން 06 އަހަރުފުރި 18 އަހަރުނުފުރޭ ފެތުންތެރިއެއް ކަމުގައިވުން.
  • ރަނގަޅަށް ފްރަންޓް ކްރޯލް (ފްރީ ސްޓީލް) 25 މީޓަރަށް ފަތަން އިނގޭ ފެތުންތެރިއެއް ކަމުގައިވުން.

ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ފެތުންތެރިން ނެގުމަށް ހަމަޖެހިފައިވަނީ ފެތުންތެރިން ޓެސްޓްކުރުމަށް ފަހުއެވެ. އޮންލައިން ފޯރމް ފުރިހަމަ ކުރުމުން، ޓެސްޓް އޮންނާނެ ދުވަހާއި ގަޑި، ސްވިމިންގ އެސޯސިއޭޝަނުން އެފެތުންތެރިއަކަށް އަންގާނެއެވެ. އަދި ސްވިމިންގ ޓެސްޓުން ފާސްވާކުދިންގެ ތެރެއިން، ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް، އެ ޕްރޮގްރާމްގެ ޖާގަ އޮތްވަރަކުން ފުރުޞަތު ދެވޭނެއެވެ.

Application Form Link

our sponsors and partners

ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު
read more

އިންޑިއަން އޯޝަން އައިލަންޑް ގޭމްސް އަދި ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގެ ސްކޮޑް

.

އިންޑިއަން އޯޝަން އައިލަންޑް ގޭމްސް އަދި ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގެ ސްކޮޑް ހޮވައިފިއެވެ. މިދެ މުބާރާތަށް ސްކޮޑް ހޮވާފައިވަނީ މިދިޔަ މެއި މަހު ބޭއްވުނު ޓްރަޔަލްގެ ނަތީޖާއަށް ބެލުމަށްފަހުއެވެ. މި 2 މުބާރާތަށްދާ ފެތުންތެރިން ފައިނަލްކުރާނީ، މި ސްކޮޑްގެ ތެރެއިންނެވެ. މިމުބާރާތްތަކަށް ފުރުމުގެ ކުރީން، މި ފެތުންތެރީން އިންޑިއާގައި ފަރިތަކުރުންތައް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފެތުންތެރިންގެ ނަންތައް:

  • އައިޝަތު ސައުސަން
  • ހަމްނާ އަޙްމަދު
  • އައިޝަތު ސާޖިނާ
  • އައިޝަތު އުލްޔާ ޝާއިޤް
  • އައިމިނަތު ޒާނާ ޝިރާޒް
  • މުޙައްމަދު ރިޙާން ޝިޙާމް
  • އަޙްމަދު ޢައްޒާން ޒާޙިދު
  • ޢަލީ އިންމާން
  • ޙުސައިން ހާއިޝް ޙަސަން
  • މުޙައްމަދު އާން ޙުސައިން
  • މުޙައްމަދު ޖޫދު ފަޔާޒު
  • މުބާލް ޢައްޒާމް އިބްރާޙީމް

our sponsors and partners

އިންޑިއަން އޯޝަން އައިލަންޑް ގޭމްސް އަދި ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގެ ސްކޮޑް
read more

ބީ.އެމް.އެލް 4 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ފަށައިފި

photo by: niya

ބީ.އެމް.އެލް 4 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ފަށައިފިއެވެ. ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކްގައި މިމަހުގެ 16 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި 21 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. 274 ފިރިހެން ފެތުންތެރިން މި މުބާރާތުގައި ވާދަކުރާއިރު، 201 އަންހެން ފެތުންތެރިން ވާދަކުރެއެވެ. 6 އަހަރުން ދަށް، 8 އަހަރުންދަށް އަދި 10 އަހަރުން ދަށުގެ އުމުރު ފުރާތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވޭ މި މުބާރާތުގައި 161 އިވެންޓް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.


our sponsors and partners

ބީ.އެމް.އެލް 4 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ފަށައިފި
read more

ބީ.އެމް.އެލް، ސްކޫލް ކުދިންގެ 17 ވަނަ ފެތުމުގެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ހުށަހެޅުމުގެ މުއްދަތު ފަސްކުރުން

ބީ.އެމް/އެލްސްކޫލްކުދިންގެ 17 ވަނަ ފެތުމުގެ މުބާރާތް އަދި ބީ.އެމް.އެލް 4 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލްގައި ބައިވެރިވުމަށް ފޯރމް ހުށަހެޅުމުގެ މުއްދަތު، 4 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް ލަސްކުރެވިފައިވާ ވާހަކަ މިމުބާރާތުގައި ބައިވެރިވާ ހުރިހާ ސްކޫލްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

މުބާރާތުގެ ޤަވައިދު: ލިންކް


our sponsors and partners

ބީ.އެމް.އެލް، ސްކޫލް ކުދިންގެ 17 ވަނަ ފެތުމުގެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ހުށަހެޅުމުގެ މުއްދަތު ފަސްކުރުން
read more

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2019 – 2020 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

swimming competition

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީގެ ދަށުން ޔޫ.އެސް.އޭ ގެ ޔުނިވަރސިޓީ އޮފް ޑެލެވެއަރ ގައި ހިންގޭ ‘އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ މިކޯހަށް ޝައުގުވެރިވާ މީހުން، ދީފައިވާ ސުންގަޑީގެކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:

  • ޕްރޮގްރާމްގެ ނަން: އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް
  • މަޢުލޫމާތު: ޔުނިވަރސިޓީގެ ވެބްސައިޓް.
  • ލީފްލެޓް: ޑައުންލޯޑް ލިންކް
  • ބޭއްވޭތަން: ޔޫ.އެސް.އޭ އަދި ސްވިޒަލޭންޑް
  • ފުރަތަމަ މޮޑިއުލްގެ ތާރީޚް: 15 އޮގަސްޓް އިން 15 ސެޕްޓެމްބަރ 2019 އަށް ޔުނިވަރސިޓީ އޮފް ޑެލެވެއަރ ކެމްޕަސް ގައި
  • ދެވަނަ މޮޑިއުލްގެ ތާރީޚް: 15 ސެޕްޓެމްބަރ އިން 5 އޮކްޓޫބަރ 2019 ޔޫ.އެސް.އޭ އޮލިމްޕިކް ޓްރެއިނިންގ ސެންޓަރުގައި.
  • ތިންވަނަ މޮޑިއުލްގެ ތާރީޚް: 5 އޮކްޓޫބަރ އިން 12 އޮކްޓޫބަރ 2019 އަށް ޑެޒިގްނޭޓެޑް އެޕްރެންޓީސްޝިޕް ސައިޓްތަކުގައި.
  • ހަތަރުވަނަ މޮޑިއުލް: 27 އެޕްރީލް އިން 1 މެއި 2020 އަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ހެޑްކްއާޓަރސް (ލުޒޭން، ސްވިޒަލޭންޓް)
  • ޝަރުތު:
    1. ޤައުމީ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދެމުންދާ ކޯޗެއްކަމުގައިވުން.
    2. ކޯޗިންގެ ދާއިރާގައި މެދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
    3. އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.

މިކޯހަށް ހޮވޭ ކޯޗުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުންނެވެ.

ސިޓީ ހުށަހަޅަންޖެހޭ ސުންގަޑި: 4 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނުގެ އިދާރާއަށް.

ސިޓީ އާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ސީވީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ
  •  30 ނޮވެމްބަރ 2020 ގެ ނިޔަލަށް މުއްދަތު ހަމަނުވާ ޕާސްޕޯރޓްގެ ކުލަ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
  • ފެތުމުގެ ދާއިރާއިން އަދި ކޯޗިންގ ގެ ދާއިރާއިން ހޯދައިފައިވާ ސެޓްފިކެޓްތައް އަދި ކާމިޔާބީ އަންގައިދޭ ލިޔުންތައް

our sponsors and partners

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2019 – 2020 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

ހުޅުމާލޭގައި ކުރިއަށް ގެންދެވުނު ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި

swimmers of the learn to swim programme

މިއެސޯސިއޭޝަނުގެ ފަރާތުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމައި، ފެތުންތެރިންނަށް ލިޔުން ޙަވާލުކޮށްފިއެވެ. ފެބްރުއަރީ މަހުގެ 18 އިން މާރޗް 7 އަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމް ވަނީ 44 ފެތުންތެރިން ފުރިހަމަކޮށްފައެވެ. މިއީ މިއަހަރު ހުޅުމާލޭގައި ކުރިއަށްގެންދެވުނު މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.


our sponsors and partners

ހުޅުމާލޭގައި ކުރިއަށް ގެންދެވުނު ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި
read more

ސްވިމިންގ އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯހުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ބެޗްގެ ނިމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފި.

instructors batch 1 – 2019

2019 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ސްވިމިންގ އިންސްޓްރަކްޓަރ ޓްރެއިނިންގ ކޯސް ނިމި، ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ލިޔުން ޙަވާލުކޮށްފިއެވެ. ފެބްރުވަރީ މަހުގެ 2 ން މާރިޗް މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުނު މި ޓްރެއިނިންގ ކޯހުގައި ކިޔަވައިދެއްވާފައިވަނީ، އިބްރާޙީމް ޢަލީ އެވެ.

16 ބައިވެރިން ވަނީ ސްވިމިންގ އިންސްޓްރަކްޓަރ ޓްރެއިނިންގ ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ޙާސިލްކޮށްފައެވެ.


our sponsors and partners

ސްވިމިންގ އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯހުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ބެޗްގެ ނިމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފި.
read more

ބީ.އެމް.އެލް، ސްކޫލް ކުދިންގެ 17 ވަނަ ފެތުމުގެ މުބާރާތް އަންނަ އޭޕްރީލްމަހު

މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ ބީ.އެމް.އެލް ސްކޫލް ކުދިންގެ ފެތުމުގެ 17 ވަނަ މުބާރާތް، 2019 ވަނަ އަހަރުގެ އެޕްރީލް 19 ން 27 އަށް އަދި ބީ.އެމް.އެލް 4 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް އެޕްރީލް 16 ން 18 އަށް، ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ސްޕޮންސަރ ކޮށްފައިވާ، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލެވިގެން ބޭއްވޭ މުބާރާތެކެވެ.

މުބާރާތުގެ ޤަވައިދު: ލިންކް

މި މުބާރާތުގައި އަންނަނިވި އުމުރުފުރާތަކާއި، ކެޓަގަރީތަކުގެ އަންހެން އަދި ފިރިހެން ކެޓަގަރީތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  • 6 އަހަރުންދަށް (ކިޑްސް ސްވިމިންގ ފެސްޓިވަލް)
  • 8 އަހަރުންދަށް (ކިޑްސް ސްވިމިންގ ފެސްޓިވަލް)
  • 10 އަހަރުންދަށް (ކިޑްސް ސްވިމިންގ ފެސްޓިވަލް)
  • 12 އަހަރުން ދަށް
  • 14 އަހަރުން ދަށް
  • 16 އަހަރުން ދަށް
  • 19 އަހަރުން ދަށް
  • ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީ

ބީ.އެމް.އެލް، ސްކޫލް ކުދިންގެ ފެތުމުގެ 17ވަނަ މުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް:

Event SEN Under 12 Under 14 Under 16 Under 19
25m Freestyle
25m Backstroke
25m Breaststroke
25m Butterfly
50m Freestyle
50m Backstroke
50m Breaststroke
50m  Butterfly
100m Freestyle
100m Backstroke
100m Breaststroke
100m  Butterfly
100m Individual Medley
200m Individual Medley
4x25m. Freestyle Relay
4x25m. Medley Relay
4x25m. Freestyle Mix Relay
4x50m. Freestyle Relay
4x50m. Medley Relay
4x100m. Freestyle Relay

 

ބީ.އެމް.އެލް 4 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލްގެ އިވެންޓްތައް:

Event Under 6 Under 8 Under 10
25m Flutter Kick
50m  Flutter Kick
25m Freestyle
25m Backstroke
25m Breaststroke
25m Fly
4x25m. Freestyle Relay
4x25m. Freestyle Mix Relay
Total Event (with Relay) 5 6 6

 

މުބާރާތް ބާއްވާ ތަން: ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކް

މުބާރާތް ބާއްވާ ތާރީޚް: 2019 އެޕްރީލް 16 ން 27 އަށް

މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 31 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ 13:00

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި އިތުރު މަޢުލޫމާތު: ލިންކް

މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިއެސޯސިއޭޝަނާއި ގުޅުއްވުން އެދެމެވެ.

ފޯނު: 3323429

ފެކްސް: 3314206

އީމެއިލް: info@swimming.org.mv


our sponsors and partners

ބީ.އެމް.އެލް، ސްކޫލް ކުދިންގެ 17 ވަނަ ފެތުމުގެ މުބާރާތް އަންނަ އޭޕްރީލްމަހު
read more

އައްޑޫ ސިޓީގައި ސްވިމިންގ އެސޯސިއޭޝަނުން ޤާއިމްކުރާ ސްވިމިންގ ސްކޮޑް

މިއެސޯސިއޭޝަނުން އައްޑޫ ސިޓީގައި ފެބްރުއަރީ 9 ވީ ދުވަހު އައްޑޫ ސިޓީގައި ސްވިމިންގ ސްކޮޑެއް އެކުލަވާލުމަށް ބޭއްވުނު ޓްރަޔަލްގެ ނަތީޖާއަށް ބެލުމަށްފަހު، ތިރީގައި ދަންނަވާފައިވާ ފެތުންތެރިން މި ސްކޮޑުގެ ބައިވެރިންގެ ގޮތުގައި ހަމަޖެއްސުމަށް މިއެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. މި ސްކޮޑްގެ ފަރިތަކުރުންތައް ފެށާނެ ތާރީޚެއް، ހުރިހާ ފެތުންތެރިންނަށް އަންގާނެ ވާހަކަ ދަންނަވަމެވެ.

Female
1 Fathimath Thaee Tholam
2 Mariyam Yazka Thalhath
3 Aishath Alya Ali Rasheed
4 Aishath Laana Thayyib
5 Aishath Nafha Nasheed
6 Mariyam Shaara Shareef
7 Nafha Abdulla
8 Aiminath Ramsa Rasheed